Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއުލިގަމު ޓުއަރިސްޓް ހޮޓަލާއި ޔޮޓު ބަނދަރެއް

އުލިގަމުގައި ޓުއަރިސްޓް ހޮޓަލަކާއި ޔޮޓު ބަނދަރެއް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދަނީ

4 އޮކްޓޯބަރު 2020 | އާދީއްތަ 19:30

އުލިގަމުގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ކަނޑައަޅާފައިވަނީ 30 ހެކްޓަރުގެ ބިން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 4 އޮކްޓޯބަރު 2020 | އާދީއްތަ 19:30
އެމްޓީޑީސީން އުލިގަމުގައި ހަދަން ފެށި ޓުއަރިސްޓް ހޮޓަލުގެ މަސައްކަތް ހުއްޓި އިމާރާތްތައް ވީރާނާވާން ދޫކޮށްލާފައި

އެމްޓީޑީސީން އުލިގަމުގައި ހަދަން ފެށި ޓުއަރިސްޓް ހޮޓަލުގެ މަސައްކަތް ހުއްޓި އިމާރާތްތައް ވީރާނާވާން ދޫކޮށްލާފައި

ހއ. އުލިގަމުގައި ޓުރިސްޓް ހޮޓަލަކާއި ޔޮޓު ބަނދަރެއް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ޓުއަރިޒަމް މިނިސްޓްރީން އިއުލާންކޮށްފިއެވެ.

ޓުއަރިޒަމް މިނިސްޓްރީން ބުނީ އުލިގަމުގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ކަނޑައަޅާފައިވާ 30 ހެކްޓަރުގެ ބިމުގައި ޓޫރިސްޓް ހޮޓަލެއް ޔޮޓު ބަނދަރަކާއިއެކު ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދަމުން އަންނަ ކަމަށެވެ. އަދި މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މި މަހުގެ 22 ވަނަ ދުވަހުގެ މެންދުރު 1:00ގެ ކުރިން ޓުއަރިޒަމް މިނިސްޓްރީއަށް އަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރުމަށް ފަހު ނޮވެމްބަރ މަހުގެ 5 ވަނަ ދުވަހުގެ ހެނދުނު 10:00ށް ބީލަށް ހުށަހެޅުމަށް އެ މިނިސްޓްރީން ވަނީ އެދިފައެވެ.

Advertisement - newsAdvertisement

ހއ. އުލިގަމުގައި ތަރައްގީ ކުރުމަށް އެމްޓީޑީސީ އާ ހަވާލުކުރި 100 އެނދުގެ ޓޫރިސްޓް ހޮޓަލުގެ މަޝްރޫއަކީ، މި ސަރުކާރުން ހިންގާ މަޝްރޫއުތަކުގެ ތެރެއިން، ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ހިންގާނެ އެއް މަޝްރޫއުކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވަނީ ވިދާޅުވެފައެވެ.

އުލިގަމުގައި އެޅުމަށް ހަމަޖެހިފައިވާ 100 އެނދުގެ ހޯޓާ އެޅުމުގެ މަޝްރޫއުގެ އިތުރުންވެސް، އުލިގަމަށް އަންނަ ޔޮޓު ފަދަ އުޅަނދުތަކަށް ބޭނުންވާ ހިދްމަތްތައް އިތުރަށް ތަރައްގީ ކުރުމާއި، ބޮޑު ތިލަދުއްމަތީގައި ހަދާފައިވާ އެއަރޕޯޓްތައް އިތުރަށް ތަރައްގީ ކުރުމާއި، އަދި ހަދަމުންދާ އެއަރޕޯޓްތައް ނިންމައި ހުޅުވުމުގެ މަސައްކަތްތައް ވަރަށް ބާރަށް މިސަރުކާރުން ކުރިއަށް ގެންދާ ކަމަށެވެ.

ހއ. އުލިގަމުގައި 100 އެނދުގެ ހޮޓަލެއް ތަރައްގީކުރުމަށް އެމްޓީޑީސީ އާއި ހަވާލުކުރިއިރު، ކޮށްފައިވާ އިންވެސްޓްމެންޓް ދެނެގަތުމަށް ކުއަންޓިޓީ ސަރވޭޔަރެއް ހޯދަން ބޭނުންވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން މީގެ އަހަރެއްހާ ދުވަސްކުރިން އިއުލާންކޮށްފައި ވެއެވެ. އެ މަސައްކަތް ނިމި އެތައް ދުވަހެއް ވީއިރު ވެސް، އެ ހޮޓަލާ ގުޅޭ އިތުރު އެއްވެސް މަސައްކަތެއް ކުރަމުންނުދާ ކަމަށް އުލިގަމު ކައުންސިލުން ބުނެފައި ވެއެވެ.

ހއ. އުލިގަމުގައި 100 ކޮޓަރީގެ ޓޫރިސްޓު ހޮޓަލެއް ތަރައްގީ ކުރުމަށް 27 ފެބްރުއަރީ 2007 ގައި އެމްޓީޑީސީ އާއި ކުރެވުނު އެގްރީމަންޓު 21 ޖުލައި 2015 ގައި ބާތިލު ކުރެވިފައިވާއިރު، އެމްޓީޑީސީން ކޮށްފައިވާ ޚަރަދުތަކުގެ ތަފްސީލު ވަނީ ހޯދާފައެވެ.

މި މަސައްކަތް ކުރައްވާނެ ކަމަށް މިނިސްޓަރ ވިދާޅުވެފައިވާއިރު، ސިޓީ ހޮޓަލެއް ތަރައްޤީ ކުރުމަށް ކަނޑައެޅި 36 ހެކްޓަރުގެ ބިމުގައި އެމަސައްކަތް އަލުން ކުރިޔަށް ގެންދަވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ ވިދާޅުވެފައެވެ. އެގޮތުން ރާއްޖެ ހުރަސްކޮށް ދަތުރު ކުރާ ގިނައަދަދެއްގެ ޔޮޓު ފަހަރު މީގެ ކުރިން އުލިގަމުގައި ބަނދަރު ކުރަމުން އައިސްފައިވާއިރު، އުލިގަމުގައި އެފަދަ ތަރައްޤީގެ މަޝްރޫއެއް ހިންގުމަކީ ރަށުގެ ލޯކަލް ޓޫރިޒަމް ފުޅާވެ، ރަށް ތަރައްޤީވާނެ ކަމެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.

އެންމެ ހިނގާ

1

ރާއްޖެއިން ބޭރަށް ދަތުރުކުރި ދިވެއްސެއްގެ އަތުގައި އޮތް އާއިލާ މެންބަރެއްގެ ބީއެމްއެލް ކާޑު ހިފެހެއްޓި މައްސަލައެއް!

2

ރާއްޖެޓީވީ ހިމެނޭ ގޮތަށް އިތުރު ދެ ޗަނަލަކަށް ފިޔަވަޅު އެޅުމުގެ މަސައްކަތް މީޑިއާ ކޮމިޝަނުން ފަށައިފި

3

ރިސޯޓެއް ހަދަން ނެގި ލޯނާ ގުޅިގެން ފައްޔާޒަށް ތުހުމަތުކޮށް ދެކެވުނު ވާހަކަ ތަކަށް ފައްޔާޒުގެ ރައްދެއް!

4

އީރާނަށް ހަމަލާދިނުމުގެ ތައްޔާރީތަކާއެކު އެމެރިކާގެ އަސްކަރީ މުދާއުފުލާ 10 ބޯޓެއް އިސްރާއީލަށް ޖައްސައިފި

5

ދައުލަތުގެ ސިޔާދަތާ ގުޅޭ ކަންކަމުގައި ގޮތް ކަނޑައެޅުމުގެ މެންޑޭޓެއް ސަލަފަކަށް ނެތް: ކުރީގެ އުއްތަމަ ފަނޑިޔާރު

އިތުރަށް ކިޔާލަން

20 އޯގަސްޓު 2019

އުލިގަމުގައި 100 އެނދުގެ ޓޫރިސްޓު ހޮޓަލް އެޅުމަށް އެމްޓީޑީސީ އިން ކޮށްފައިވާ އިންވެސްޓްމެންޓް ދެނެގަތުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަނީ

20 އޯގަސްޓު 2019
އުލިގަމުގައި 100 އެނދުގެ ޓޫރިސްޓު ހޮޓަލް އެޅުމަށް އެމްޓީޑީސީ އިން ކޮށްފައިވާ އިންވެސްޓްމެންޓް ދެނެގަތުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަނީ
03 ޖުލައި 2019

ސަރުކާރުގެ ވިސްނުމަކީ ބައިނަލްއަޤުވާމީ ފެންވަރުގެ ޒަމާނީ ބަނދަރެއް ގުޅިފަޅުގައި ތަރައްޤީ ކުރުން: އިކޮނޮމިކް މިނިސްޓްރީ

03 ޖުލައި 2019
ސަރުކާރުގެ ވިސްނުމަކީ ބައިނަލްއަޤުވާމީ ފެންވަރުގެ ޒަމާނީ ބަނދަރެއް ގުޅިފަޅުގައި ތަރައްޤީ ކުރުން: އިކޮނޮމިކް މިނިސްޓްރީ
05 ސެޕްޓެމްބަރު 2018

އުލިގަމަށް އަންނަ ޔޮޓުތައް އިތުރުކުރާނެ ކަމަށް އިބޫ ވިދާޅުވެއްޖެ

05 ސެޕްޓެމްބަރު 2018
އުލިގަމަށް އަންނަ ޔޮޓުތައް އިތުރުކުރާނެ ކަމަށް އިބޫ ވިދާޅުވެއްޖެ
16 އޯގަސްޓު 2018

ހިމަންދޫގެ ރައްޔިތުންނަން ބަނދަރެއްގެ ފަސޭހަކަން ލިބޭނެ: ފައިސަލް

16 އޯގަސްޓު 2018
ހިމަންދޫގެ ރައްޔިތުންނަން ބަނދަރެއްގެ ފަސޭހަކަން ލިބޭނެ: ފައިސަލް
26 ފެބުރުއަރީ 2018

ލޯއޭޝިއާގެ ވަފުދު ރާއްޖެއަށް އެތެރެވިޔަ ނުދިނީ ޓުއަރިސްޓް ވިސާގައި އައުމުން: އިމިގްރޭޝަން

26 ފެބުރުއަރީ 2018
ލޯއޭޝިއާގެ ވަފުދު ރާއްޖެއަށް އެތެރެވިޔަ ނުދިނީ ޓުއަރިސްޓް ވިސާގައި އައުމުން: އިމިގްރޭޝަން
17 އޮކްޓޯބަރު 2017

ރާއްޖޭގައި ޒަމާނީ ބަނދަރެއް ޤާއިމްކުރުކުރުމާ ގުޅޭގޮތުން އަލުން މަޝްވަރާކޮށްފި

17 އޮކްޓޯބަރު 2017
ރާއްޖޭގައި ޒަމާނީ ބަނދަރެއް ޤާއިމްކުރުކުރުމާ ގުޅޭގޮތުން އަލުން މަޝްވަރާކޮށްފި
05 އޮކްޓޯބަރު 2017

ޓުއަރިސްޓް ޕޮލިސްއަށް ހިލޭ ގުޅޭ ނަމްބަރު 1478 ޢިފްތިތާޙް ކޮށްފި

05 އޮކްޓޯބަރު 2017
ޓުއަރިސްޓް ޕޮލިސްއަށް ހިލޭ ގުޅޭ ނަމްބަރު 1478 ޢިފްތިތާޙް ކޮށްފި
29 އޯގަސްޓު 2017

ފުއްޓަރު ފަރާތުގައި ބަނދަރެއް ހެދުމަކީ، އެއްވެސް އިރެއްގައި ކުރާ ކަމެއް ނޫން: ރައީސް ނަޝީދު

29 އޯގަސްޓު 2017
ފުއްޓަރު ފަރާތުގައި ބަނދަރެއް ހެދުމަކީ، އެއްވެސް އިރެއްގައި ކުރާ ކަމެއް ނޫން: ރައީސް ނަޝީދު
03 ޖޫން 2017

ބޭރުގެ ޓަގު ބޯޓެއް ކުއްލި ހާލަތުގައި އުލިގަމުގައި ބަނދަރުކޮށްފި

03 ޖޫން 2017
ބޭރުގެ ޓަގު ބޯޓެއް ކުއްލި ހާލަތުގައި އުލިގަމުގައި ބަނދަރުކޮށްފި
21 ފެބުރުއަރީ 2017

ޔޮޓުން ފުންމާލި ފަތުރުވެރިޔާ ކަނޑުއަޑިން ހޯދައިފި

21 ފެބުރުއަރީ 2017
ޔޮޓުން ފުންމާލި ފަތުރުވެރިޔާ ކަނޑުއަޑިން ހޯދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް