Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްއެމްޕީއާރުސީގެ ހިޔާނާތް

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ: ޒިޔަތު އެދިގެން މިއަދުގެ އަޑުއެހުންތައް ކެންސަލް ކޮށްފި

ޒިޔާތުގެ މައްޗަށް ދައުލަތުން 30 ދައުވާ އުފުލާފައިވޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 30 ސެޕްޓެމްބަރު 2020 | ބުދަ 11:33
އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ޒިޔަތު ކްރިމިނަލް ކޯޓަށް ހާޒިރު ކުރަނީ (ފައިލް ފޮޓޯ): އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން 30 ދައުވާ ވަނީ އުފުލާފައި

އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ޒިޔަތު ކްރިމިނަލް ކޯޓަށް ހާޒިރު ކުރަނީ (ފައިލް ފޮޓޯ): އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން 30 ދައުވާ ވަނީ އުފުލާފައި

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި އެކުންފުނީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ޒިޔަތުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތުގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ތާވަލް ކުރުމަށްފަހު، ކެންސަލް ކޮށްފި އެވެ.

ކްރިމިނަލް ކޯޓުން "ރާއްޖެއެމްވީ"އަށް މައުލޫމާތު ދެމުން ބުނީ، ބުދަ ދުވަހަށް ކްރިމިނަލް ކޯޓުގައި ޒިޔަތުގެ ގިނަ ދައުވާތަކެއްގެ އަޑުއެހުންތަކެއް ތާވަލް ކުރުމަށްފަހު، ކެންސަލް ކޮށްފައިވަނީ ޒިޔަތު އެދިގެން ކަމަށެވެ.

Advertisement - newsAdvertisement

ޒިޔަތުގެ ދައުވާތަކުގެ ޝަރީއަތުގެ އަޑުއެހުމެއް ނުބާއްވާތާ މިހާރު ވަރަށް ގިނަ ދުވަސް ވަނީ ފާއިތުވެފައެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި ހިމެނޭ 55 ރަށެއްގެ މައްސަލާގައި، 30 ރަށެއްގެ ދައުވާ ވަކިވަކިން ޒިޔަތުގެ މައްޗަށް އުފުލާފައި ވެއެވެ.

ޒިޔަތުގެ މައްޗަށް އުފުލާފައިވާ ހިޔާނާތްތެރިވުމުގެ ކުށުގެ ދައުވާތަކުގެ ތެރެއިން އެއް މައްސަލައެއްގައި ޒިޔަތުގެ އިތުރުން، އެހެން މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވެއެވެެ. އެއީ ރ. ކިނޮޅަސް ޝާހިދު ހުސައިން މައްޗަށެވެ.

މިއީ މިފަހުގެ ތާރީހުގައި އެކަކުގެ މައްޗަށް މިހާ ގިނަ އަދަދެއްގެ ދައުވާ ކުރި ފުރަތަމަ ފަހަރެވެ.

އޭގެ ތެރެއިން 23 ދައުވާއެއް އުފުލާފައި ވަނީ 2017 ވަނަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހު އެވެ. އަނެއް ހަތް ދައުވާ އުފުލާފައި ވަނީ 2017 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 15 ވަނަ ދުވަހު އެވެ.

އެ ދައުވާތަކާއި ގުޅިގެން އިބްތިދާއީ ފުރަތަމަ އަޑުއެހުން ބާއްވާފައިވަނީ 2017 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހު އެވެ.

އޭގެފަހުން 2017 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ޒިޔަތުގެ މައްޗަށް އުފުލާފައިވާ 15 ދައުވާއެއްގެ އަޑުއެހުމެއް ބާއްވާފައި ވެއެވެ. އެއަޑުއެހުމުގައި، އެމްއެމްޕީއާރްސީ މެދުވެރިކޮށް 13 ފަޅުރަށަކާއި ދެ ފަޅެއް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ 23.1 މިލިއަން ޑޮލަރަށް (357 މިލިއަން ރުފިޔާ އަށް) ޒިޔަތު ޚިޔާނާތްތެރިވެފައިވާ ކަމަށް ދައުލަތުން ބުނެފައި ވެއެވެ.

ޒިޔަތުގެ މައްޗަށް ޚިޔާނާތްތެރިވުމުގެ އެ ދައުވާތައް އުފުލާފައިވަނީ 13 ފަޅުރަށަކާއި ދެ ފަޅެއް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ ފައިސާއަށް ޚިޔާނާތްތެރިވެފައިވާ ކަމަށް ބުނެއެވެ. އެ ދައުވާތަކުގައި ބުނެފައިވަނީ އެރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކޮށްގެން އިކިއުޒިޝަން ކޮސްޓްގެ ގޮތުގައި ދައުލަތަށް ލިބެން ޖެހޭ ފައިސާ ހިމެނޭ 17 ޗެކަކާއި ޒިޔާތު ހަވާލުވެ، އެ ޗެކުތަކުގައި ހިމެނޭ ފައިސާއަށް ޚިޔާނާތްތެރިވެފައިވާ ކަމަށެވެ.

އެގޮތުން، ރ. އިނގުރައިދޫ ބުލްބުލާގޭ މުހައްމަދު ހުސައިންފުޅަށް ރ. ކަނޑޫގަނޑު ކުއްޔަށް ދޫކޮށްގެން އިކުއިޒިޝަން ކޯސްޓްގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ 300،000 ޑޮލަރާއި، އަލިބޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ރ. ބޮޑުފުށި ކުއްޔަށް ދޫކޮށްގެން ލިބެންޖެހޭ ތިން މިލިއަން ޑޮލަރާއި، ބޮޑުފަރު ބީޗް ޕްރައިވެޓް ލިމިޓެޑަށް އދ. ބޮޑުފިނޮޅު ކުއްޔަށް ދޫކޮށްގެން ލިބެން ޖެހޭ އެއް މިލިއަން ޑޮލަރާއި، މއ. މަނަސް އާމިރު މަންސޫރަށް ރ. ހުރަވަޅި ކުއްޔަށް ދޫކޮށްގެން ލިބެން ޖެހޭ 1.75 މިލިއަން ޑޮލަރާއި، ކްލެސިކް ސިޓީ އައިލެންޑް މޯލްޑިވްސް އަށް ރ. ފުށްގިރި ކުއްޔަށް ދޫކޮށްގެން ލިބެންޖެހޭ 150،000 ޑޮލަރާއި، ސީކްރެޓް ޕެރެޑައިސް ޕްރައިވެޓް ލިމިޓެޑަށް ބ. ހުރާފަރު ކުއްޔަށް ދޫކޮށްގެން ލިބެންޖެހޭ 360،000 ޑޮލަރާއި، ޓޫޖީ ޕްރައިވެޓް ލިމިޓެޑަށް ވ. އާރަށް ކުއްޔަށް ދޫކޮށްގެން ލިބެންޖެހޭ އެއް މިލިއަން ޑޮލަރާއި، ދިގުދެފަރު އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑަށް ބ. ދިގުދެފަރު ކުއްޔަށް ދޫކޮށްގެން ލިބެންޖެހޭ 300،000 ޑޮލަރާއި، ވެލް ލޭންޑް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑަށް ބ. މުތާފުށި ކުއްޔަށް ދޫކޮށްގެން ލިބެންޖެހޭ އެއް މިލިއަން ޑޮލަރާއި، ރޮބިންސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ނ. އޮރިވަރު ކުއްޔަށް ދޫކޮށްގެން ލިބެންޖެހޭ ހަތަރު މިލިއަން ޑޮލަރާއި، ބޮޑުފަރު ބީޗް ރިސޯޓް ޕްރައިވެޓް ލިމިޓެޑަށް ރ. ބޮޑުފަރު ކުއްޔަށް ދޫކޮށްގެން ލިބެންޖެހޭ 1.5 މިލިއަން ޑޮލަރާއި، ޔުނައިޓެޑް އިންޓަނޭޝަނަލް ހޮޓަލް ގްރޫޕަށް ގއ. ވޮޑެމުއްލާ ކުއްޔަށް ދޫކޮށްގެން ލިބެންޖެހޭ އެއް މިލިއަން ޑޮލަރާއި، އޮރިއެންޓް ރޯސް ޕްރައިވެޓް ލިމިޓެޑަށް ރ. ކޮތައިފަރު ކުއްޔަށް ދޫކޮށްގެން ލިބެންޖެހޭ ފަސް މިލިއަން ޑޮލަރަށް ޒިޔާތު ޚިޔާނާތްތެރިވެފައިވާ ކަމަށް ދައުވާތަކުގައި ބުނެފައިވެއެވެ.

މީގެ އިތުރުން، ގ. ރަންގިރިގޭ މުހައްމަދު ވާފިރަށް މާލެ އަތޮޅުގެ ފަޅެއް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ 300،000 ޑޮލަރާއި، ޑެޕެޒާ ސަރވިސް ލިމިޓެޑަށް މާލެ އަތޮޅުން ފަޅެއް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ 2.5 މިލިއަން ޑޮލަރަށް ވެސް ޒިޔަތު ޚިޔާނާތްތެރިވެފައިވާ ކަމަށް ދައުވާތަކުގައި ބުނެފައިވެއެވެ.

ޒިޔަތު ވަނީ މި ހުރިހާ ދައުވާތަކަށް ވެސް އިންކާރު ކޮށްފައެވެ. ޒިޔާތުގެ ފަރާތުން އޭނާގެ ގާނޫނީ ވަކީލު ވިދާޅުވެފައިވަނީ އެ ޗެކްތަކާއި ހަވާލުވުމަށް ފަހު، ޓޫރިޒަމް މިނިސްޓްރީ އިން އަންގާފައިވާ ގޮތަށް 'ޕްރޫފް އޮފް ޕޭމަންޓް' އެއިރުގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބާއި ހަވާލުކޮށްފައިވާނެ ކަމަށެވެ.

އެ ޗެކްތައް އޮންނާނީ އެހެން ކުންފުންޏަކަށް ޖަމާނުކުރެވޭ ގޮތަށް އެމްއެމްޕީއާރްސީއަށް އެޑްރެސް ކޮށްފައި ކަމަށާއި އެހެންނަމަވެސް، ދައުލަތުން ހުށަހަޅާފައިވާ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި އެ ޗެކްތައް ޖަމާކޮށްފައިވަނީ އެސްއޯއެފް ކުންފުނީގެ އެކައުންޓަށް ކަމަށް ޒިޔަތުގެ ވަކީލު ވިދާޅުވި އެވެ.

ޒިޔަތުގެ ވަކީލު ވިދާޅުވެފައިވަނީ، އެސްއޯއެފް ކުންފުނީގެ އެކައުންޓަށް ޗެކްތައް ޖަމާކޮށްފައިވަނީ، އެމްއެމްޕީއާރްސީއިން ބީއެމްއެލްއަށް ހުށަހަޅާފައިވާ ބޯޑް ރިސޮލިއުޝަންއާ ކަނޑައެޅިގެން ޚިލާފަށް ކަމަށެވެ. އަދި އެމްއެމްޕީއާރްސީގެ އެއްވެސް ގަވާއިދަކާ ޚިލާފަށް ޒިޔަތު އެއްވެސް ކަމެއް ކޮށްފައިނުވާނެ ކަމަށް ވެސް ވަކީލު ވިދާޅުވެފައި ވެއެވެ.

މީގެއިތުރުން، 2017 ނޮވެމްބަރު 14 ވަނަ ދުވަހުގެ ވެސް ޒިޔަތުގެ މައްޗަށް އުފުލާފައިވާ ދައުވާތަކާއި ގުޅޭ އިބްތިދާއީ އަޑުއެހުމެއް ބާއްވާފައި ވެއެވެ. އެ އަޑުއެހުމުގައި، އެމްއެމްޕީއާރްސީ މެދުވެރިކޮށް ހަ ރަށަކާއި ދެ ފަޅެއް ކުއްޔަށް ދޫކޮށްގެން ލިބުނު 239 މިލިއަން ރުފިޔާގެ ޗެކުތައް ހަވާލުކުރީ އެއިރުގެ ޓުއަރިޒަމް މިނިސްޓަރު އަހުމަދު އަދީބާއި ކަމަށް ޒިޔަތު ވިދާޅުވެފައި ވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު