Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޕީޖީ ޝަމީމު/ ޗީފް އެޑްމިނިސްޓްރޭޓަރ

ޕީޖީ ޝަމީމު ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ރިޒްނާއާ ބައްދަލު ކުރައްވައިފި

ޕީޖީ ޝަމީމު ދެ ކަމެއް މިބައްދަލުވުމުގައި ހުށަހެޅުއްވި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 29 ސެޕްޓެމްބަރު 2020 | އަންގާރަ 11:47
ޕީޖީ ޝަމީމު އާއި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ރިޒްނާއާ ބައްދަލު ކުރައްވަނީ

ޕީޖީ ޝަމީމު އާއި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ރިޒްނާއާ ބައްދަލު ކުރައްވަނީ

ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) ޙުސައިން ޝަމީމް ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ޢާއިޝަތު ރިޒްނާއާ ބައްދަލުކުރައްވައިފި އެވެ.

މި ބައްދަލުކުރެއްވުމުގައި ޕްރޮސިކިއުޓަރ ޖެނެރަލް ވަނީ މައިގަނޑު ދެ ކަމެއް ހުށަހަޅުއްވާފައެވެ. އަދި މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވިފައިވަނީ ދެ ކަމަކާއި ގުޅޭގޮތުން ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

Advertisement - newsAdvertisement

ފުރަތަމަ ކަމަކީ، މިއަހަރުގެ ނޮވެންބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން، މެޖިސްޓްރޭޓް ކޯޓުތަކާއި، ދަށު ކޯޓުތަކުގެ އިބްތިދާއީ އަޑުއެހުންތަކުގައި ދައުލަތުގެ ފަރާތުން ބައިވެރިވާނީ ހަމައެކަނި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކަމަށާއި، މިކަމާ ގުޅިގެން ކޯޓުތަކުން ހަމަޖައްސަވަންޖެހޭ އިންތިޒާމްތައް ހަމަޖެއްސުމެވެ.

މިކަމުގެ ސަބަބުން އަތޮޅުތެރޭގެ މެޖިސްޓްރޭޓް ކޯޓްތަކަށް ކުރާ ދަތުރުތަކާއި، އެހެނިހެން ޚަރަދުގެ ބޮޑު ބައެއް ސަލާމަތް ކުރެވޭނެ ކަމަށާއި އަދި ވަގުތުވެސް ސަލާމަތް ކުރެވޭނެ ކަމަށް ޕީޖީ ޝަމީމު ވިދާޅުވި އެވެ. 2019 ވަނަ އަހަރު އެކަނިވެސް ޕްރޮސިކިއުޓަރުން މެޖިސްޓްރޭޓް ކޯޓަކަށް ކުރެއްވި ދަތުރުތަކަށް 3.2 މިލިއަން ރުފިޔާ ޚަރަދުވެފައިވާ ކަމަށާއި މިގޮތަށް އިންތިޒާމް ހަމަޖެހުމުން މި ޚަރަދުގެ ބޮޑުބައެއް ސަލާމަތް ކުރެވޭ ކަމަށް ވެސް ޕީޖީ ޝަމީމު ވިދާޅުވެފައި ވެއެވެ.

ދެވަނަ ކަމަކަށް ޕީޖީ ޝަމީމު ވިދާޅުވީ، 2021 ވަނަ އަހަރުން ފެށިގެން ޝަރުޢީ ކޯޓުތަކަށް ހުށަހަޅާ ޖިނާއީ މައްސަލަތައް ހުށަހަޅާނީ އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށްކަމަށާއި، މިކަމާ ގުޅިގެން ކޯޓުތަކުން ހަމަޖައްސަވަންޖެހޭ އިންތިޒާމްތައް ހަމަޖެއްސެވުން އެދޭ ކަމަށެވެ.

މިކަމުގެ ސަބަބުން މައްސަލަތައް ހުށަހެޅުމުގެ ނިޒާމު އިތުރަށް ހަރުދަނާ ކުރެވި، ޖިނާއީ މައްސަލަތައް ކޯޓަށް ހުށަހެޅުމުގެ ކަންކަން ޒަމާނީ ނިޒާމަކަށް ބަދަލު ކުރެވޭނެ ކަމަށް ވެސް ޕީޖީ ޝަމީމު ވިދާޅުވި އެވެ.

އަދުލްއިންސާފުގެ ދާއިރާއާއި ޝަރުއީ ކޯޓުތަކުގެ ހިންގުން ހަރުދަނާ ކުރުމުގެ މަސައްކަތް ވަރަށް އެކަށީގެންވާ ގޮތެއް ދަނީ ދައުލަތުގެ ކަމާބެހޭ އިދާރާތައް ގުޅިގެން ކުރަމުންނެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ ޗީފް ޖުޑިޝަރީ އެޑްމިނިސްޓަރޭޓަރގެ މަގާމަށް މ. ބަނަފްސާވިލާ، އާއިޝަތު ރިޒުނާ އައްޔަން ކުރައްވާފައިވަނީ މިމަހުގެ 27 ވަނަ ދުވަހު އެވެ.

ޗީފް އެޑްމިނިސްޓްރޭޓަރގެ މަގާމަށް ރިޒުނާ އައްޔަން ކުރެއްވުމާއެކު، އެ މަގާމުގައި ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ޑރ. އަބްދުﷲ ނަޒީރަށް ވަނީ މަގާމު ގެއްލިފައެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގެ ގާނޫނަށް ގެނައި އިސްލާހާ ގުޅިގެން، ކުރިން ސުޕްރީމް ކޯޓުގެ ދަށުން ހިންގަމުންދިޔަ، ޑީޖޭއޭ ވަނީ ޖޭއެސްސީގެ ދަށަށް ބަދަލުކޮށްފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ރިޒުނާ އަކީ، ޝަރުއީ ދާއިރާގެ ހިންގުމުގެ ތަޖުރިބާ ހުރި ކަނބަލެކެވެ. އެގޮތުން، މީގެކުރިން ސުޕްރީމް ކޯޓުގަ އާއި ސިވިލް ކޯޓުގައި، ޑީޖޭއޭގައި އުޅުއްވިއެވެ. ޖޭއެސްސީގެ ޗީފް ޖުޑީޝަލް އެޑްމިނިސްޓަރޭޓަރގެ މަގާމަށް ރިޒުނާ އައްޔަން ކުރެއްވުމުގެ ކުރިން އެންމެފަހުން ހުންނެވީ ޔޫއެންޑީޕީގެ ގުޑް ގަވަރނާސްގެ ކަންޓްރީ ރެޕްރެޒެންޓިވްގެ މަގާމުގައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިންސާނުންނާ މެދު އަމަލު ކުރާހެން ޕީޕީއެމް ޕީޖީ މެންބަރުންނާ މެދު ސަރުކާރުން އަމަލުކުރަންޖެހޭ:އަމީތު

އިންސާނުންނާ މެދު އަމަލު ކުރާހެން ޕީޕީއެމް ޕީޖީ މެންބަރުންނާ މެދު ސަރުކާރުން އަމަލުކުރަންޖެހޭ:އަމީތު

27 މާރިޗު 2017
ޗީފް އޮފް ޑިފެންސް ފޯސް ޝިޔާމް މަޖިލީހުގެ އިދާރާއަށް ރޭ ދަންވަރު ވެންނެވިކަން ފަޅައިއަރައިފި

ޗީފް އޮފް ޑިފެންސް ފޯސް ޝިޔާމް މަޖިލީހުގެ އިދާރާއަށް ރޭ ދަންވަރު ވެންނެވިކަން ފަޅައިއަރައިފި

27 މާރިޗު 2017
ވަކިވަކި މެމްބަރުންނާ ސުވާލު ކޮށްގެން ވޯޓް ނެގުމަށް ޕީޕީއެމް ޕީޖީ ލީޑަރު ހުށަހަޅުއްވައިފި

ވަކިވަކި މެމްބަރުންނާ ސުވާލު ކޮށްގެން ވޯޓް ނެގުމަށް ޕީޕީއެމް ޕީޖީ ލީޑަރު ހުށަހަޅުއްވައިފި

27 މާރިޗު 2017
 ޕީޕީއެމް ޕީޖީ ގްރޫޕުގެ ރިސޯޓް "ކޭމްޕް" ކެންސަލްކޮށް، ބައްދަލުވުން މާލޭގައި!

ޕީޕީއެމް ޕީޖީ ގްރޫޕުގެ ރިސޯޓް "ކޭމްޕް" ކެންސަލްކޮށް، ބައްދަލުވުން މާލޭގައި!

26 މާރިޗު 2017
ވޯޓާ ދިމާކޮށް ޕީޕީއެމް ޕީޖީ ގްރޫޕް ރިސޯޓެއްގައި "ކޭމްޕް" ކުރަނީ!

ވޯޓާ ދިމާކޮށް ޕީޕީއެމް ޕީޖީ ގްރޫޕް ރިސޯޓެއްގައި "ކޭމްޕް" ކުރަނީ!

26 މާރިޗު 2017

އަހަރުތަކުން މިއަދު

21 ޖޫން
ނިލަންދޫ ކައުންސިލްގެ ރައީސް ރުޅި އައިސްގެން، ފ.އަތޮޅު ކައުންސިލް އިދާރާގެ އެކްސެސް ކޮންޓްރޯލް ފުނޑާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ނިލަންދޫ ކައުންސިލްގެ ރައީސް ރުޅި އައިސްގެން، ފ.އަތޮޅު ކައުންސިލް އިދާރާގެ އެކްސެސް ކޮންޓްރޯލް ފުނޑާލައިފި

މުޒާހަރާ ކުރަމުންދާ އައްޑޫ މަސްވެރިންގެ 3 ޑިމާންޑެއް ސަރުކާރަށް
20242 އަހަރު ކުރިން
ރާއްޖެ

މުޒާހަރާ ކުރަމުންދާ އައްޑޫ މަސްވެރިންގެ 3 ޑިމާންޑެއް ސަރުކާރަށް

"ހަމީޝް ނުފެނި ހޭދަވާ ކޮންމެ ސިކުންތެއް، ކޮންމެ މިނެޓެއްވެސް ހީވަނީ އެތައް ގަޑިއިރެއްހެން"
20233 އަހަރު ކުރިން
ރިޕޯޓު

"ހަމީޝް ނުފެނި ހޭދަވާ ކޮންމެ ސިކުންތެއް، ކޮންމެ މިނެޓެއްވެސް ހީވަނީ އެތައް ގަޑިއިރެއްހެން"

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑު ލިބޭ ދަރިވަރުން ހޮވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑު ލިބޭ ދަރިވަރުން ހޮވައިފި

13އަހަރު ކުއްޖާގެ މަރު: އާދީއްތަ ދުވަހު ހަވީރު ދެމީހަކު ފޮއްޓެއް ހިފައިގެން ދެވަނަ ފިޔަވަހީގައި އުޅުނު
20215 އަހަރު ކުރިން
ރާއްޖެ

13އަހަރު ކުއްޖާގެ މަރު: އާދީއްތަ ދުވަހު ހަވީރު ދެމީހަކު ފޮއްޓެއް ހިފައިގެން ދެވަނަ ފިޔަވަހީގައި އުޅުނު

މުސްލިމް ފިރިހެނަކާއި އެއްކޮށް އުޅުނު ކަމަށް ބުނެ އަނިޔާ ކުރި: ރިތިކްގެ ދައްތަ
20197 އަހަރު ކުރިން
ރާއްޖެ

މުސްލިމް ފިރިހެނަކާއި އެއްކޮށް އުޅުނު ކަމަށް ބުނެ އަނިޔާ ކުރި: ރިތިކްގެ ދައްތަ

ރައީސް ޔާމިންގެ ކެމްޕެއިނަށް ނިކުމެ އުޅެނިކޮށް މިނިސްޓަރު ސައީދު ލަދު ގަންނުވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމިންގެ ކެމްޕެއިނަށް ނިކުމެ އުޅެނިކޮށް މިނިސްޓަރު ސައީދު ލަދު ގަންނުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު