Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހައްދުފަހަނައަޅާ ދިއުމާދެކޮޅަށް ކުރާ މަސައްކަތް

ހަރުކަށި ފިކުރާއި ހައްދުފަހަނައަޅާ ދިއުމާ ދެކޮޅަށް ކުރާ މަސައްކަތުގައި އެންމެ މުހިންމު ބައިވެރިއަކީ މީޑިއާ: ނަޒީރު

26 ސެޕްޓެމްބަރު 2020 | ހޮނިހިރު 12:59

މިއީ ދިވެހި މީޑިއާ އަހުލުވެރިކޮށް، ބާރުވެރިކުރުވުމަށް ބާއްވާ ވެބިނާއެއް

އަމްނާ އިމާދު
އަމްނާ އިމާދު | 26 ސެޕްޓެމްބަރު 2020 | ހޮނިހިރު 12:59
ވެބިނަރ ފެށުމުގެ ގޮތުން ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު ވާހަކަދައްކަވަނީ

ވެބިނަރ ފެށުމުގެ ގޮތުން ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު ވާހަކަދައްކަވަނީ

ހަރުކަށި ފިކުރާއި ހައްދުފަހަނައަޅާ ދިއުމާ ދެކޮޅަށް ކުރާ މަސައްކަތުގައި މި ސަރުކާރުގެ އެންމެ މުހިންމު ބައިވެރިއަކީ ދިވެހި މީޑިއާކަމަށް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު ވިދާޅުވެއްޖެ އެވެ.

ސްޓޭޓް މިނިސްޓަރު ނަޒީރު މިހެން ވިދާޅުވީ ހަރުކަށި ފިކުރާއި، ހައްދު ފަހަނައަޅައި ދިއުމާ ގުޅޭގޮތުން މީޑިޔާ ހޭލުންތެރިކޮށް ބާރުވެރިކުރުމަށް އެއް ދުވަހަށް ބޭއްވި ވެބިނާގައި ފެށުމުގެ ބައިގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

މިނިސްޓްރީ އޮފް ހޯމްއެފެއާޒުން އިސްނަގައިގެން ރާވާ އެއް ދުވަހުގެ މި ވެބިނާއަކީ، ހަރުކަށި ފިކުރާއި ހައްދުފަހަނައަޅައި ދިޔުމާއި، އެފަދަ ކަންކަމާ ގުޅޭ ޚަބަރާއި މަޢުލޫމާތު މުވާސަލާތު ކުރުމުގައި ބައިނަލްއަގުވާމީގޮތުން ގެންގުޅޭ އުސޫލުތަކަށް ދިވެހި މީޑިއާ އަހުލުވެރިކޮށް، ބާރުވެރި ކުރުވުމަށް ބޭއްވި ވެބިނާއެކެވެ. މި ވެބިނާގެ އަމާޒަކީ، ނޫސްވެރިކަމުގެ ސުލޫކާއި އުސޫލުތަކަށް އަހައްމިއްޔަތުކަން ދިނުމާއެކު، ހަރުކަށި ފިކުރާއި ހައްދުފަހަނައަޅައިދިޔުމާ ގުޅުންހުރި ޚަބަރާއި މައުލޫމާތު ފެތުރުމުގައި ސަމާލުކަންދޭންޖެހޭ މުހިއްމު ކަންކަމަށް އަހުލުވެރިކުރުވުމެވެ.

ހަރުކަށި ފިކުރުގެ މައްސަލަތަކަށް އަލިއަޅުއްވާލައްވައި ނަޒީރު ވިދާޅުވީ ހަރުކަށި ފިކުރާއި ހައްދުފަހަނައަޅާ ދިއުމަކީ މިއަދު މިރާއްޖޭގައި ވަކިވަކި އައިސޮލޭޓެޑް މައްސަލަ ތަކަށްވުރެ ބޮޑަށް، ގައުމީ ބޮޑު މައްސަލައެއްކަމަށެވެ. މަސްތުވާތަކެތީގެ ވަބާފަދަ، ކޮންމެ ގޭބިސީއަކާ ހަމަޔަށް ވެސް ފޯރާފައިވާ ކަންބޮޑުވުމެއްކަމަށް ވިދާޅުވިއެވެ.

ވޭތުވެދިޔަ މާޒީގައި ކަން ހިނގާފައިވާ ގޮތުން ދައުލަތުގެ މުއައްސަސާތަކަށް އެކަށީގެންވާ ގޮތުގައި މި މައްސަލައަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރާނެ ފުރުސަތު ނުލިބުނު ކަމުގައިވިޔަސް، ރައީސުލްޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގެ މުހިންމު އެއް އެޖެންޑާއަކީ ހަރުދަނާ ސިޔާސަތެއްގެ ތެރެއިން ހަރުކަށި ފިކުރާއި ހައްދުފަހަނައަޅާ ދިއުމުގެ މައްސަލައަށް އެކަށީގެންވާ ހައްލެއް ހޯދުން ކަމަށް ނަޒީރު ވިދާޅުވިއެވެ.

މީޑިއާ އަކީ ޑިމޮކްރެޓިކް މުޖުތަމައުގެ ހަތަރުވަނަ ބާރުކަން ފާހަގަކުރައްވައި ނަޒީރު ވިދާޅުވީ މިއަދުގެ ދުނިޔޭގެ ހަގީގަތަކީ ކޮންމެ ކަމެއްގައި ވެސް އެންމެ ބާރުގަދަ ހަތިޔާރަކީ މީޑިއާކަންކަމަށެވެ.

ބައިނަލްއަގުވާމީ މަސްރަހުގައި ހިނގާ ހަމަނުޖެހުމަކަށް ވިޔަސް، ދާޚިލާ ސިޔާސީ ކަމަކަށްވިޔަށް، އިޤްތިސާދީ ކަމަކަށް ވިޔަސް، ދީނީ ނުވަތަ އިޖުތިމާއީ ކަމަކަށް ވިޔަސް ސާފުކޮށް އެނގެން އޮތް ހަޤީގަތަކީ އެކަމަކާމެދު ރައްޔިތުންގެ ވިސްނުމާ ފިކުރު ބައްޓަންކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ ބަޔަކީ ނޫސްވެރިންކަން ކަމަށް ނަޒީރު ވިދާޅުވިއެވެ. އެސަބަބާހުރެ ހަރުކަށި ފިކުރާއި ހައްދުފަހަނައަޅާ ދިއުމާދެކޮޅަށް ކުރާ މަސައްކަތުގައި މި ސަރުކާރުގެ އެންމެ މުހިންމު ބައިވެރިއަކީ ދިވެހި މީޑިއާކަމުގައި ދެކިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.

މި މައްސަލަ ޙައްލު ކުރުމަކީ ސަރުކާރަށް އެކަނި ކުރެވޭނެ ކަމެއް ނޫންކަމަށާއި، މިކަމުގައި ދިވެހި މީޑިއާގެ ފުރިހަމަ އެހީތެރިކަމާ އެއްބާރުލުން ލިބިގެންދިއުމަށް އެދިވަޑައިގެންނެވިއެވެ.

އެންސީޓީސީގެ ޑިރެކްޓަރ ޖެނެރަލް ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވިދާޅުވީ މީޑިއާ އަކީ ގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ސުލްހަވެރިކަމާއި އަމާންކަށް ކަށަވަރުކުރުމުގައި ހަމަހަމަކަމާއެކު މަޢުލޫމާތު ފޯރުކޮށްދިނުމުގައި އެންމެ އިސް ސަފުގައި މަސައްކަތްކުރާ ފަރާތް ކަމަށެވެ. އެހެންކަމުން މީޑިއާގެ ފަރާތުން ގެނެސްދޭ ކޮންމެ މައުލޫމާތެއް ބިނާވާންވާނީ އޭގެ ސައްހަކަން އެކުލެވިގެންވާ، މައުލޫމާތުތަކުގެ ސަބަބުން ރައްޔިތުންގެ މެދުގައި އަމަންއަމާންކަމާއި އެކު ހޭލުންތެރިކަން އިތުރުކޮށް ހެޔޮމަގުދެއްކުމުގެ މައްޗަށްކަމަށް ވިދާޅުވިއެވެ.

މިވެބިނަރ މިނިސްޓްރީން ކުރިއަށްގެންދަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރާ ގުޅިގެންނެވެ. ވެބިނާގައި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނާއި، މޯލްޑިވްސް މީޑިޔާ ކައުންސިލާއި، މޯލްޑިވްސް ޖަރނަލިސްޓް އެސޯސިއޭޝަނާއި، ރާއްޖޭގެ މީޑިޔާތަކުން ނޫސްވެރިން ބައިވެރިވެއެވެ.

ޕެނަލިސްޓުން ހިމެނޭ ގޮތަށް 41 ބޭފުޅުން ވެބިނާގައި ބައިވެރިވެވަޑައިގަންނަވައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

4

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

26 ފެބުރުއަރީ 2017

މައުމޫނާ ދެކޮޅަށް ބަޔާން ދޭން މަޖުބޫރުކުރި ކަމަށް ބުނާ މައްސަލަ މަޖިލީހަށް

26 ފެބުރުއަރީ 2017
މައުމޫނާ ދެކޮޅަށް ބަޔާން ދޭން މަޖުބޫރުކުރި ކަމަށް ބުނާ މައްސަލަ މަޖިލީހަށް
24 ފެބުރުއަރީ 2017

ރާއްޖޭގެ އަޣުލަބިއްލަތު އޮތީ ވައްކަމާ ކޮރަޕްޝަނާ ދެކޮޅަށް: ޝާހިދު

24 ފެބުރުއަރީ 2017
ރާއްޖޭގެ އަޣުލަބިއްލަތު އޮތީ ވައްކަމާ ކޮރަޕްޝަނާ ދެކޮޅަށް: ޝާހިދު
23 ފެބުރުއަރީ 2017

ރައީސް މައުމޫނާ ދެކޮޅަށް ބަޔާން ދިނުމަށް ޒައިދުއަށް މަޖުބޫރިކުރި މައްސަލަ ބަލަނީ

23 ފެބުރުއަރީ 2017
ރައީސް މައުމޫނާ ދެކޮޅަށް ބަޔާން ދިނުމަށް ޒައިދުއަށް މަޖުބޫރިކުރި މައްސަލަ ބަލަނީ
02 ފެބުރުއަރީ 2017

ފްލެޓްގެ މައްސަލާގައި ހައުސިން މިނިސްޓްރީއާ ދެކޮޅަށް ލުތުފީ ދައުވާކޮށްފި

02 ފެބުރުއަރީ 2017
ފްލެޓްގެ މައްސަލާގައި ހައުސިން މިނިސްޓްރީއާ ދެކޮޅަށް ލުތުފީ ދައުވާކޮށްފި
30 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

30 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި
24 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

24 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި
23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
22 ޖެނުއަރީ 2017

މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި

22 ޖެނުއަރީ 2017
މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި
19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް