Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ލީގު ކަޕް

ޗެމްޕިއަން ސިޓީ އާއި ލިވަޕޫލް ހަތަރުވަނަ ބުރަށް

25 ސެޕްޓެމްބަރު 2020 | ހުކުރު 05:51

ބޯންމަތު އަތުން ސިޓީ މޮޅުވީ 2-1 ގެ ނަތީޖާއަކުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 25 ސެޕްޓެމްބަރު 2020 | ހުކުރު 05:51
ސިޓީ އާއި ބޯންމަތު ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ސިޓީ މޮޅުވީ 2-1 ން

ސިޓީ އާއި ބޯންމަތު ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ސިޓީ މޮޅުވީ 2-1 ން

އިނގިރޭސި ލީގު ކަޕުގެ ތިންވަނަ ބުރުގައި ބުރާސްފަތި ދުވަހުގެރޭ ކުޅުނު މެޗުތަކުން މޮޅުވެ ހަތަރުވަނަ ބުރުން އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އާއި ލިވަޕޫލް ފުރުސަތު ހޯދައިފިއެވެ.

މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ކަމަށްވާ ސިޓީން ހަތަރުވަނަ ބުރުގެ ޖާގައެއް ހޯދީ ތިންވަނަ ބުރުގައި ބުރާސްފަތި ދުވަހުގެރޭ ބޯންމަތު އަތުން ހަނިގޮތަކަށް މޮޅުވެގެންނެވެ. ސިޓީގެ ދަނޑުގައި ކުޅުނު މި މެޗުން އެ ޓީމު މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ސިޓީންނެވެ. މެޗުގެ 18 ވަނަ މިނެޓުގައި މި ލަނޑު ސިޓީއަށް ކާމިޔާބުކޮށްދިނީ އުމުރުން 17 އަހަރުގެ ލިއަމް ޑިލަޕެވެ. މިއީ ޑިލަޕް ސިޓީއަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ.

މެޗުގައި ސިޓީން ލީޑު ނެގި ނަމަވެސް، އޭގެ ހަތަރު މިނެޓު ފަހުން ބޯންމަތުން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ސޭމް ސަރިޖެވެ. މި މެޗުން ސިޓީ މޮޅުވީ މެޗުގެ 75 ވަނަ މިނެޓުގައި ޒުވާން މިޑްފީލްޑަރު ފިލް ފޯޑެން ކާމިޔާބުކުރި ލަނޑުންނެވެ.

ބޯންމަތު ބަލިކޮށް ސިޓީ ލީގު ކަޕްގެ ހަތަރުވަނަ ބުރުން ޖާގައެއް ހޯދިއިރު، ހަތަރުވަނަ ބުރުގައި ސިޓީ ބައްދަލުކުރަން ޖެހޭނީ ބާންލީއާއެވެ.

މީގެ އިތުރުން ލީގު ކަޕްގައި ބުރާސްފަތި ދުވަހުގެރޭ ކުޅުނު މެޗުން ލިވަޕޫލް މޮޅުވީ ލިންކަން ސިޓީ އަތުން 7-2 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

ލިންކަން ސިޓީގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ލިވަޕޫލުން ވަނީ ހަތަރު ލަނޑުގެ ލީޑެއް ނަގާފައެވެ. އެގޮތުން މެޗު ފަށައިގެން ނުވަވަނަ މިނެޓުގައި ހިލޭ ޖެހުމަކުން ޒެރްޑަން ޝަގީރީ ލިވަޕޫލަށް ލީޑު ނަގައިދިންއިރު، އޭގެ ނުވަ މިނެޓު ފަހުން ޓަކޫމީ މިނަމީނޯ ވަނީ ލިވަޕޫލަށް ލީޑު ފުޅާކޮށްދީފައެވެ. އަދި މެޗުގެ 32 ވަނަ މިނެޓުގައި ޒުވާން މިޑްފީލްޑަރު ކާޓިސް ޖޯންސް ލިވަޕޫލްގެ ތިންވަނަ ލަނޑު ޖެހިއިރު، އޭގެ ހަތަރު މިނެޓު ފަހުން ޖޯންސް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށްފައެވެ.

މެޗުގެ ދެވަނަ ހާފުގައި ލިވަޕޫލުން ރަނގަޅު ކުޅުމެއް ދެއްކިއިރު، މި ހާފު ފަށައިގެން ފުރަތަމަ މިނެޓުގައި މިނަމީނޯ ވަނީ ލިވަޕޫލުގެ ފަސްވަނަ ލަނޑު ޖަހާފައެވެ. މެޗުގެ 60 ވަނަ މިނެޓުގައިން ޓަޔޯ އެޑުން ލިންކަން ސިޓީގެ ފުރަތަމަ ލަނޑު ކާމިޔާބުކުރި ނަމަވެސް، އޭގެ ފަސް މިނެޓު ފަހުން މާކޯ ގުރުޖިޗް ވަނީ ލިވަޕޫލްގެ ހަވަނަ ލަނޑު ޖަހާފައެވެ.

އެކަމަކު އޭގެ ދެ މިނެޓު ފަހުން ލިންކަން ސިޓީން ވަނީ އެ ޓީމުގެ ދެވަނަ ލަނޑު ޖަހާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ލެވިސް މޮންޓްސްމާއެވެ. މި މެޗުގައި ލިވަޕޫލުން ކަމިޔާބުކުރި ހަތްވަނަ ލަނޑު މެޗު ނިމެން މިނެޓަކަށް ވެފައިވަނިކޮށް އެ ޓީމަށް ކާމިޔާބުކޮށްދިނީ ޑިވޮކް އޮރީގީއެވެ.

މި މެޗުން މޮޅުވެ ހަތަރުވަނަ ބުރުން ލިވަޕޫލް ޖާގައެއް ހޯދިއިރު، ހަތަރުވަނަ ބުރުގައި ލިވަޕޫލް ބައްދަލުކުރަން ޖެހޭނީ އާސެނަލާއެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

3

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

4

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

5

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ބައްދަލުކުރާނީ ވިގަންއާ

10 ޖެނުއަރީ 2017
ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ބައްދަލުކުރާނީ ވިގަންއާ
10 ޖެނުއަރީ 2017

ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

10 ޖެނުއަރީ 2017
ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
04 ޖެނުއަރީ 2017

އެޓޯލް ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް އައްޑޫގައި ބައްވަނީ!

04 ޖެނުއަރީ 2017
އެޓޯލް ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް އައްޑޫގައި ބައްވަނީ!
04 ޖެނުއަރީ 2017

ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ

04 ޖެނުއަރީ 2017
ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ
04 ޖެނުއަރީ 2017

ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ

04 ޖެނުއަރީ 2017
ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ

04 ޖެނުއަރީ 2017
މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް