Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްއެމްޕީއާރުސީގެ ހިޔާނާތް: ރ. ފުއްގިރި މައްސަލަ

ދައުލަތުން އިތުރު ލިޔުންތަކެއް ހުށަހެޅުމުން، ކުރިކް ރިޒާގެ މައްސަލައިގެ އަޑުއެހުން ކެންސަލް ކޮށްފި

އިއްޔެ ޕީޖީ އޮފީހުން މިމައްސަލައާ ގުޅޭ އިތުރު ލިޔުންތަކެއް ކޯޓަށް ހުށަހެޅި، އެހެންވެ އެލިޔުންތައް ދައުވާ ރައްދުވާ ފަރާތަށް ވެސް ލިބެންޖެހޭ، އަދި ތައްޔާރު ވުމަށް ފުރުސަތުވެސް ދޭންޖެހޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 21 ސެޕްޓެމްބަރު 2020 | ހޯމަ 08:35
ރައީސް ޔާމީންގެ ވެރިކަމުގައި އެމްޓީސީސީގެ ކުރީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ކްރިކް ރިޒާ (ކ) އާއި ކުރީގެ އެންވަޔަރަމަންޓް މިނިސްޓަރ ތޯރިގް އިބްރާހީމް (ވ) އާއެކު

ރައީސް ޔާމީންގެ ވެރިކަމުގައި އެމްޓީސީސީގެ ކުރީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ކްރިކް ރިޒާ (ކ) އާއި ކުރީގެ އެންވަޔަރަމަންޓް މިނިސްޓަރ ތޯރިގް އިބްރާހީމް (ވ) އާއެކު

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ހިޔާނާތުގެ ފައިސާ އިން މަނީލޯންޑަރ ކުރުމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއެކު އުޅުއްވި ކަމަށް ތުހުމަތު ކުރެވޭ، ކ. މާލެ، މއ. ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޒާގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުހުމެއް ހޯމަ ދުވަހު (މިއަދު) ކްރިމިނަލް ކޯޓުގައި ތާވަލް ކުރުމަށްފަހު ކެންސަލް ކޮށްފިއެވެ.

ކްރިކް ރިޒާގެ މައްޗަށް އުފުލާފައިވާ ދެ ދައުވާގެ ފުރަތަމަ އަޑުއެހުން ކްރިމިނަލް ކޯޓުގައި ހޯމަ ދުވަހު ތާވަލް ކުރުމަށްފަހު ކެންސަލް ކޮށްފައިވަނީ، ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ގެ އޮފީހުން އެ މައްސަލައާ ގުޅޭ އިތުރު ލިޔެކިޔުންތަކެއް ހުށަހެޅުމާ ގުޅިގެންނެވެ.

Advertisement - newsAdvertisement

ކްރިމިނަލް ކޯޓުގެ އޮފިޝަލަކު "ރާއްޖެއެމްވީ" އަށް ވިދާޅުވީ، މި މައްސަލައާ ގުޅޭ އިތުރު ލިޔެކިޔުންތަކެއް އާދިއްތަ ދުވަހު ޕީޖީގެ އޮފީހުން ކޯޓަށް ހުށަހަޅާފައިވާތީ، އެ ލިޔެކިޔުންތައް، ދައުވާ ލިބޭ ކްރިކް ރިޒާއަށް ވެސް ފޯރުކޮށްދެވި، އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތަކަށް ތައްޔާރުވުމުގެ ފުރުސަތު ދިނުމުގެ ގޮތުން، އަދުލްއިންސާފަށް ވާސިލުވުމަށް ލިބެންޖެހޭ ހައްގުތައް ކަށަވަރުކުރުުގެ ގޮތުން ހޯމަ ދުވަހު ތާވަލް ކުރި އަޑުއެހުން ކެންސަލް ކުރީ ކަމަށެވެ.

މި މައްސަލައިގެ އަޑުއެހުމެއް މި މަހުގެ 6 ވަނަ ދުވަހު ތާވަލް ކުރުމަށްފަހު ވެސް ކެންސަލް ކޮށްފައި ވެއެވެ. ނަމަވެސް އެދުވަހު އެއަޑުއެހުން ކެންސަލް ކުރީ އިދާރީ ސަބަބަކާ ހުރެ ކަމަށް ކްރިމިނަލް ކޯޓުން ބުނެފައި ވެއެވެ.

މި މައްސަލައާ ގުޅިގެން، ރައީސް ޔާމީނާއި މި މައްސަލާގައި ތުހުމަތު ކުރެވޭ ފަރާތްތަކުގެ އަތުން، 591،118،915.20ރ (ފަަސް ސަތޭކަ ނުވަދިހައެއް މިލިއަން އެއް ލައްކަ އަށާރަ ހާސް ނުވަސަތޭކަ ފަނަރަ ރުފިޔާ ވިހި ލާރި) ހޯދުމަށް ދައުލަތުން މަސައްކަތްކުރާނެ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފައި ވެއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ގެ އޮފީހުން 28 ޖޫން 2020 ވަނަ ދުވަހު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ޓޫރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއާރުސީ މެދުވެރިކޮށް، ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ރ. ފުއްގިރި ކުށްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން، ރައީސް ޔާމީން، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން، ކ. މާލެ، މއ. ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޒާ، މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި، 1،117،000 (އެއްމިލިއަން އެއްލައްކަ ސަތާރަހާސް) ޑޮލަރު ހޯދައި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑާއި، ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށްގެން އެ ފައިސާ މަނީ ލޯންޑަރ ކުރުމަށްޓަކައި ފަށަލަކޮށްފައިވާ މައްސަލާގައި ދައުވާކޮށް، ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެެ.

މި މައްސަލާގައި ކްރިކް ރިޒާގެ މައްޗަށް އުފުލާފައިވާ ދެ ދައުވާއަކީ، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ 7 ވަނަ މާއްދާގެ (ހ)އާ ހަވާލާދީ، އެމާއްދާގެ (ށ)ގެ ދަށުން ރިޝްވަތު ދިނުމުގައި މެދުވެރިއަކަށްވުމުގެ ކުށުގެ ދައުވާއާއި, މަނީ ލޯންޑަރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ 53 ވަނަ މާއްދާގެ (ހ)އާއި އެ ގާނޫނުގެ 5 ވަނަ މާއްދާގެ (ހ)ގެ (3) ވަނަ ނަމްބަރާ ހަވާލާދީ، އެގާނޫނުގެ 53 ވަނަ މާއްދާގެ (ށ)ގެ ދަށުން މަނީ ލޯންޑަރިންގގެ ކުށުގެ ދައުވާއެވެ.

ކްރިކް ރިޒާގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ދިނުމުގައި މެދުވެރިޔަކަށްވުމުގެ ކުށުގެ ދައުވާގެ ސާބިތުވާނަމަ، އަދަބެއްގެ ގޮތުގައި ކަނޑައެޅިފައިވަނީ، ގިނަ ވެގެން 5 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުން، ނުވަތަ އަރުލާލުން ނުވަތަ ގޭބަންދު ކުރުމެވެ. އަދި އޭނާގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގގެ ދައުވާ ސާބިތު ވެއްޖެނަމަ، 100،000ރ. (އެއްލައްކަ ރުފިޔާ) އާއި 1،000،000ރ (އެއްމިލިއަން ރުފިޔާ) އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމާއެކު، 5 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން، ނުވަތަ ކުށުގެ އަމަލު ހިންގުމުގައި ބޭނުން ކުރި ފައިސާގެ އަދަދު (ލޯންޑަރކުރި ފައިސާގެ އަދަދު)ގެ 5 ގުނައަށްވުރެ އިތުރުނުވާ އަދަދަކުން ޖޫރިމަނާ ކުރުމާއެކު 5 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

ކްރިކް ރިޒާއަކީ ރައީސް ޔާމީންގެ ވެރިކަމުގައި އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު ކަމުގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ.

ރ. ފުއްގިރި ކުށްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން، ރައީސް ޔާމީންގެ މައްޗަށް ދައުވާ ކޮށްފައިވާ މައްސަލަތަކުގެ ފުރަތަމަ އަޑުއެހުން، 16 އޮގަސްޓް 2020 ވަނަ ދުވަހު ވަނީ ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފަ އެވެ. ނަމަވެސް، އެދުވަހުގެ އަޑުއެހުމުގައި ރައީސް ޔާމީން ވަނީ އެމަނިކުފާނަށް ގާނޫނީ ވަކީލުންނާ ސީދާ ބައްދަލުކޮށް، މަޝްވަރާ ކޮށްލުމުގެ ފުރުސަތު ލިބިފައި ނުވާތީ، އެ ފުރުސަތު ދެއްވުމަށް އެދިވަޑައިގަންނަވާފައެވެ. އަދި ޝަރީއަތުން ވަނީ އެ ފުރުސަތު ރައީސް ޔާމީނަށް ދެއްވުމަށްފަހު، އަޑުއެހުންތައް ކުރިއަށް ގެންދިއުމަށް ނިންމާފައެވެ. އޭގެ ފަހުން އަދި ރައީސް ޔާމީންގެ މިމައްސަލަތަކުގެ އަޑު އެހުމެއް ބާއްވާފައެއް ނުވެއެވެ.

ރ. ފުއްގިރި ކުށްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅޭ މިމައްސަލާގައި ދައުލަތުން، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑާއި، ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށްގެން އެ ފައިސާ މަނީ ލޯންޑަރ ކުރުމަށްޓަކައި ފަށަލަކޮށްފައިވާ މައްސަލާގައި ދައުވާކޮށްފައި ވީނަމަވެސް މިމައްސަލަތަކުގެ އަޑުއެހުމެއް އަދި ބާއްވާފައެއް ނުވެއެވެ.

ދައުލަތުން ހޯދުމަށް މަސައްކަތް ކުރާނެ ފައިސާގެ އަދަދުތައް

ކުށުގައި ހިމެނޭ ފައިސާ އަދަދާ އެއްވަރުގެ ދިވެހި ރުފިޔާ: 20،815،226.70ރ (ވިހި މިލިއަން އަށްލައްކަ ފަނަރަ ހާސް ދުއިސައްތަ ސައްބީސް ރުފިޔާ ހަތް ދިހަ ލާރި)

ކުށުގެ އަމަލުން ހޯދި ފައިސާއާ އެއްކޮށްފައިވާ ފައިސާގެ އަދަދާ އެއްވަރު ދިވެހި ރުފިޔާ: 35،392،755.00ރ (ތިރީސް ފަސް މިލިއަން ތިން ލައްކަ ނުވަދިހަ ދެ ހާސް ހަތްސަތޭކަ ފަންސާސް ފަސް ރުފިޔާ)

ޖޫރިމަނާގެ ގޮތުގައި ނަގައިދޭން އެދޭ ފައިސާގެ އަދަދާ އެއްވަރު ދިވެހި ރުފިޔާ: 534،910،933.50ރ (ފައްސަތޭކަ ތިރީސް ހަތަރު މިލިއަން ނުވަ ލައްކަ ދިހަ ހާސް ނުވަސަތޭކަ ތިރީސް ތިން ރުފިޔާ ފަންސާސް ލާރި) އެވެ.

ރައީސް ޔާމީން މި ވަގުތު ވެސް ގެންދަވަނީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ހިމެނޭ ގއ. ވޮޑުމުލާގައި ރިސޯޓެއް ހެދުމަށް ކުއްޔަށް ދިން މައްސަލައެއްގައި، އަމިއްލަފުޅު އެކައުންޓަށް 1،000،000 (އެއް މިލިއަން ޑޮލަރު) ޑޮލަރު ޖަމާކޮށް، މަނީ ލޯންޑަރިންގގެ ކުށުގެ ދައުވާއެއް ސާބިތުވެ، 5 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އަދި އެހުކުމުގައި ރައީސް ޔާމީންގެ މައްޗަށް، ޖޫރިމަނާ ކުރި 5 މިލިއަން ޑޮލަރު 6 މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކަން ހުކުމް ކޮށްފައި ވެއެވެ. ނަމަވެސް އަދި މިހާތަނަށް އެ ފައިސާ މީރާއަށް ދައްކާފައެއް ނުވެއެވެ. އެހުކުމް ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވަނީ މިދިއަ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށްދިން މުއްދަތު އިތުރުކޮށްފި

އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށްދިން މުއްދަތު އިތުރުކޮށްފި

01 ފެބުރުއަރީ 2017
ބްލީޗް ބުއި ކުއްޖާ އިތުރު ޓެސްޓް ހެދުމަށް މާލެ ގެންނަނީ

ބްލީޗް ބުއި ކުއްޖާ އިތުރު ޓެސްޓް ހެދުމަށް މާލެ ގެންނަނީ

31 ޖެނުއަރީ 2017
ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި

ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި

30 ޖެނުއަރީ 2017
މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

28 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު