Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ޔާމީންގެ އެކައުންޓްތައް ފްރީޒް ކުރުން

ރައީސް ޔާމީންގެ އެކައުންޓްތައް ފްރީޒްކުރި މައްސަލާގައި ފަނޑިޔާރުންގެ ގިނަ ސުވާލުތަކެއް ދައުލަތަށް!

21 ސެޕްޓެމްބަރު 2020 | ހޯމަ 08:19

އެކައުންޓުތައް ފްރީޒްކޮށްފައި ވަނީ 13 ޑިސެމްބަރު 2018 ގައި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 21 ސެޕްޓެމްބަރު 2020 | ހޯމަ 08:19
ކުރީގެ ރައީސް ޔާމީންގެ ބޭންކް އެކައުންޓްތައް ފްރީޒްކުރި މައްސަލާގައި ސުޕްރީމް ކޯޓުން މިއަދު ބޭއްވި އަޑުއެހުމުގެ ތެރެއިން މަންޒަރެއް

ކުރީގެ ރައީސް ޔާމީންގެ ބޭންކް އެކައުންޓްތައް ފްރީޒްކުރި މައްސަލާގައި ސުޕްރީމް ކޯޓުން މިއަދު ބޭއްވި އަޑުއެހުމުގެ ތެރެއިން މަންޒަރެއް

މަނީ ލޯންޑަރިންގ ކުށް ސާބިތުވެ، ޖަލު ހުކުމެެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ބޭންކް އެކައުންޓުތައް ފްރީޒް ކޮށްފައިވާތީ، ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފައިވާ މައްސަލައިގައި، ދައުލަތުގެ ފަރާތުންނާއި ރައީސް ޔާމީންގެ ފަރާތުން ހުލާސާ ބަޔާން އިއްވައި އަޑުއެހުންތައް ނިންމާލައިފިއެވެ.

އެހެންކަމުން، މި މައްސަލާގައި ފަނޑިޔާރުން އިތުރުކަމެއް ސާފުކުރަން ނެތްނަމަ، ދެން އޮންނާނީ، ހުކުމް ކުރުމަށް ބޭއްވޭ ޝަރީތުގެ މަޖިލީހެވެ. ނަމަވެސް ހުކުމް ކުރުމަށް ބޭއްވޭ ޝަރީއަތުގެ މަޖިލިސް ބޭއްވޭނެ ވަކި ތާރީހެއް އިއުލާން ކުރައްވާފައެއް ނުވެއެވެ.

Advertisement - newsAdvertisement

ހޯމަ ދުވަހު ސުޕްރީމް ކޯޓުގައި ބޭއްވި ޝަރީއަތުގެ އަޑުއެހުގައި ވެސް ދައުލަތުގެ ގާނޫނީ ވަކީލުންނަށް ފަނޑިޔާރުންގެ ބެންޗުން ގިނަ ސުވާލުތަކެއް އަމާޒު ކުރައްވާފައި ވެއެވެ.

އެގޮތުން، ދައުލަތުން ދައްކާ ވާހަކަތަކުގައި ދެކޮޅު ޖައްސަން ތަންކޮޅެއް އުނދަގޫ ވާކަމަށް މިމައްސަލަ ބައްލަވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އިސްފަނޑިޔާރު ހުސްނުއް ސުއޫދު ވިދާޅުވެފައި ވެއެވެ. ފަނޑިޔާރު ސުއޫދު ވިދާޅުވީ، ރައީސް ޔާމީންގެ 8 އެކައުންޓުގައި ހުރީ ޝައްކު ކުރެވޭ އަދި ތުހުމަތު ކުރެވޭ ފައިސާއޭ، ދައުލަތުގެ ވަކީލު ވިދާޅުވާއިރު، އެ 8 އެކައުންޓް ފްރީޒް ކުރުމުގެ އަމުރު ހައިކޯޓުން ބާތިލްކުރުމުން، އަނެއްކާ އޭގެފަހުން، އަމުރަކަށް އެދިވަޑައިގެންނެވީ، ފްރީޒް ކުރެއްވީ އޭގެ ތެރެއިން އެއް އެކައުންޓް ކަމަށާއި ދެން ހުރި އެކައުންޓްތަށް ފްރީޒްކުރުމަށް ފަހުން އެދިވަޑައި ނުގަންނަވާ ކަމަށް ވަކީލު ވިދާޅުވާ ކަމަށެވެ. ނަމަވެސް، އެ 8 އެކައުންޓްގައި ހުރި ފައިސާއަކީ ތުހުމަތުގެ ފައިސާ ކަމަށް މި ޝަރީއަތުގެ މަޖިލީހުގައި ދައުލަތުގެ ވަކީލު ވިދާޅުވި ކަމަށެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ، މޮނިޓަރިންގެ އަމުރެއްނެތި އެކައުންޓް ފްރީޒް ނުކުރެވޭނެ ކަމަށް ހައިކޯޓުން ނިންމާފައިވާތީ، ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ އިސްލާމިކް ބޭންކް އެކައުންޓް ފްރީޒްކުރުމުގެ އަމުރެއް ނެރުނީ، އެ އެކައުންޓްގައި ހުރި ފައިސާގެ މައްސަލައެއް މައުލޫއީ ގޮތެއްގައި ކުރިއަށް ގެންގޮސް އެ ކޯޓުން ސާބިތުވާކަމަށް ނިންމާފައިވާ މައްސަލައަކަށްވާތީ އެކަމުގެ މައްޗަށް ރިއާޔަތްކޮށް ކަމަށެވެ. އަދި ރައީސް ޔާމީންގެ އެކައުންޓްތައް ފްރީޒް ކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައިކޯޓުން ބާތިލް ކުރުމުން، ހައިކޯޓުގެ އެނިންމުން ރަނގަޅުކަމަށް ދައުލަތަށް ނުފެންނާތީ، ރައީސް ޔާމީން، ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި މުއްދަތުގައި، އެމަނިކުފާނުގެ 8 އެކައުންޓަކަށް މުސާރާ ނުބައްދަލު ގިނަ އަދަދެއްގެ ފައިސާ ވަދެފައިވާތީ، އަދި މިހާރުވެސް ބައެއް މައްސަލަތުގެ ތަހުގީގު ކުރިއަށްދާތީ، ރައީސް ޔާމީންގެ އެކައުންޓްތައް ފްރީޒް ކުރުމަށް ދައުލަތުން ބޭނުންވާތީ، ހައިކޯޓުގެ ނިންމުން ބަދަލުކޮށް ދިނުމަށް ސުޕްރީމް ކޯޓުގައި އިލްތިމާސް ކުރެއްވީ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.

ދައުލަތުގެ ވަކީލު އިތުރަށް ވިދާޅުވީ، ރައީސް ޔާމީންގެ އެކައުންޓްތަކަށް ވަދެފައިވާ ފައިސާއަކީ، ކުށްކޮށްގެން ހޯދާފައިވާ ފައިސާކަމަށް ތުހުމަތު ކުރެވޭތީ، އަދި އެމްއެމްޕީއާރުސީން ދައުލަތަށް ވަންނަންޖެހޭ ގިނަ އަދަދެއްގެ ފައިސާ އަމިއްލަ ކުންފުންޏެއް ކަމަށްވާ އެސްއޯއެފް އެކައުންޓަށް ޖަމާކޮށް، މަނީ ލޯންޑަރ ކުރުމުގެ ތުހުމަތު ތަކެއް ކުރެވޭއިރު، އަދި ރައީސް ޔާމީންގެ އެކައުންޓަށް ވެސް ދައުލަތުގެ ފައިސާ ވަދެފައިވާ ކަމުގެ ތުހުމަތުތަކެއް ކުރެވިފައިވާއިރު، ރައީސް ޔާމީންގެ އެކައުންޓްތައް ފްރީޒް ނުކޮށްފިނަމަ، އެފައިސާ ދައުލަތަށް އަނބުރާ ހޯދުމަށް ދަތިތަކެއް ކުރިމަތިވެ، ގެއްލުމަކީ ގަބޫލު ކުރެވޭ ކަމެއް ކަމަށެވެ.

ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މައްސަލައިގެ ތެރެއިން ސުޕްރީމް ކޯޓުން ވަނީ މި މައްސަލައަށް ވަކިގޮތެއް ޝަރީއަތުން ކަނޑައެޅެންދެން ރައީސް ޔާމީންގެ ބޭންކް އެކައުންޓްތައް ފްރީޒް ކުރުމަށް ވަގުތީ އަމުރެއް ނެރެފައެވެ.

ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ރައީސް ޔާމީންގެ އެކައުންޓުތައް ފްރީޒް ކޮށްފައިވަނީ 2018 ވަނަ އަހަރުގެ ޑިސެމްބަރު 13ގަ އެވެ. ކްރިމިނަލް ކޯޓުގެ އަމުރު ހައިކޯޓުން ބާތިލް ކޮށްފައިވަނީ 31 މާރޗު 2019 ގައެވެ.

އެއާއެކު، އެ އަހަރުގެ މެއި މަހުގެ 13 ވަނަ ދުވަހު މި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަމުން ދައުލަތުން ބުނެފައި ވަނީ، ހައިކޯޓުން ކުރި ހުކުމް ބާތިލް ކުރުމަށް އެދިލައްވާ ކަމަށާއި ރައީސް ޔާމީންގެ އެކައުންޓުގައި ހުރި ފައިސާ ދޫވެއްޖެނަމަ ދައުލަތުން ލިބޭ ފައިސާ ގެއްލިދާނެ ކަމަށް ބެލެވޭ ކަމަށެވެ. އެގޮތުން ފައިސަލާ ކުރެވޭ ހުކުމެއް ނެރެވެންދެން އެމަނިކުފާނުގެ ނަންފުޅުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަދި މޮރިޝަސް ކޮމާރޝަލް ބޭންކް (އެމްސީބީ) ގައި ހުޅުވާފައިވާ 8 އެކައުންޓުން މުއާމަލާތް ކުރެވޭ ގޮތް ހުއްޓުވުމަށް އެދިލައްވާ ކަމަށް ދައުލަތުން ފާހަގަ ކޮށްފައިވެއެވެ.

މި މައްސަލައިގައި ރައީސް ޔާމީންގެ ދިފާއީ ވަކީލުން ވިދާޅުވެފައިވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ) ގެ ބެލުމުގެ ދަށުގައި ހުރި ފައިސާއަކީ ގެއްލިގެން ދާނެ ފައިސާއެއް ކަމަށް ނުބެލެވޭ ކަމަށާއި އެހެން ކަމުން ހައިކޯޓުގެ އަމުރަށް ތާއީދު ކޮށްދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ރައީސް ޔާމީންގެ އެކައުންޓުތައް ފްރީޒް ކުރަން ކޯޓުން އަމުރު ކުރީ ރައީސުލްޖުމްހޫރިއްޔާ ކަމުގައި ހުންނަވައިގެން ގާނޫނާ ހިލާފަށް މާލީ މުއާމަލާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައެވެ. އެގޮތުން ޔާމީންގެ އެކައުންޓުތައް ފްރީޒް ކޮށްފައިވާކަން ފުލުހުން ހާމަކޮށްފައި ވަނީ 2018 ވަނަ އަހަރުގެ ޑިސެމްބަރު 14 ވަނަ ދުވަހުއެވެ. އޭރު އެމަނިކުފާނުގެ އެކައުންޓްތަކުގައި 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހުރި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

4

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

5

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް