Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެތިލަފުށީ ކުނީގެ މައްސަލަ

ތިލަފުށި ކުނިގޮނޑު ރިހެބިލިޓޭޓް ކުރުމުގެ މަސައްކަތުގެ 10 އިންސައްތަ ނިމެއްޖެ

މި މަޝްރޫޢުގެ ތެރެއިން ފެން ހިންދާ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތުގެ 30 ޕަސެންޓް ވަނީ ނިމިފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 20 ސެޕްޓެމްބަރު 2020 | އާދީއްތަ 06:43
ތިލަފުށީގެ ކުނިގޮނޑު ރިހެބިލިޓޭޓް ކުރުމުގެ މަސައްކަތް އެމްޓީސީސީން ކުރިއަށް ގެންދަނީ

ތިލަފުށީގެ ކުނިގޮނޑު ރިހެބިލިޓޭޓް ކުރުމުގެ މަސައްކަތް އެމްޓީސީސީން ކުރިއަށް ގެންދަނީ

ކ. ތިލަފުށި ކުނިގޮނޑު ރިހެބިލިޓޭޓް ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 10 ޕަސެންޓް ނިމިއްޖެއެވެ.

ތިލަފުށީ ކުނީގެ މައްސަލަ ހައްލުކުރުމަށްޓަކައި ކުރަމުންދާ މަސައްކަތުގެ ތެރެއިން ތިލަފުށި ކުނިގޮނޑި ރިހެބިލިޓޭޓް ކުރުމުގެ މަޝްރޫއު ކުރިއަށް ގެންދަނި އެމްޓީސީސީންނެވެ. އެމްޓީސީސީއާ މި މަސައްކަތް އެންވަޔަރަމަންޓް މިނިސްޓްރީން ހަވާލުކޮށްފައިވަނީ ނޮވެމްބަރ 21، 2019 ގައެވެ.

އެމްޓީސީސީން މި މަޝްރޫއުގެ މަސައްކަތްތައް ފަށާފައިވާ އިރު މި މަޝްރޫޢުގެ ތެރެއިން ފެން ހިންދާ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތުގެ 30 ޕަސެންޓް ނިމިފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި ދުއްވާ ސަރަޙައްދެއް ޤާއިމުކުރުމުގެ މަސައްކަތުގެ 15 ޕަސެންޓް ވަނީ ނިމިފައެވެ.

މި މަޝްރޫޢުއަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ ހިލޭ އެހީއާއި އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކް (އޭއައިއައިބީ) އަދި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިޑީބީ) ގެ އިތުރުން ބައެއް އެހެން ފަންޑިން އެޖެންސީތަކުގެ އެހީ އާއި ދިވެހި ސަރުކާރުގެ ބައިވެރިވުމާއެކު ކުރިއަށް ގެންދާ މަޝްރޫޢެކެވެ.

މި މަސައްކަތުގެ ޖުމްލަ އަގަކީ 8،800،544.68 ޑޮލަރެވެ. މި ކޮންޓްރެކްޓް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މަސައްކަތް ހަވާލުކުރާ ދުވަހުން ފެށިގެން 480 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

މި މަޝްރޫޢުގެ މައިގަނޑު އެއް ނަތީޖާއަކަށްވާނީ ތިލަފުށީގައި ޒަމާނީ ފެންވަރެއްގެ ސަރަޙައްދީ ކުނި މެނޭޖުކުރާނެ މަރުކަޒެއް ޤާއިމުވުމެވެ. ތިލަފުށީގައި ސަރަޙައްދީ ކުނި މެނޭޖުކުރާނެ މަރުކަޒެއް ޤާއިމުކުރެވޭއިރު، އެންމެ މުހިއްމު މަސައްކަތެއްގެ ގޮތުން ކުރިއަށްދާނީ ހަރބަރ ރީހެބިލިޓޭޝަންގެ މަސައްކަތެވެ.

ހަރބަރ ރީހެބިލިޓޭޝަން މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ ވޭސްޓް ޕްރޮސެސިން އޭރިއާއެއް ހެދުމާއި އެޑްމިނިސްޓްރޭޝަން ބިލްޑިންގ އެޅުމާއި ވަރކްޝޮޕް އަދި ކޮންސްޓްރަކްޝަނާއި ޑިމޮލިޝަން ވޭސްޓް ޕްލާންޓެއް ޤާއިމުކުރުމުގެ އިތުރުން ރިސައިކްލިންގ ޔާރޑެއް ހެދުމާއި އެންޑް އޮފް ލައިފް ޑިސްމެންޓްލިންގ ވަރކްޝޮޕެއް ތިލަފުށީގައި ހެދުމެވެ.

ތިލަފުށީގެ ކުނީގެ މައްސަލައަކީ އެތަކެއް ޒަމާންތަކެއް ވަންދެން ހައްލު ނުވެފައިވާ މައްސަލައެކެވެ. ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އިން ބުނީ ތިލަފުށިގައި ހިންގަމުންދާ ''ތިލަފުށި ޑިސްޕޯސަލް ސައިޓް'' ޞަރަޙައްދަކީ ރާއްޖޭގައި އުފެދޭ ކުނީގެ ބޮޑު އިންސައްތައެއް ޖަމާކުރަމުންދާ ސަރަހައްދެއް ކަމަށާއި، އެ ސަރަހައްދުގައި ޖަމާވެފައިވާ ކުނި ރައްކާތެރި ގޮތުގައި މެނޭޖްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. ނަމަވެސް ގިނަ އަހަރުތަކެއް ވަންދެން ޖަމާކުރެވިފައިވާ ކުނީގެ ސަބަބުން ތިލަފުށި ޑިސްޕޯސަލް ސައިޓް ފުރި ޖާގައިގެ ދަތިކަން ކުރިމަތިވެފައިވާ ކަމަށެވެ.

ދިވެހިރާއްޖެއަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމަށް މާލެ އަތޮޅު (ކ)، އަރިއަތޮޅު އުތުރުބުރި (އއ)، އަރިއަތޮޅު ދެކުނުބުރި (އދ) އަދި ފެލިދެއަތޮޅު (ވ) ހިމެނޭ ޒޯން 3 ގެ ސަރަޙައްދުގައި ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރުމުގެ ނިޒާމެއް ޤާއިމުކުރުމުގެ މަޤުސަދުގައި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އަދި އެހެނިހެން ބައިނަލްއަޤުވާމީ އެހީދޭ ޖަމްޢިއްޔާތަކާއެކު ގްރޭޓަރ މާލެ އެންވަޔަރަންމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމެންޓް ޕްރޮޖެކްޓުގެ ނަމުގައި މަޝްރޫޢެއް މިހާރު ކުރިއަށްދެއެވެ.

އިތުރަށް ކިޔާލަން

16 ފެބުރުއަރީ 2017

ގާޒީ މަރިޔަމް ވަހީދުގެ ކިބައިން ޝަރީއަތްކުރުމުގެ ހައިސިއްޔަތު ނަގައިފި!

16 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދުގެ ކިބައިން ޝަރީއަތްކުރުމުގެ ހައިސިއްޔަތު ނަގައިފި!
16 ފެބުރުއަރީ 2017

އައްޑޫ ސިޓީގެ ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ބަޔަކާ ހަވާލު ކޮށްފި

16 ފެބުރުއަރީ 2017
އައްޑޫ ސިޓީގެ ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ބަޔަކާ ހަވާލު ކޮށްފި
16 ފެބުރުއަރީ 2017

ހުރިހާ ފުލުހުންނަށް އަމާޒުކޮށްގެން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް ފަށައިފި

16 ފެބުރުއަރީ 2017
ހުރިހާ ފުލުހުންނަށް އަމާޒުކޮށްގެން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް ފަށައިފި
15 ފެބުރުއަރީ 2017

ސަރުކާރުގެ އެއްފަސްކުރުމުގެ ސިޔާސަތުގައި ހުރި ސިއްރުތައް ހޯދަން ޖެހޭ: ޓްރާންޕޭރެންސީ

15 ފެބުރުއަރީ 2017
ސަރުކާރުގެ އެއްފަސްކުރުމުގެ ސިޔާސަތުގައި ހުރި ސިއްރުތައް ހޯދަން ޖެހޭ: ޓްރާންޕޭރެންސީ
15 ފެބުރުއަރީ 2017

ނަޖިސް ބޭރުވަނީ ކޮންސްޓްރަކްޝަން މަސައްކަތުގައި ޑީވޯޓަރިން މަސައްކަތް ކުރާތީ، އެމްޑަބްލިއުއެސްސީން ވަނީ އެކަން ހައްލު ކުރުމުގެ މަސައްކަތް ފަށާފަ

15 ފެބުރުއަރީ 2017
ނަޖިސް ބޭރުވަނީ ކޮންސްޓްރަކްޝަން މަސައްކަތުގައި ޑީވޯޓަރިން މަސައްކަތް ކުރާތީ، އެމްޑަބްލިއުއެސްސީން ވަނީ އެކަން ހައްލު ކުރުމުގެ މަސައްކަތް ފަށާފަ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު