Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޒެކޯ ޔުވެންޓަސްއަށް ބަދަލުވުން

ސުއަރޭޒްގެ ބަދަލުގައި ޔުވެންޓަސްއިން ޒެކޯ ގެންނަނީ

17 ސެޕްޓެމްބަރު 2020 | ބުރާސްފަތި 17:29

ޒެކޯއާއެކު ޔުވެންޓަސްއިން އެއްބަސްވުމަކަށް ވަނީ އައިސްފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 17 ސެޕްޓެމްބަރު 2020 | ބުރާސްފަތި 17:29
ރޯމާއަށް ކުޅެމުން އަންނަ ބޮސްނިއާގެ ފޯވާޑް އެޑިން ޒެކޯ

ރޯމާއަށް ކުޅެމުން އަންނަ ބޮސްނިއާގެ ފޯވާޑް އެޑިން ޒެކޯ

ބާސެލޯނާއަށް ކުޅެމުން އަންނަ އުރުގުއޭގެ ފޯވާޑް ލުއިސް ސުއަރޭޒްގެ ބަދަލުގައި ޔުވެންޓަސްއިން ރޯމާގެ ކެޕްޓަން އެޑިން ޒެކޯ ގެނައުމާ ގާތަށް ގޮސްފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މީގެ ކުރިން މީޑިއާތަކުން ވަނީ އުމުރުން 33 އަހަރުގެ ސުއަރޭޒް ޔުވެންޓަސްއާއެކު ތިން އަހަރުގެ އެއްބަސްވުމެއް ހަދަން ނިންމި ކަމަށް ރިޕޯޓުކޮށްފައެވެ. އެކަމަކު ސުއަރޭޒަށް އިޓަލީގެ ރަށްވެހިކަން ނުލިބުމާ ގުޅިގެން އެ ޑީލް ހުއްޓުމުކަށް އައިސްފައިވާ ކަމަށް ދާދި ފަހުން ވަނީ ރިޕޯޓުކޮށްފައެވެ.

އެހެންކަމުން ޔުވެންޓަސްއިން ރޯމާއަށް ކުޅެމުން އަންނަ ބޮސްނިއާގެ ފޯވާޑް ޒެކޯ ގެނައުމުގެ މަސައްކަތް ފެށިއިރު، މިހާރު ޒެކޯއާއެކު ޔުވެންޓަސްއިން އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް ދާދި ފަހުން އިޓަލީގެ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ. އަދި ވަރަށް އަވަހަށް ޒެކޯ ޔުވެންޓަސްގެ މެޑިކަލް ޓެސްޓް ހަދާނެ ކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ޔުވެންޓަސްގެ އެއްބަސްވުމުގައި ޒެކޯ ސޮއިކުރާނެ ކަމަށްވެސް ވަނީ ރިޕޯޓުކޮށްފައެވެ.

މެންޗެސްޓާ ސިޓީން ވިދާލި އުމުރުން 34 އަހަރުގެ ޒެކޯ ރޯމާއާ ގުޅުނީ 2015 ވަނަ އަހަރުއެވެ. ރޯމާގައި މިހާތަނަށް ހޭދަކުރި ފަސް ސީޒަނުގައި ޒެކޯ ވަނީ ރޯމާއަށް ކުޅެދިން 222 މެޗުގައި 106 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި ބޮސްނިއާ ގައުމީ ފުޓްބޯޅަ ޓީމަށް މިހާތަނަށް ކުޅެދިން 109 މެޗުގައި ޒެކޯ ވަނީ 59 ލަނޑު ކާމިޔާބުކޮށްފައެވެ.

ޔުވެންޓަސްއިން ޒެކޯ ހޯދުމުގެ މަސައްކަތް ކުރަމުން އަންނައިރު، އެޓީމުން މިހާތަނަށް މި ޓްރާންސްފާ ބާޒާރުގައި ގެނައި ހަމައެކަނި ކުޅުންތެރިއަކީ ޝާލްކާއަށް ކުޅެމުން އައި އެމެރިކާގެ ޒުވާން މިޑްފީލްޑަރު ވެސްޓަން މެކެނީއެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

3

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

4

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

5

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

އިތުރަށް ކިޔާލަން

16 ނޮވެމްބަރު 2017

އިޓަލީގެ ކޯޗުގެ މަގާމަށް ވަރުގަދަ ކޯޗެއް ގެންނަނީ!

16 ނޮވެމްބަރު 2017
އިޓަލީގެ ކޯޗުގެ މަގާމަށް ވަރުގަދަ ކޯޗެއް ގެންނަނީ!
18 ސެޕްޓެމްބަރު 2017

ޝަރަފްގެ ބަދަލުގައި ވީއޭއެމްގެ ޖެނެރަލް ސެކެޓްރީއަކަށް ބޭބެ ހަމަޖައްސައިފި

18 ސެޕްޓެމްބަރު 2017
ޝަރަފްގެ ބަދަލުގައި ވީއޭއެމްގެ ޖެނެރަލް ސެކެޓްރީއަކަށް ބޭބެ ހަމަޖައްސައިފި
24 އޯގަސްޓު 2017

ޗެލްސީން އިތުރު ތިން ކުޅުންތެރިޔަކު ގެންނަނީ!

24 އޯގަސްޓު 2017
ޗެލްސީން އިތުރު ތިން ކުޅުންތެރިޔަކު ގެންނަނީ!
15 ޖުލައި 2017

ދިވެހި ޕްރިމިއާ ލީގު ހުޅުވާ މެޗަށް ވޯލްޑްކަޕް އަދި ޔޫރޯ ތަށި އުފުލާލި ލެޖެންޑެއް ގެންނަނީ!

15 ޖުލައި 2017
ދިވެހި ޕްރިމިއާ ލީގު ހުޅުވާ މެޗަށް ވޯލްޑްކަޕް އަދި ޔޫރޯ ތަށި އުފުލާލި ލެޖެންޑެއް ގެންނަނީ!
18 މެއި 2017

ބެލެރިންގެ ރިޕްލޭސްމަންޓަކަށް އާސެނަލްއަށް ޑެނީލޯ ގެންނަނީ!

18 މެއި 2017
ބެލެރިންގެ ރިޕްލޭސްމަންޓަކަށް އާސެނަލްއަށް ޑެނީލޯ ގެންނަނީ!
18 މެއި 2017

ލާޒިއޯ ބަލިކޮށް އިޓާލިއަން ކަޕްގެ ތަށި ޔުވެންޓަސްއިން އުފުލާލައިފި

18 މެއި 2017
ލާޒިއޯ ބަލިކޮށް އިޓާލިއަން ކަޕްގެ ތަށި ޔުވެންޓަސްއިން އުފުލާލައިފި
30 އެޕްރީލު 2017

ސްޕެނިޝް ލަލީގާ: މާސެލޯގެ ލަނޑުން ރެއާލް މޮޅުވިއިރު، ސުއަރޭޒްގެ ލަނޑުތަކުން ބާސާ ވެސް މޮޅުވެއްޖެ

30 އެޕްރީލު 2017
ސްޕެނިޝް ލަލީގާ: މާސެލޯގެ ލަނޑުން ރެއާލް މޮޅުވިއިރު، ސުއަރޭޒްގެ ލަނޑުތަކުން ބާސާ ވެސް މޮޅުވެއްޖެ
12 އެޕްރީލު 2017

ބަސާ ބަލިކޮށް ޔުވެންޓަސްއިން ސެމީ ފައިނަލާ ގަތަށް ޖެހިލައިފި

12 އެޕްރީލު 2017
ބަސާ ބަލިކޮށް ޔުވެންޓަސްއިން ސެމީ ފައިނަލާ ގަތަށް ޖެހިލައިފި
21 ފެބުރުއަރީ 2017

ކާނަލްގެ ބަދަލުގައި ވީއޭއެމްގެ އެކްސްކޯ އަށް އައްލަ!

21 ފެބުރުއަރީ 2017
ކާނަލްގެ ބަދަލުގައި ވީއޭއެމްގެ އެކްސްކޯ އަށް އައްލަ!
10 ޖެނުއަރީ 2017

ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ

10 ޖެނުއަރީ 2017
ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް