Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޓީޓީ އެސޯސިއޭޝަނުގެ އިންތިޚާބު

އައްޔަގެ ނުރުހުމާއި ފާޑުކިޔުން މީޑިއާއަށް

9 ސެޕްޓެމްބަރު 2020 | ބުދަ 09:02

އިދިކޮޅު ޚަބަރު ގެނައުމަކީ ވަކިކޮޅަށް ޖެހި ވަކި ބަޔަކު ޕްރޮމޯޓް ކުރުން ކަމަށް ތުހުމަތު ކުރެއްވި

ހުސައިން ފަރިޔާޒް
ހުސައިން ފަރިޔާޒް | 9 ސެޕްޓެމްބަރު 2020 | ބުދަ 09:02
ޓޭބަލް ޓެނިސް އެސޯސިއޭޝަނުގެ ރައީސް އަލީ ރަޝީދު (އައްޔަ)

ޓޭބަލް ޓެނިސް އެސޯސިއޭޝަނުގެ ރައީސް އަލީ ރަޝީދު (އައްޔަ)

ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސްގެ މަގާމަށް ބޮޑު ތަފާތަކުން ހޮވިވަޑައިގެން އަލީ ރަޝީދު (އައްޔަ) ގެ ނުރުހުމާއި ފާޑުކިޔުން މީޑިއާއަށް އަމާޒުކުރައްވައިފިއެވެ.

އަންގާރަ ދުވަހު ކުރިއަށްދިޔަ ވާދަވެރިކަން ބޮޑުވި އިންތިޚާބު ކާމިޔާބުކުރެއްވުމަށް ފަހު މީޑީއާއަށް ދެއްވި އިންޓަވިއުއެއްގައި އައްޔަ ވަނީ އޭނާއާ ދެކޮޅަށް ނުކުތް ތޯހާ ސަލީމްގެ ޓީމުގެ ޚަބަރުތަކާއި، ކޯޓުގައި ކުރިއަށްދިޔަ ޓީޓީ އެސޯސިއޭޝަނުގެ މައްސަލައިގެ ޚަބަރުތައް ގެނެސްދިން މީޑިއާތަކަކީ ވަކިކޮޅަށް ޖެހި ވަކި ބަޔަކު ޕްރޮމޯޓްކުރި މިޑީއާތަކެއް ކަމަށް ތުހުމަތުކޮށް ވަރަށް ބޮޑަށް ނުހުރުން ފާޅުކޮށްފައެވެ.

އިންތިޚާބަށްފަހު ގައުމީ ފުޓްބޯޅަ ދަނޑުގައި ހުރެ ދެއްވި އިންޓަވިއުގައި މީޑިއާތަކުން ވަރަށް ބޮޑަށް އެއްކޮޅަކަށް ޖެހި މަސައްކަތް ކުރި ކަމަށް އައްޔަ ކުރި ތުހުމަތާ ގުޅިގެން، އެއީ ކޮން މީޑިއާތަކެއްތޯ ތަކުރާރުކޮށް އެހުމުން މީޑިއާތަކުގެ ނަމެއް ހާމަކޮށްފައެއް ނުވެއެވެ.

އިންތިޚާބާ ގުޅޭގޮތުން ރާއްޖެ ޓީވީގެ ޕްރޮގްރާމަށް އަރަން އައްޔައާއެކު އޭނާގެ ޓީމަށް ދިން ފުރުސަތުގެ ބޭނުން ހިފާފައިނުވާއިރު، އިންޓަވިއުއަށް ފަހު އައްޔަ ވަނީ ވަރަށް ބޮޑަށް ރާއްޖެޓީވީއަށް އަދި ރާއްޖެ.އެމްވީގައި ޝާއިރުކުރި ޓީޓީގެ ޚާބަރުތަކަށް ނުހުރުން އަމާޒުކޮށް ވާހަކަ ދައްކާފައެވެ.

ޓީޓީ އެސޯސިއޭޝަނުގެ އިންތިޚާބު އަންގާރަ ދުވަހު ބޭއްވިއިރު، އިންތިޚާބުގެ މައްސަލަތަކެއް ފެންމަތިވެ ކޯޓުގައިވެސް ވަނީ ޓީޓީ އެސޯސިއޭޝަނުގެ މައްސަލައެއް ކުރިއަށް ގެންގޮސްފައެވެ. ޓީޓީ އެސޯސިއޭޝަނާ ދެކޮޅަށް ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ ކުރީގެ މަޝްހޫރު ޓީޓީ ކުޅުންތެރިޔާ އަލީ އާދަމް މަނިކް (ތާޅަފިލި އަލިބެ) އެވެ.

ޓީޓީ އެސޯސިއޭޝަނުގެ އިންތިޚާބު ފަސްކޮށްދިނުމަށް ވަގުތީ އަމުރަކަށް ތާޅަފިލި އަލިބެ އެދުނު ނަމަވެސް، ހޯމަ ދުވަހު ސިވިލް ކޯޓުން ނެރުނު ހުކުމުގައި ބުނެފައިވަނީ ވަގުތީ އަމުރެއް ޝަރީއަތުން ނެރެންޖެހޭނެ ތަނެއް ނެތް ކަމަށެވެ. އެއާއެކު އަންގާރަ ދުވަހު އިންތިޚާބު ވަނީ ބާއްވާފައެވެ.

އަންގާރަ ދުވަހުގެރޭ ދެއްވި އިންޓަވިއުގައި އައްޔަ އިތުރަށް ވިދާޅުވީ އިންތިޚާބުގެ ނަތީޖާއިން އެނގިގެން ދިޔައީ މައްސަލަ ޖެއްސި ފަރާތުގެ ތާއީދު ޓީޓީގެ އާއިލާގެ ތެރޭގައި އޮތް މިންވަރު ކަމަށާއި، މި އިންތިޚާބަކީ ޓީޓީއަށް ޖުމްލަކޮށް ހުރިހާ ކުޅިވަރު އެސޯސިއޭޝަނަށް ލިބިގެންދިޔަ ކާމިޔާބެއް ކަމަށެވެ.

އަދި އިންތިޚާބާ ކުރިމަތިލީ ފުރިހަމަ މެނިފެސްޓޯއަކާއެކު ކަމަށާއި، އެހެން ކަމުން ހިންގާ ކޮމިޓީގެ ބައްދަލުވުމަށްފަހު މެނިފެސްޓޯގައި އިސްކަންދޭންވީ ތަރުތީބެއް އެކުލަވާލައި، މުޅި ރާއްޖެއަށް ޓީޓީ ފުޅާކުރުމަށް ކުރިއަށް އޮތް ހަތަރު އަހަރު މަސައްކަތް ކުރާނެ ކަމަށްވެސް އައްޔަ ވިދާޅުވިއެވެ.

ޓީޓީ އެސޯސިއޭޝަނުގެ އިންތިޚާބު އައްޔަ ކާމިޔާބުކުރެއްވީ ޣިޔާސުއްދީން ސްކޫލްގެ ކުރީގެ ޕްރިންސިޕަލް ތޯހާ ސަލީމާ ވާދަކުރައްވާ 75 ވޯޓުގެ ތަފާތަކުންނެވެ. އައްޔައަށް އިންތިޚާބުގައި 155 ވޯޓު ލިބިވަޑައިގެންނެވިއިރު، ތޯހާ ލިބިވަޑައިގެންނެވީ 80 ވޯޓެވެ. ޓީޓީ އެސޯސިއޭޝަނުގެ އިންތިޚާބު އަންގަރަ ދުވަހު ބޭއްވިއިރު، އައު ހިންގާ ކޮމިޓީއަށް ހޮވުވަޑައިގަތީ ހުސް އައްޔަގެ ޓީމުގައި ހިމެނުނު ބޭފުޅުންނެވެ.

ޓީޓީ އެސޯސިއޭޝަނުގެ އިންތިޚާބުގައި 15 ކުލަބަކާއި، 272 މެންބަރުން ވަނީ ވޯޓުލާފައެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

01 އޯގަސްޓު 2022

މެޗު ނިމުމުގެ ކުރިން ދަނޑު ދޫކޮށް ދިޔުމުން ގިނަ ބައެއްގެ ފާޑުކިޔުން ރޮނާލްޑޯއަށް

01 އޯގަސްޓު 2022
މެޗު ނިމުމުގެ ކުރިން ދަނޑު ދޫކޮށް ދިޔުމުން ގިނަ ބައެއްގެ ފާޑުކިޔުން ރޮނާލްޑޯއަށް
21 މާރިޗު 2022

ފާޑުކިޔުން އަމާޒުވިޔަސް ސްޕޯޓްސް އެވޯޑްސްގެ ސަބަބުން ދުނިޔެއަށް ރާއްޖެ އިޝްތިހާރުވެއްޖެ

21 މާރިޗު 2022
ފާޑުކިޔުން އަމާޒުވިޔަސް ސްޕޯޓްސް އެވޯޑްސްގެ ސަބަބުން ދުނިޔެއަށް ރާއްޖެ އިޝްތިހާރުވެއްޖެ
18 އޯގަސްޓު 2021

ޓްރާންސްފާގެ ވާހަކަތަކާ ގުޅިގެން ރޮނާލްޑޯގެ ނުރުހުން މީޑިއާއަށް

18 އޯގަސްޓު 2021
ޓްރާންސްފާގެ ވާހަކަތަކާ ގުޅިގެން ރޮނާލްޑޯގެ ނުރުހުން މީޑިއާއަށް
26 ޖުލައި 2021

ލިވަޕޫލް ސަޕޯޓަރުންނަށް ވައިނަލްޑަމްގެ ބޮޑެތި ފާޑުކިޔުންތަކެއް

26 ޖުލައި 2021
ލިވަޕޫލް ސަޕޯޓަރުންނަށް ވައިނަލްޑަމްގެ ބޮޑެތި ފާޑުކިޔުންތަކެއް
22 އެޕްރީލު 2020

މުސާރަ ކުޑަކުރަން އެއްބަސްނުވުމުން ގިނަ ބައެއްގެ ފާޑުކިޔުން އޮޒިލްއަށް

22 އެޕްރީލު 2020
މުސާރަ ކުޑަކުރަން އެއްބަސްނުވުމުން ގިނަ ބައެއްގެ ފާޑުކިޔުން އޮޒިލްއަށް
02 އެޕްރީލު 2020

ކުޅުންތެރިން ނޫން ސްޓާފުން ނޯޕޭއަށް ފޮނުވާލުމުން ޕްރިމިއާ ލީގު ކްލަބުތަކަށް ފާޑުކިޔުން

02 އެޕްރީލު 2020
ކުޅުންތެރިން ނޫން ސްޓާފުން ނޯޕޭއަށް ފޮނުވާލުމުން ޕްރިމިއާ ލީގު ކްލަބުތަކަށް ފާޑުކިޔުން
18 ފެބުރުއަރީ 2020

ޔުނައިޓެޑުން ޗެލްސީ ބަލިކުރި މެޗުގައި ވީއޭއާރަށް ގިނަ ބަޔެއްގެ ފާޑުކިޔުން

18 ފެބުރުއަރީ 2020
ޔުނައިޓެޑުން ޗެލްސީ ބަލިކުރި މެޗުގައި ވީއޭއާރަށް ގިނަ ބަޔެއްގެ ފާޑުކިޔުން
18 އޯގަސްޓު 2019

ގާޑިއޯލާ އަދި ސިޓީގެ ކުޅުންތެރިންގެ ފާޑުކިޔުން ވީއޭއާރަށް

18 އޯގަސްޓު 2019
ގާޑިއޯލާ އަދި ސިޓީގެ ކުޅުންތެރިންގެ ފާޑުކިޔުން ވީއޭއާރަށް
04 އޯގަސްޓު 2019

އެންމެ މޮޅު ކުޅުންތެރިޔާއަށް ވާދަކުރާ ކުޅުންތެރިންގެ ލިސްޓާއެކު ގާޑިއޯލާގެ ފާޑުކިޔުން ފީފާއަށް

04 އޯގަސްޓު 2019
އެންމެ މޮޅު ކުޅުންތެރިޔާއަށް ވާދަކުރާ ކުޅުންތެރިންގެ ލިސްޓާއެކު ގާޑިއޯލާގެ ފާޑުކިޔުން ފީފާއަށް
02 ޖުލައި 2018

ވާރލްޑް ކަޕުން ކެޓުމުން ސްޕެއިންގެ މީޑިއާގެ ފާޑުކިޔުން ޤައުމީ ޓީމަށް

02 ޖުލައި 2018
ވާރލްޑް ކަޕުން ކެޓުމުން ސްޕެއިންގެ މީޑިއާގެ ފާޑުކިޔުން ޤައުމީ ޓީމަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް