Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއާ ލީގު

ޔުނައިޓެޑުން ޗެލްސީ ބަލިކުރި މެޗުގައި ވީއޭއާރަށް ގިނަ ބަޔެއްގެ ފާޑުކިޔުން

18 ފެބުރުއަރީ 2020 | އަންގާރަ 05:36

ޗެލްސީ އަތުން ޔުނައިޓެޑް މޮޅުވީ 2-0 އިން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 18 ފެބުރުއަރީ 2020 | އަންގާރަ 05:36
ޗެލްސީ އާއި މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރި މެޗުގެ ތެރެއިން

ޗެލްސީ އާއި މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރި މެޗުގެ ތެރެއިން

އިނގިރޭސި ޕްރިމިއާ ލީގުގެ މެންޗެސްޓާ ޔުނައިޓެޑުން 2-0 އިން ޗެލްސީ ބަލިކުރި މެޗުގައި ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) ގެ އެހީގައި ނިންމި ނިންމުންތަކަށް ގިނަ ބަޔަކު ފާޑުކިޔައިފިއެވެ.

ޗެލްސީގެ ދަނޑުގައި ހޯމަ ދުވަހުގެރޭ ކުޅުނު މެޗުގެ ކުރީކޮޅު ޗެލްސީން ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް، ގޯލާ އަމާޒުކޮށް ފޮނުވާލި ފުރަތަމަ ހަމަލާއިން ޔުނައިޓެޑުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ވަން ބިސާކާ ނަގައިދިން ހުރަހަކުން ކާމިޔާބުކޮށްދިނީ އެންތަނީ މާޝިއަލް އެވެ.

މި މެޗުގައި ވީއޭއާރްގެ ނިންމުމާ މެދު ފުރަތަމަ ޗެލްސީން ނުރުހުން ފާޅުކުރީ ބޯޅަ ބޭރަށް ދިޔަ ފަހުން އެޓީމުގެ މިޝީ ބަޓްޝުއާޔީ އަށް ޔުނައިޓެޑްގެ ކެޕްޓަން ހެރީ މެގުއާ ހަމަލާދިން ކަމަށް ބުނެ އެވެ. ދަނޑު ބޭރަށް ވެއްޓިފައި އޮތް މެގުއާ ނެގި ފައިން ބަޓްޝުއާޔީ ގައިގައި ޖެހުނު ނަމަވެސް، ރެފްރީ އޭނާއަށް ކާޑެއް ދައްކާފައެއް ނުވެއެވެ.

އަދި ދެވަނަ ހާފުގެ ކުރީކޮޅުގައި ކާޓް ޒޫމާ ލަނޑެއް ޖަހައި ޗެލްސީ އަށް އެއްވަރުކޮށްދިން ނަމަވެސް، ވީއޭއާރް ބެލުމަށްފަހު ރެފްރީ ވަނީ އެ ލަނޑު ބަލައިނުގަންނަށް ނިންމާފައެވެ. ސަބަބަކީ ޒޫމާ އެ ލަނޑު ކާމިޔާބުކުރުމުގެ ކުރިން އެޓީމުގެ ކެޕްޓަން ސެޒާ އަޒްޕިލިކުއޭޓާ، އޭރިއާތެރެއިން ޔުނައިޓެޑްގެ ބްރެންޑަން ވިލިއަމްސްއަށް ފައުލްކުރުމާއި ގުޅިގެންނެވެ.

އޭގެ ފަހުން މެޗުގެ 66 ވަނަ މިނެޓުގައި ޔުނައިޓެޑުން ވަނީ ލީޑު ފުޅާކޮށްފައެވެ. ބްރޫނޯ ފެނާންޑޭސް ނަގައިދިން ކޯނަރަކުން މި ލަނޑު އެޓީމަށް ކާމިޔާވބުކޮށްދިނީ މެގުއާ އެވެ.

އަދި އޭގެ ފަހުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި، އޮލިވިއޭ ޖިރޫޑްވެސް ޗެލްސީއަށް ލަނޑެއް ޖަހައިދިންއިރު، ވީއޭއާރް ބެލުމަށްފަހު ރެފްރީ ވަނީ އެ ލަނޑު އޮފްސައިޑު ކަމަށް ނިންމާފައެވެ.

ހޯމަ ދުވަހުގެރޭގެ މެޗުން މޮޅުވެ ޔުނައިޓެޑް ވަނީ ލީގު ތާވަލުގެ ހަތްވަނައަށް ޖެހިލާފައެވެ. ހަތްވަނައިގައި 26 މެޗުން 38 ޕޮއިންޓު ހޯދައިގެން ޔުނައިޓެޑް އޮތްއިރު، ހަތަރުވަނައިގައި އޮތް ޗެލްސީ އަށް 26 މެޗުން ލިބިފައިވަނީ 41 ޕޮއިންޓެވެ.

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް
20 ޖެނުއަރީ 2017

ޑިޕޭ ލިއޯން އަށް ވިއްކާލަން ޔުނައިޓެޑުން އެއްބަސްވެއްޖެ

20 ޖެނުއަރީ 2017
ޑިޕޭ ލިއޯން އަށް ވިއްކާލަން ޔުނައިޓެޑުން އެއްބަސްވެއްޖެ
18 ޖެނުއަރީ 2017

ޑިޕޭ ހޯދުމަށް ލިޔޯން އިން ހުށަހެޅި ބިޑް ޔުނައިޓެޑުން ރިޖެކްޓްކޮށްލައިފި

18 ޖެނުއަރީ 2017
ޑިޕޭ ހޯދުމަށް ލިޔޯން އިން ހުށަހެޅި ބިޑް ޔުނައިޓެޑުން ރިޖެކްޓްކޮށްލައިފި
18 ޖެނުއަރީ 2017

އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ

18 ޖެނުއަރީ 2017
އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ
15 ޖެނުއަރީ 2017

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް
11 ޖެނުއަރީ 2017

ޔުނައިޓެޑުން ޝްނައިޑެލިން ވިއްކާލަނީ

11 ޖެނުއަރީ 2017
ޔުނައިޓެޑުން ޝްނައިޑެލިން ވިއްކާލަނީ
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ކޭން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޕައުންޑު ހުށަހަޅަނީ!

04 ޖެނުއަރީ 2017
ކޭން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޕައުންޑު ހުށަހަޅަނީ!
04 ޖެނުއަރީ 2017

ވިލިއަން ހޯދުމަށް ޔުނައިޓެޑުން މަސައްކަތްކުރަނީ!

04 ޖެނުއަރީ 2017
ވިލިއަން ހޯދުމަށް ޔުނައިޓެޑުން މަސައްކަތްކުރަނީ!
04 ޖެނުއަރީ 2017

ވެރާޓީ ހޯދުމަށް ޗެލްސީން 30 މިލިއަން ޕައުންޑު ހުށަހަޅައިފި

04 ޖެނުއަރީ 2017
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް