Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިންޑިއާ ޗައިނާ ބޯޑަރު މައްސަލަ

މަޝްވަރާތަކަށް ހަފްތާއެއް ނުވަނީސް އިންޑިއާ ޗައިނާ ބޯޑަރުގައި ބަޑީގެ ހަމަލާތަކެއް ބަދަލު ކޮށްފި

ދެގައުމުން ވެސް ބަޑީގެ ހަމަލާގެ ޒިންމާ އަޅުވަނީ އެއްގައުމު އަނެއްގައުމުގެ ބޮލުގައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 9 ސެޕްޓެމްބަރު 2020 | ބުދަ 02:43
އިންޑިއާ ޗައިނާ ބޯޑަރު މައްސަލަ ހޫނުވެގެން އުޅޭ ސަރަހައްދުގައި އިންޑިއާ ސިފައިން (ކ) އަދި ޗައިނާގެ ސިފައިން (ވ) ބައްދަލުކުރަނީ

އިންޑިއާ ޗައިނާ ބޯޑަރު މައްސަލަ ހޫނުވެގެން އުޅޭ ސަރަހައްދުގައި އިންޑިއާ ސިފައިން (ކ) އަދި ޗައިނާގެ ސިފައިން (ވ) ބައްދަލުކުރަނީ

ބޯޑަރު މައްސަލައިގައި ޗައިނާ އާއި އިންޑިއާގެ ފޮރިން މިނިސްޓަރުން މިދިޔަ ހުކުރު ދުވަހު ބައްދަލުކޮށް މަޝްވަރާ ކުރިތާ ހަފްތާއެއް ނުވަނީސް ދެ ބޯޑަރު ގުޅޭ ސަރަހައްދުގައި ބަޑީގެ ހަމަލާ ބަދަލު ކޮށްފިއެވެ.

ދެގައުމުން ވެސް އަންނަނީ މި މައްސަލައިގައި އެއްގައުމުން އަނެއް ގައުމަށް ތުހުމަތުގެ އިނގިލި ދިގު ކުރަމުންނެވެ. މި މައްސަލައާއި ގުޅިގެން އަނެއްކާ ވެސް ދެގައުމުގެ ގުޅުން ވަނި އިތުރަށް ހީނަރުވެފައެވެ. މި ފަހަކަށް އައިސް ބޯޑަރު މައްސަލަ ހޫނުވެފައިވަނީ މިދިޔަ ޖޫން މަހުގައި ބަދަލުކުރި ބަޑީގެ ހަމަލާތަކުގައި އިންޑިއާގެ 20 ސިފައިން މަރުވުމާއި ގުޅިގެންނެވެ.

މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެފައިވަނީ މި މައްސަލަ އާއި ގުޅިގެން މަސްރަހު ހޫނުވެ ކޮށްފައިވާ މަޝްވަރާތަކުގެ ބޭނުން ކެނޑުމަކީ އެކަށީގެންވާ ކަމެކެވެ. އެންމެ ފަހުން ބޯޑަރު މައްސަލައިގައި ދެގައުމުގެ ފޮރިން މިނިސްޓަރުން ބައްދަލު ކުރައްވާފައިވަނީ ޝަންހާއި ކޯޕަރޭޝަން އޮގަނައިޒޭޝަންގެ ޑިފެންސް މިނިސްޓަރުންގެ ބައްދަލުވުމުގެ ހަވާސާގައެވެ. މި ބައްދަލުވުމުގައި ދެއްކި ވާހަކަތައް އެއްވެސް ގައުމަކުން ހާމަކޮށްފައި ނުވާ އިރު، ޗައިނާއިން އަދި އިންޑިއާ އިން ވެސް ބުނެފައިވަނީ އެންމެ ތަންކޮޅެއްވެސް ދޫ ނުދޭނެ ކަމަށެވެ.

ހޯމަ ދުވަހުގެ ބަޑީގެ ހަމަލާއާއި ގުޅިގެން ބެއިޖިންގެ ޑިފެންސް މިނިސްޓްރީން ބުނެފައިވަނީ އިންޑިއާގެ ސިފައިން ލައިން އޮފް އެކްޗުއަލް ކޮންޓްރޯ (އެލްއޭސީ) ހުރަސްކޮށްފައިވާ ކަމަށާއި، ބަޑީގެ ހަމަލާ ފުރަތަމަ ބަދަލު ކުރީ ވެސް އިންޑިއާގެ ސިފައިން ކަމަށެވެ. ޗައިނާއިން ބުނެފައިވަނީ ޗައިނާގެ ސިފައިން އިންޑިއާވީ ފަޅިއަށް ދިޔައީ މަޝްވަރާ ކުރުމަށް ކަމަށާއި، ނަމަވެސް ބަދަލުގައި އިންޑިއާ ސިފައިން ހަމަލާދީފައިވާ ކަމަށެވެ.

އަދި ހަމަލާ ދިނުމުގެ ސަބަބުން ޗައިނާ ސިފައިން ރައްދު ހަމަލާދިން ކަމަށާއި، ހަމަލާ ބަދަލު ކުރުމުގެ ތެރޭގައި އެއްވެސް މީހަކަށް އަނިޔާވިކަމެއް އެނގިފައި ނުވާ ކަމަށެވެ. މިއީ ޖޫން މަހުން ފެށިގެން ހަމަލާ ބަދަލު ކުރެވުނު 3 ވަނަ ފަހަރެވެ.

ބަޑީގެ ހަމަލާއާއި ގުޅިގެން އިންޑިއާ އިން ވަނިީ އެކަން އިންކާރު ކޮށްފައެވެ. އިންޑިއާ އިން ބުނެފައިވަނީ އެއްބަސްވެފައިވާ ގޮތާއި ހިލާފަށް ޗައިނާ ސިފައިން އަމަލުކޮށްފައިވާ ކަމަށާއި، ހަމަލާ ދިނީ އެމީހުން ކަމަށެވެ. އަދި މި މައްސަލައިގައި އިންޑިއާ ސިފައިން އަމަލު ކޮށްފައިވަނީ ރަނގަޅަށް ކަމަށް އިންޑިއާ އިން ވަނީ ބުނެފައެވެ.

އެންމެ ފަހުން ބޭއްވި ބައްދަލުވުމުގައި އިންޑިއާގެ ފަރާތުން ބައްދަލު ކުރެއްވީ އެގަ އުމުގެ ޑިފެންސް މިނިސްޓަރު ރަޖްނާތް ސިންގެވެ. އަދި ޗައިނާގެ ފަރާތުން ބައްދަލު ކުރެއްވީ އެގައުމުގެ ޑިފެންސް މިނިސްޓަރު ޖެނެރަލް ވީ ފެންގއެވެ. ހިމާލަޔާ ސަރަހައްދުގައި މައްސަލަ ހޫނުވެފައިވެ އެތައް މަސްތަކަކަށް ދިގުލައިގެން ގޮސްފައިވާއިރު މިއީ ދެ ގައުމުގެ އިސްވެރިން ބައްދަލު ކުރެއްވި ފުރަތަމަ ފަހަރެވެ. ބޯޑަރުގެ މައްސަލައިގައި އެންމެ ފަހުން ޖޫން މަހުގައި ހިނގި ހަމަނުޖެހުންތަކުގައި އިންޑިއާގެ ސިފައިންގެ 20 މީހަކު ވަނީ މަރުވެފައެވެ.

ދެ ގައުމުގެ ޑިފެންސް މިނިސްޓަރުން ބައްދަލު ކުރައްވާފައިވަނީ ޝަންހާއި ކޯޕަރޭޝަން އޮގަނައިޒޭޝަންގެ ޑިފެންސް މިނިސްޓަރުންގެ ބައްދަލުވުމުގެ ހަވާސާގައެވެ. މި ބައްދަލުވުމުގައި އިންޑިއާގެ ޑިފެންސް މިނިސްޓަރު ވިދާޅުވެފައިވަނީ ސަލާމަތާއި ރައްކާތެރިކަން ސަރަހައްދުގައި ގާއިމު ކުރުމަށް އިތުބާރާއި، ގަދަ ބާރު ނުދެއްކުމާއި، މަޝްވަރާ ކުރުމާއި ބައިނަލްއަގުވާމީ ގާނޫނުތަކަށް ފުރިހަމަ އަށް ބޯލަނބަން ޖެހޭނެ ކަމަށެވެ.

އިންޑިއާގެ ޑިފެންސް މިނިސްޓްރީން ކުރި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ދެ ގައުމުގެ ޑިފެންސް މިނިސްޓަރުން ބޭއްވި ބައްދަލުވުން 2 ގަޑި އިރާއި 20 މިނިޓަށް ދިގު ދެމިގެން ދިޔަ ކަމަށެވެ. ނަމަވެސް އިންޑިއާގެ ޑިފެންސް މިނިސްޓްރީން ވެސް މިކަމާއި ގުޅިގެން އިތުރު ތަފްސީލެއް ދެއްވާފައި ނުވެއެވެ.

ޗައިނާގެ ޑިފެންސް މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކޮށްފައިވާ ބަޔާނާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުން، ޗައިނާގެ ޑިފެންސް މިނިސްޓަރ ވެއި ވިދާޅުވެފައިވަނީ ދެ ގައުމުން މި މައްސަލަ ފިނިކުރަން މަސައްކަތް ކުރަން ޖެހޭ ކަމަށާއި، ހަމަޖެހުން ގާއިމުކޮށް އަމަންއަމާންކަން ދަމަހައްޓަން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

މީގެ އިތުރުން ހަމަނުޖެހުން ހިންގުމުގެ ޒިންމާ ނަގަން ޖެހޭނީ އިންޑިއާއިން ކަމަށާއި، ޗައިނާގެ ބިމުން އެންމެ އިންޗެއްވެސް ގެއްލިގެން ދިޔަ ނުދޭނެ ކަމަށެވެ. ބޯޑަރުގެ މައްސަލައިގައި އުފެދިފައިވާ ހަމަނުޖެހުންތަކުގެ މައްސަލައިގައި ޗައިނާ އިން ކުށްވެރި ކުރަނީ އިންޑިއާއެވެ. އަދި އިންޑިއާއިން ކުށްވެރި ކުރަނީ ޗައިނާއެވެ.

ދުނިޔޭގެ އާބާދީ އެންމެ ބޮޑު ދެ ގައުމުގައި މެދުގައި ބޯޑަރުގެ މައްސަލަ ޖެހިފައިވަނި އިންޑިއާގެ ލަޑާކް ސަރަހައްދުން ފެށިގެން ގޮސް އިރުމަތީ ސިއްކިމް ސްޓޭޓާއި ހަމައަށް ދިގުދެމިގެންދާ 2157 މޭލުގެ ދިގު ސަރަހައްދެއްގެ މައްސަލައެވެ.

ލަޑަކް ސަރަޙައްދުގެ ގަލްވާން ވާދީގައި ދެ ޤައުމުގެ އަސްކަރީ ސިފައިން ވެސް ކޭމްޕް ކޮށްފައިވާއިރު، ދެ ޤައުމުންވެސް ބުނަމުންދަނީ އަނެއް ޤައުމުން އެމީހުންގެ ސަރަޙައްދީ އިމުގެ ތެރެއަށް ވަދެފައިވާ ކަމަށެވެ. އެގޮތުން މި މައްސަލަ ބޮޑުވެ، ދެ ޤައުމުގެ ދެމެދުގައި ފާއިތުވި މާޒީގައި ވެސް ބައެއް ކޯޅުންތައް ހިނގާފައިވެއެވެ.

މި މައްސަލަ އޮމާންކަމާއެކު ހައްލުކުރުމާއި ގުޅޭ ގޮތުން މިދިޔަ ޖޫން މަހުގައި ވެސް ދެ ގައުމުން ވަނީ މަޝްވަރާ ކޮށްފައެވެ. ޖޫން މަހުގައި ބޭއްވި ވާރޓުއަލް ބައްދަލުވުމެއްގައި ދެ ޤައުމުން ވެސް އަމަންއަމާން ކަމާއެކު، މި މައްސަލައަށް އެކަށީގެންވާ ޙައްލެއް ގެނައުމަށް ނިންމާފައިވާ ކަމަށް އިންޑިއާގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވެއެވެ. އެގޮތުން ފުރަތަމަ ކަމަކަށް އެ ސަރަޙައްދުގައި ކޭމްޕް ކޮށްފައިވާ އަސްކަރީ ސިފައިން އަނބުރާ ފޮނުވާލުމަށް އެއިރު އެއްބަސްވެފައިވެއެވެ.

ނަމަވެސް މިއިން އެއްވެސް ކަމަކަށް އަމަލުކޮށްފައި ނުވެއެވެ. މިދިޔަ ޖޫން މަހުގައި ހިނގި ހަމަ ނުޖެހުމުގައި ވެސް އިންޑިއާގެ 3 މީހަކު ވަނީ މަރުވެފައެވެ. ފާއިތުވީ 40 އަހަރަށް ބަލާލިކަމުގައިވީ ނަމަވެސް ބޯޑަރު ޕެޓްރޯލް ކުރުމުގެ ތެރޭގައި ކުރިމަތިލުންތަކެއް ހިންގާފައި އެބަހުއްޓެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދެހާސްފަހެއްގައި އިންޑިއާގައި ދެވުނު ބޮން ގޮއްވުމުގެ ހާދިސާތަކުގައި ހައްޔަރު ކުރެވުނު ތިން މީހުން ދޫކޮށްލައިފި

ދެހާސްފަހެއްގައި އިންޑިއާގައި ދެވުނު ބޮން ގޮއްވުމުގެ ހާދިސާތަކުގައި ހައްޔަރު ކުރެވުނު ތިން މީހުން ދޫކޮށްލައިފި

18 ފެބުރުއަރީ 2017
އެއްފަހަރާ އެންމެ ގިނަ ސެޓްލައިޓް ލޯންޗްކުރުމުގެ ރެކޯޑް އިންޑިއާ އަށް

އެއްފަހަރާ އެންމެ ގިނަ ސެޓްލައިޓް ލޯންޗްކުރުމުގެ ރެކޯޑް އިންޑިއާ އަށް

15 ފެބުރުއަރީ 2017
"އެއް ޗައިނާ" ސިޔާސަޔަތައް ތާއީދު ކުރައްވާ ކަމަށް އެންމެ ފަހުން ޓްރަމްޕް ވިދާޅުވެއްޖެ

"އެއް ޗައިނާ" ސިޔާސަޔަތައް ތާއީދު ކުރައްވާ ކަމަށް އެންމެ ފަހުން ޓްރަމްޕް ވިދާޅުވެއްޖެ

10 ފެބުރުއަރީ 2017
 ރައީސް ޑޮނަލްޑް ޓްރަމްޕް ޗައިނާގެ ރައީސް ޝީ ޖިންޕިންއަށް ޝުކުރު އަދާކުރައްވާ ސިޓީފުޅެއް ފޮނުއްވައިފި

ރައީސް ޑޮނަލްޑް ޓްރަމްޕް ޗައިނާގެ ރައީސް ޝީ ޖިންޕިންއަށް ޝުކުރު އަދާކުރައްވާ ސިޓީފުޅެއް ފޮނުއްވައިފި

09 ފެބުރުއަރީ 2017
ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް

ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް

06 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

18 ޖެނުއަރީ
ޓްރަމްޕް އާ ދެކޮޅަށް އެތައް ހާސް އެމެރިކާ ރައްޔިތުން މުޒާހަރާ އަށް ނުކުމެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ޓްރަމްޕް އާ ދެކޮޅަށް އެތައް ހާސް އެމެރިކާ ރައްޔިތުން މުޒާހަރާ އަށް ނުކުމެއްޖެ

މުދައްރިސުންނާއި އުނގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވާންޖެހޭ ބައެއް - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

މުދައްރިސުންނާއި އުނގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވާންޖެހޭ ބައެއް - ހުތުބާ

ނޭޕާލް ފްލައިޓް: "ފުރާނަ ސަލާމަތްވީ ޕައިލެޓްގެ ސަބަބުން"
20233 އަހަރު ކުރިން
ދުނިޔެ

ނޭޕާލް ފްލައިޓް: "ފުރާނަ ސަލާމަތްވީ ޕައިލެޓްގެ ސަބަބުން"

ޔާމީން ރަޝީދުގެ މަރު: ސިއްރު ހެކިވެރިޔާގެ ކުއްލި ސިޓީ ބަލައިނުގަނެ، ހައިޝަމްއާއި ޒިހާން އުމުރަށް ޖަލަށްލާން ޙުކުމް ކުރި ސަބަބު!
20224 އަހަރު ކުރިން
ރިޕޯޓު

ޔާމީން ރަޝީދުގެ މަރު: ސިއްރު ހެކިވެރިޔާގެ ކުއްލި ސިޓީ ބަލައިނުގަނެ، ހައިޝަމްއާއި ޒިހާން އުމުރަށް ޖަލަށްލާން ޙުކުމް ކުރި ސަބަބު!

ޗައިނާގެ ވާވޭ ކުންފުނީގެ އައު ވާހަކަތަކެއް ފަޅާ އަރުވާލައިފި!
20215 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ ވާވޭ ކުންފުނީގެ އައު ވާހަކަތަކެއް ފަޅާ އަރުވާލައިފި!

ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!
20197 އަހަރު ކުރިން
ރިޕޯޓު

ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!

ދިވެހިބަހުގެ އަކުރު
20188 އަހަރު ކުރިން
ދިވެހި ބަސް

ދިވެހިބަހުގެ އަކުރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު