Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިންޑިއާ ޗައިނާ ބޯޑަރު މައްސަލަ

ބޯޑަރުގެ މައްސަލަ ހޫނުވެފައިވަނިކޮށް ޗައިނާ އާއި އިންޑިއާގެ ޑިފެންސް މިނިސްޓަރުން ބައްދަލުކޮށްފި

އެންމެ ފަހުން ހިނގި ހަމަ ނުޖެހުންތަކުގައި އިންޑިއާގެ 20 އޮފިސަރަކު މަރުވެފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 6 ސެޕްޓެމްބަރު 2020 | އާދީއްތަ 13:37
އިންޑިއާ ޗައިނާ ބޯޑަރު މައްސަލަ ހޫނުވެގެން އުޅޭ ސަރަހައްދުގައި އިންޑިއާ ސިފައިން (ކ) އަދި ޗައިނާގެ ސިފައިން (ވ) ބައްދަލުކުރަނީ

އިންޑިއާ ޗައިނާ ބޯޑަރު މައްސަލަ ހޫނުވެގެން އުޅޭ ސަރަހައްދުގައި އިންޑިއާ ސިފައިން (ކ) އަދި ޗައިނާގެ ސިފައިން (ވ) ބައްދަލުކުރަނީ

އިރުމަތީ ލަޑަކް ސަރަހައްދީ ބޯޑަރު މައްސަލަ ހޫނެވެފައިވަނިކޮށް ޗައިނާ އާއި އިންޑިއާގެ ޑިފެންސް މިނިސްޓަރު ރަޝިއާގައި ބައްދަލު ކުރައްވައިފިއެވެ.

އޭޝިއާ ސަރަހައްދުގެ ނިއުކުލިއަރ ދެ ބާރު ކަމަށްވާ ޗައި ނާއާއި އިންޑިއާގެ ޑިފެންސް މިނިސްޓަރުން ބައްދަލު ކުރައްވާފައިވަނީ ބޯޑަރުގެ މައްސަލަ ހައްލު ކުރުމުގެ ގޮތުން ކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. ނަމަވެސް މި ބައްދަލުކުރެއްވުމާއި ގުޅިގެން ދެ ގައުމުން ވެސް އެއްވެސް ވާހަކައެއް ހާމަކޮށްފައެއް ނުވެއެވެ.

ހުކުރު ދުވަހު ކުރިއަށް ދިޔަ މި ބައްދަލުވުމުގައި އިންޑިއާގެ ފަރާތުން ބައްދަލުކުރެއްވީ ރަޖްނާތް ސިންގެވެ. އަދި ޗައިނާގެ ފަރާތުން ބައްދަލުކުރެއްވީ ޖެނެރަލް ވީ ފެންގއެވެ. ހިމާލަޔާ ސަރަހައްދުގައި މައްސަލަ ހޫނުވެފައިވެ އެތައް މަސްތަކަކަށް ދިގުލައިގެން ގޮސްފައިވާއިރު މިއީ ދެ ގައުމުގެ އިސްވެރިން ބައްދަލު ކުރެއްވި ފުރަތަމަ ފަހަރެވެ. ބޯޑަރުގެ މައްސަލައިގައި އެންމެ ފަހުން ޖޫން މަހުގައި ހިނގި ހަމަނުޖެހުންތަކުގައި އިންޑިއާގެ ސިފައިންގެ 20 މީހަކު ވަނީ މަރުވެފައެވެ.

ދެ ގައުމުގެ ޑިފެންސް މިނިސްޓަރުން ބައްދަލު ކުރައްވާފައިވަނީ ޝަންހާއި ކޯޕަރޭޝަން އޮގަނައިޒޭޝަންގެ ޑިފެންސް މިނިސްޓަރުންގެ ބައްދަލުވުމުގެ ހަވާސާގައެވެ. މި ބައްދަލުވުމުގައި އިންޑިއާގެ ޑިފެންސް މިނިސްޓަރު ވިދާޅުވެފައިވަނީ ސަލާމަތާއި ރައްކާތެރިކަން ސަރަހައްދުގައި ގާއިމު ކުރުމަށް އިތުބާރާއި، ގަދަ ބާރު ނުދެއްކުމާއި، މަޝްވަރާ ކުރުމާއި ބައިނަލްއަގުވާމީ ގާނޫނުތަކަށް ފުރިހަމަ އަށް ބޯލަނބަން ޖެހޭނެ ކަމަށެވެ.

އިންޑިއާގެ ޑިފެންސް މިނިސްޓްރީން ކުރި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ދެ ގައުމުގެ ޑިފެންސް މިނިސްޓަރުން ބޭއްވި ބައްދަލުވުން 2 ގަޑި އިރާއި 20 މިނިޓަށް ދިގު ދެމިގެން ދިޔަ ކަމަށެވެ. ނަމަވެސް އިންޑިއާގެ ޑިފެންސް މިނިސްޓްރީން ވެސް މިކަމާއި ގުޅިގެން އިތުރު ތަފްސީލެއް ދެއްވާފައި ނުވެއެވެ.

ޗައިނާގެ ޑިފެންސް މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކޮށްފައިވާ ބަޔާނާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުން، ޗައިނާގެ ޑިފެންސް މިނިސްޓަރ ވެއި ވިދާޅުވެފައިވަނީ ދެ ގައުމުން މި މައްސަލަ ފިނިކުރަން މަސައްކަތް ކުރަން ޖެހޭ ކަމަށާއި، ހަމަޖެހުން ގާއިމުކޮށް އަމަންއަމާންކަން ދަމަހައްޓަން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

މީގެ އިތުރުން ހަމަނުޖެހުން ހިންގުމުގެ ޒިންމާ ނަގަން ޖެހޭނީ އިންޑިއާއިން ކަމަށާއި، ޗައިނާގެ ބިމުން އެންމެ އިންޗެއްވެސް ގެއްލިގެން ދިޔަ ނުދޭނެ ކަމަށެވެ. ބޯޑަރުގެ މައްސަލައިގައި އުފެދިފައިވާ ހަމަނުޖެހުންތަކުގެ މައްސަލައިގައި ޗައިނާ އިން ކުށްވެރި ކުރަނީ އިންޑިއާއެވެ. އަދި އިންޑިއާއިން ކުށްވެރި ކުރަނީ ޗައިނާއެވެ.

ދުނިޔޭގެ އާބާދީ އެންމެ ބޮޑު ދެ ގައުމުގައި މެދުގައި ބޯޑަރުގެ މައްސަލަ ޖެހިފައިވަނި އިންޑިއާގެ ލަޑާކް ސަރަހައްދުން ފެށިގެން ގޮސް އިރުމަތީ ސިއްކިމް ސްޓޭޓާއި ހަމައަށް ދިގުދެމިގެންދާ 2157 މޭލުގެ ދިގު ސަރަހައްދެއްގެ މައްސަލައެވެ.

ލަޑަކް ސަރަޙައްދުގެ ގަލްވާން ވާދީގައި ދެ ޤައުމުގެ އަސްކަރީ ސިފައިން ވެސް ކޭމްޕް ކޮށްފައިވާއިރު، ދެ ޤައުމުންވެސް ބުނަމުންދަނީ އަނެއް ޤައުމުން އެމީހުންގެ ސަރަޙައްދީ އިމުގެ ތެރެއަށް ވަދެފައިވާ ކަމަށެވެ. އެގޮތުން މި މައްސަލަ ބޮޑުވެ، ދެ ޤައުމުގެ ދެމެދުގައި ފާއިތުވި މާޒީގައި ވެސް ބައެއް ކޯޅުންތައް ހިނގާފައިވެއެވެ.

މި މައްސަލަ އޮމާންކަމާއެކު ހައްލުކުރުމާއި ގުޅޭ ގޮތުން މިދިޔަ ޖޫން މަހުގައި ވެސް ދެ ގައުމުން ވަނީ މަޝްވަރާ ކޮށްފައެވެ. ޖޫން މަހުގައި ބޭއްވި ވާރޓުއަލް ބައްދަލުވުމެއްގައި ދެ ޤައުމުން ވެސް އަމަންއަމާން ކަމާއެކު، މި މައްސަލައަށް އެކަށީގެންވާ ޙައްލެއް ގެނައުމަށް ނިންމާފައިވާ ކަމަށް އިންޑިއާގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވެއެވެ. އެގޮތުން ފުރަތަމަ ކަމަކަށް އެ ސަރަޙައްދުގައި ކޭމްޕް ކޮށްފައިވާ އަސްކަރީ ސިފައިން އަނބުރާ ފޮނުވާލުމަށް އެއިރު އެއްބަސްވެފައިވެއެވެ.

ނަމަވެސް މިއިން އެއްވެސް ކަމަކަށް އަމަލުކޮށްފައި ނުވެއެވެ. މިދިޔަ ޖޫން މަހުގައި ހިނގި ހަމަ ނުޖެހުމުގައި ވެސް އިންޑިއާގެ 3 މީހަކު ވަނީ މަރުވެފައެވެ. ފާއިތުވީ 40 އަހަރަށް ބަލާލިކަމުގައިވީ ނަމަވެސް ބޯޑަރު ޕެޓްރޯލް ކުރުމުގެ ތެރޭގައި ކުރިމަތިލުންތަކެއް ހިންގާފައި އެބަހުއްޓެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ނަމަ ޗައިނާގެ އަސްކަރިއްޔާއިން ކޭމްޕު ކުރަން ފެށީ މެއި މަހުގެ ކުރީ ކޮޅުއެވެ. ބޮޑެތި ބިންގަރާސްތައް ކޮނެ، އެތައް ކިލޯމީޓަރަކަށް ބަރު ހަތިޔާރުތައް ވެސް ދަމައިފިއެވެ. އިންޑިއާއިން ވަކާލާތު ކުރާ ގޮތުގައި އެއީ އިންޑިއާގެ ބިމެކެވެ. ޗައިނާއިން މިފަދަ ފިޔަވަޅެއް އެޅީ، ދެގައުމު ހިއްސާކުރާ ދިގު ބޯޑަރު ސަރަހައްދުގައި އިންޑިއާއިން އެތައް ސަތޭކަ ކިލޯމީޓަރަކަށް ދެމިގެންދާ މަގެއް ތަރައްގީ ކުރި ހިސާބުންނެވެ. މި މަގަކީ ބިމުގެ ސަތަހައިން ފެށިގެން އުސް ހިސާބެއްގައިވާ އަސްކަރީ ބޭހަކާ ގުޅާލަދޭ މަގެކެވެ.

ބޯޑަރު މައްސަލައިގައި ދެ ގައުމުގެ ދެމެދުގައި ނުތަނަވަސްކަން އުފެދިފައިވާ މި ދަނޑިވަޅުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މި މައްސަލަ ހައްލު ކުރުމަށް އެހީތެރިވެދޭނެ ކަމަށް ވިދާޅުވެފައެވެ. ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޓްރަމްޕް ވިދާޅުވެފައިވަނީ ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ މައްސަލަ ވަރަށް ހޫނު ކަމަށާއި، ބަޔަކަށް މިކަން އިހުސާސް ކުރެވޭ ވަރަށްވުރެ މައްސަލަ ގޯސް ކަމަށެވެ.

އެމެރިކާގެ ސަރުކާރުގެ އިސް އޮފިޝަލަކާއި ހަވާލާދީ ރޮއިޓާސް އިން ރިޕޯޓްކޮށްފައިވާ ގޮތުން، އިންޑިއާ އަދި ޗައިނާގެ ކޯޅުންތައް ކިތައްމެ ބޮޑުވެފައިވީ ނަމަވެސް ބޯޑަރު މައްސަލައިގައި ހަނގުރާމައަކަށް ދެ ގައުމުން ނުދާނެއެވެ.

ޓްރަމްޕް ވިދާޅުވެފައިވަނި މި މައްސަލައިގައި ވަކިއަތަކަށް ނުޖެހި ދެގައުމާއި މަޝްވަރާ ކޮށްގެން މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި މި މައްސަލައިގައި އެމެރިކާއިން އެއްވެސް ކަމެއް ކުރެވެން އޮތްނަމަ އެކަމަކަށް މަގުފަހިކޮށް ދެއްވާނެ ކަމަށް ވެސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

ޗައިނާ އިން ރުޅި އައިސްގެން އުޅެނީ އިންޑިއާއިން ގެނައި އުމްރާނީ އާބާތުރަ ފިލުމުގެ ބަދަލުގެ ސަބަބުންނެވެ. އިންޑިއާ އިން ތަރައްގީ ކުރި މަގު އޮތީ އެލްއޭސީއާ މާ ކައިރިން ކަމުގެ ޝަކުވާ އެބައޮތެވެ. ޗައިނާގެ ދައުލަތުގެ މީޑިއާ އިން ހިންގާ ގްލޯބަލް ޓައިމްސް ބުނާ ގޮތުގައި ގަލްވާން ވާދީގެ ސަރަހައްދަކީ ޗައިނާގެ މިލްކެކެވެ.

އިންޑިއާ އާއި ޗައިނާއިން އަސްކަރީ ކުރިމަތިލުމަކަށް ހިނގައްޖެނަމަ، އިންޑިއާ އިން ތަރައްގީ ކުރި މަގު ވެގެންދާނީ އަސްކަރީ ފައުޖާ ހަތިޔާރު އުފުލުމަށް އިންޑިއާ އަށް އޮތް ބޮޑު އެޑްވާންޓޭޖަކަށްކަން ފާހަގަ ކުރަން ޖެހެއެވެ. އިންޑިއާގެ މައި ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ގެންދިޔަ ލަޑަކް ސަރަހައްދުގައި، އަކްސާއީ ޗިންއޭ ކިއުނު ހިސާބު ވެސް ހިމެނިއެވެ. މިއީ އެ ސަރަހައްދުގެ މިލްކުވެރިކަމަށް އިންޑިއާ އިން ދައުވާ ކުރާ ސަރަހައްދެއް ނަމަވެސް، މި ސަރަހައްދުގެ ކޮންޓްރޯލް މިވަގުތު އޮތީ ޗައިނާ އަތުގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި

މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި

13 ފެބުރުއަރީ 2017
އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި

އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި

12 ފެބުރުއަރީ 2017
"އެއް ޗައިނާ" ސިޔާސަޔަތައް ތާއީދު ކުރައްވާ ކަމަށް އެންމެ ފަހުން ޓްރަމްޕް ވިދާޅުވެއްޖެ

"އެއް ޗައިނާ" ސިޔާސަޔަތައް ތާއީދު ކުރައްވާ ކަމަށް އެންމެ ފަހުން ޓްރަމްޕް ވިދާޅުވެއްޖެ

10 ފެބުރުއަރީ 2017
 ރައީސް ޑޮނަލްޑް ޓްރަމްޕް ޗައިނާގެ ރައީސް ޝީ ޖިންޕިންއަށް ޝުކުރު އަދާކުރައްވާ ސިޓީފުޅެއް ފޮނުއްވައިފި

ރައީސް ޑޮނަލްޑް ޓްރަމްޕް ޗައިނާގެ ރައީސް ޝީ ޖިންޕިންއަށް ޝުކުރު އަދާކުރައްވާ ސިޓީފުޅެއް ފޮނުއްވައިފި

09 ފެބުރުއަރީ 2017
ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ

ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ

04 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

18 ޖެނުއަރީ
ޓްރަމްޕް އާ ދެކޮޅަށް އެތައް ހާސް އެމެރިކާ ރައްޔިތުން މުޒާހަރާ އަށް ނުކުމެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ޓްރަމްޕް އާ ދެކޮޅަށް އެތައް ހާސް އެމެރިކާ ރައްޔިތުން މުޒާހަރާ އަށް ނުކުމެއްޖެ

މުދައްރިސުންނާއި އުނގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވާންޖެހޭ ބައެއް - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

މުދައްރިސުންނާއި އުނގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވާންޖެހޭ ބައެއް - ހުތުބާ

ނޭޕާލް ފްލައިޓް: "ފުރާނަ ސަލާމަތްވީ ޕައިލެޓްގެ ސަބަބުން"
20233 އަހަރު ކުރިން
ދުނިޔެ

ނޭޕާލް ފްލައިޓް: "ފުރާނަ ސަލާމަތްވީ ޕައިލެޓްގެ ސަބަބުން"

ޔާމީން ރަޝީދުގެ މަރު: ސިއްރު ހެކިވެރިޔާގެ ކުއްލި ސިޓީ ބަލައިނުގަނެ، ހައިޝަމްއާއި ޒިހާން އުމުރަށް ޖަލަށްލާން ޙުކުމް ކުރި ސަބަބު!
20224 އަހަރު ކުރިން
ރިޕޯޓު

ޔާމީން ރަޝީދުގެ މަރު: ސިއްރު ހެކިވެރިޔާގެ ކުއްލި ސިޓީ ބަލައިނުގަނެ، ހައިޝަމްއާއި ޒިހާން އުމުރަށް ޖަލަށްލާން ޙުކުމް ކުރި ސަބަބު!

ޗައިނާގެ ވާވޭ ކުންފުނީގެ އައު ވާހަކަތަކެއް ފަޅާ އަރުވާލައިފި!
20215 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ ވާވޭ ކުންފުނީގެ އައު ވާހަކަތަކެއް ފަޅާ އަރުވާލައިފި!

ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!
20197 އަހަރު ކުރިން
ރިޕޯޓު

ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!

ދިވެހިބަހުގެ އަކުރު
20188 އަހަރު ކުރިން
ދިވެހި ބަސް

ދިވެހިބަހުގެ އަކުރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު