Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު\"ލާލް ސިންގް ޗައްޑާ\"

"ލާލް ސިންގް ޗައްޑާ"ގެ ޝޫޓިން ފަށަން ތައްޔާރުވެއްޖެ

ޝޫޓިން ފެށުމަށް ހަމަޖެހިފައި ވަނީ ހޯމަ ދުވަހު

އައިޝަތު ޝާން
އައިޝަތު ޝާން | 6 ސެޕްޓެމްބަރު 2020 | އާދީއްތަ 06:25
\"ލާލް ސިންގް ޗައްޑާ\"ގެ ޝޫޓިންގައި އާމިރް ޙާނާއި ކަރީނާ ކަޕޫރްގެ މަންޒަރެއް

\"ލާލް ސިންގް ޗައްޑާ\"ގެ ޝޫޓިންގައި އާމިރް ޙާނާއި ކަރީނާ ކަޕޫރްގެ މަންޒަރެއް

ފިލްމު "ލާލް ސިންގް ޗައްޑާ" ގެ ޝޫޓިންތައް ފަށަން ތައްޔާރުވެއްޖެ ކަމަށް ޙަބަރުތައް ބުނެފިއެވެ.

އިންޑިއާގެ ޙަބަރުތަކުން ބުނާ ގޮތުން މާދަމާ މި ފިލްމުގެ ޝޫޓިންތައް އަލުން ފެށުމަށް ވަނީ ހަމަޖެހިފައެވެ. މި ފިލްމަކީ އާމިރު ޚާނާއި ކަރީނާ ކަޕޫރު ލީޑް ރޯލުން ފެނިގެންދާނެ ފިލްމެކެވެ.

ލާލް ސިންގް ޗައްޑާ" އަކީ ހޮލީވުޑްގެ މަޝްހޫރު ފިލްމެއް ކަމަށްވާ "ފޮރެސްޓް ގަމްޕް" ގެ އޮފިޝަލް ރިމޭކް އެކެވެ. އަދި އާމިރާއި ވަޔަކަމް18 ސްޓޫޑިއޯޒް ގުޅިގެން ޕްރޮޑިއުސް ކުރަމުން އަންނަ މި ފިލްމުގެ ޝޫޓިން މެދުކަނޑާލަން ޖެހިފައިވަނީ ކޮވިޑް 19 ގެ ސަބަބުން އިންޑިޔާ ލޮކްޑައުންކުރުމުގެ ސަބަބުން މިދިޔަ މާރޗް މަހުގައެވެ.

ހޯމަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ޝޫޓިން މުމްބާއީގައި ކުރިއަށް ގެންދާއިރު މި ޝޫޓިންގްގައި އާމިރު އާއެކު ކަރީނާ ވެސް ބައިވެރި ވާނެކަމަށް ބުނެއެވެ. ކަރީނާ މިހާރު ހުރީ 2ވަނަ ދަރިއަކަށް ބަލިވެ ކަމުން އޭނާ ބައިވެރިވާ ހުރިހާ ޝޫޓިންތަކުގައިވެސް ވަކިން ޙާއްސަ ސަމާލުކަމެއް ދީގެން ރައްކާތެރިކަން އިތުރުކޮށް ކޮންމެހެން ޝޫޓިންއަށް ބޭނުންވާ ކުރޫ މެމްބަރުން ނޫނީ ސެޓަށް ނުވެއްދުމަށް އާމިރު ވަނީ ފިލްމުގެ ޑައިރެކްޓަރަށް އަންގާފައެވެ. އަދި އޭނާ ބަނޑުބޮޑުކަމުން ފިލްމުގައި ކުޅޭ މަންޒަރުތަކުން ބަނޑު ހާމަވެދާނެތީ ބަނޑު ނޭނގޭ ގޮތަށް ސްޕެޝަލް އިފެކްޓްސް ބޭނުން ކުރާނެ ކަމަށް ފިލްމުގެ ކްރޫއިން ވަނީ ބުނެފައެވެ.

ޝޫޓިން އަލުން ފެށި ކަމުގައި ވީނަމަވެސް ކޮންމެ ހަފުތާއަކު އެއް ފަހަރު ފިލްމުގައި ބައިވެރިވާ ހުރިހާ އެކްޓަރުންނާއި ކުރޫން ކޮވިޑް ޓެސްޓް ވެސް ކުރަމުން ގެންދާނެ ކަމަށާއި ސެޓަށް މީހުން ވައްދާނީ ވެސް ސިއްހީ ގޮތުން ބަލަން ޖެހޭ ވަރަށް ގިނަ ކަންތައްތައް ބެލުމަށް ފަހުގައި ކަމަށް ބުނެއެވެ.

މި އަހަރުގެ ޑިސެމްބަރުގައި މި ފިލްމު ރިލީޒްކުރަން ކުރިން ނިންމާފައި ވިޔަސް މިހާރު ފިލްމު ރިލީޒްކުރުން ވަނީ 2021 ވަނަ އަހަރުގެ ޑިސެމްބަރަށް ފަސްކޮށްފައެވެ.

އިތުރަށް ކިޔާލަން

12 އެޕްރީލު 2017

"ލަސްވިޔަސް" ގެޝޫޓިން ފަށާނީ ރޯދައިގެ ފަހުން

12 އެޕްރީލު 2017
"ލަސްވިޔަސް" ގެޝޫޓިން ފަށާނީ ރޯދައިގެ ފަހުން
09 އެޕްރީލު 2017

ހިޗްކީގެ ޝޫޓިން ރާނީ ފައްޓައިފި

09 އެޕްރީލު 2017
ހިޗްކީގެ ޝޫޓިން ރާނީ ފައްޓައިފި
02 އެޕްރީލު 2017

ރާއްޖެ ޓީވީގެ "ދަންބައި"ގެ ޝޫޓިން ފަށައިފި

02 އެޕްރީލު 2017
 ރާއްޖެ ޓީވީގެ "ދަންބައި"ގެ ޝޫޓިން ފަށައިފި
26 މާރިޗު 2017

"ޓައިގާ ޒިންދާހޭ" ގެ ޝޫޓިން ނިންމާލުމަށްފަހު ކެޓްރީނާ އެނބުރި މުމްބާއީއަށް!

26 މާރިޗު 2017
"ޓައިގާ ޒިންދާހޭ" ގެ ޝޫޓިން ނިންމާލުމަށްފަހު ކެޓްރީނާ އެނބުރި މުމްބާއީއަށް!
21 ފެބުރުއަރީ 2017

އެކްޓްރެސް ފަރީދާ ޖަލާލް މަރުވި ކަމަށް ބުނެ ފަތުރާފައި ވަނީ ދޮގު ހަބަރު

21 ފެބުރުއަރީ 2017
އެކްޓްރެސް ފަރީދާ ޖަލާލް މަރުވި ކަމަށް ބުނެ ފަތުރާފައި ވަނީ ދޮގު ހަބަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު