Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރާއްޖެއިން އެކުވެރިކަމުގެ މެޗުތަކެއް ކުޅުން

ޔޫއޭއީއާއެކު ރާއްޖެއިން އެކުވެރިކަމުގެ މެޗުތަކެއް ކުޅެނީ

3 ސެޕްޓެމްބަރު 2020 | ބުރާސްފަތި 08:22

ޔޫއޭއީގެ އިތުރުން ރާއްޖޭގައި އަންހެން އަދި ފިރިހެން ގައުމީ ފުޓްބޯޅަ ޓީމުގެ އެކުވެރިކަމުގެ މެޗުތައް ކުޅޭނެ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 3 ސެޕްޓެމްބަރު 2020 | ބުރާސްފަތި 08:22
ފީފާ ވޯލްޑް ކަޕް އަދި އޭއެފްސީ އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފައިންގައި ރާއްޖެ އާއި ފިލިޕީންސް ބައްދަލުކުރި މެޗުގެ ތެރެއިން

ފީފާ ވޯލްޑް ކަޕް އަދި އޭއެފްސީ އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފައިންގައި ރާއްޖެ އާއި ފިލިޕީންސް ބައްދަލުކުރި މެޗުގެ ތެރެއިން

ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) އާއެކު ގައުމީ ފުޓްބޯޅަ ޓީމުން އެކުވެރިކަމުގެ މެޗުތަކެއް ކުޅެން އެއްބަސްވެފައިވާ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.

މިދިޔަ އޮގަސްޓް މަހުގެ ކުރީކޮޅު ބައްސާމް ޔޫއޭއީއަށް ވަޑައިގެންނެވިއިރު، ޔޫއޭއީ ފުޓްބޯޅަ އެސޯސިއޭޝަނުގެ ޗެއާމަން ރާޝިދު ބިން ހުމައިދު އަލް ނުއައިމީއާއެކު ބައްސާމް ވަނީ އޮގަސްޓް މަހުގެ 12 ވަނަ ދުވަހު ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުމުގައި ވަނީ ޔޫއޭއީގެ އިތުރުން ރާއްޖޭގައި އަންހެން އަދި ފިރިހެން ގައުމީ ފުޓްބޯޅަ ޓީމުގެ އެކުވެރިކަމުގެ މެޗުތައް ކުޅޭ ގޮތަށް ނިންމާފައެވެ.

ރާއްޖެޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ބައްސާމް ވިދާޅުވީ ޔޫއޭއީ އެފްއޭގެ ރައީސްއާއެކު ބޭއްވުނީ ވަރަށް ކާމިޔާބު ބައްދަލުވުމެއް ކަމަށެވެ. އަދި ރާއްޖޭގެ ގައުމީ ޓީމުން ވަރުގަދަ ޓީމުތަކާ ދެކޮޅަށް މެޗުތަކެއް ކުޅެން ޖެހޭ ކަމަށް ގަބޫލުކުރާ ކަމަށާއި، އެގޮތުން ޔޫއޭއީގެ ގައުމީ ފުޓްބޯޅަ ޓީމަކީ ވަރަށް ވަރުގަދަ ޓީމެއް ކަމަށެވެ. އަދި ވިދާޅުވީ މި މެޗުތަކުން އެދެވޭ އެންމެ ރަނގަޅު ނަތީޖާ ނުނެރެވުނެއް ކަމަކު، ބޭނުމަކީ ގައުމީ ޓީމުގެ ފެންވަރު އިތުރަށް ރަނގަޅު ކުރުން ކަމަށްވެސް ބައްސާމް ވިދާޅުވިއެވެ.

މި މެޗުތައް ކުޅޭނެ ސީދާ ތާރީޚެއް އަދި ކަނޑައަޅާފައެއް ނުވެއެވެ. ބައްސާމް ވިދާޅުވީ މެޗުތައް ކުޅޭނެ ތާރީޚު ކަނޑައެޅުމުގައި ދަތިތަކެއް އެބަހުރި ކަމަށާއި، ތާރީޚުތައް ކަނޑައެޅޭނީ މިހާރު ކުރިމަތިވެފައިވާ ކޮވިޑް-19 ގެ ހާލަތުން އަރައިގަނެވި، ދަތުރު ފަތުރު ކުރުމުގެ ހުއްދަތައް ފަސޭހައިން ލިބެން ފެށުމުން ކަމަށެވެ.

ބައްސާމް އިތުރަށް ވިދާޅުވީ މެޗުތައް ކުޅުމުގެ އިތުރުން ޔޫއޭއީ އެފްއޭގެ ރައީސްއާއެކު މަޝްވަރާކުރެވުނު އަނެއް ކަންތައްތަކަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޓްބޯޅައިގެ އިންފްރާސްޓްރަކްޗާ ތަރައްގީކުރަން ކުރެވޭނެ މަސައްކަތްތަކާ ބެހޭގޮތުންނާއި، ރެފުރީންނާއި ކޯޗުން ތަމްރީނުކުރަން އެހީ ހޯދޭނެ ގޮތްތަކާ ބެހޭގޮތުން ކަމަށެވެ.

ޔޫއޭއީ އެފްއޭގެ ރައީސްއާއެކު ބައްސާމް ކުރިއަށްގެންދެވި މަޝްވަރާތަކުގައި އެކުވެރިކަމުގެ މެޗުތަކެއް ކުޅުމަށް ނިންމިއިރު، ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުން އެންމެ ފަހުން އެކުވެރިކަމުގެ މެޗެއް ކުޅުނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު މެލޭޝިއާގައި އެ ގައުމާ ދެކޮޅަށެވެ. އަދި މާލޭގައި އެންމެ ފަހުން ގައުމީ ޓީމުން އެކުވެރިކަމުގެ މެޗެއް ކުޅުނީ 2016 ވަނަ އަހަރު ސެޕްޓެމްބަރު މަހު ބަންގްލަދޭޝްއާ ދެކޮޅަށެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

3

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

4

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

5

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

އިތުރަށް ކިޔާލަން

27 އެޕްރީލު 2017

ރާއްޖޭގެ ކުރީގެ ކްރިކެޓް ކުޅުންތެރިން ހާއްސަ މެޗުތަކެއް ކުޅުމަށް ފުވައްމުލަކަށް ފުރައިފި

27 އެޕްރީލު 2017
ރާއްޖޭގެ ކުރީގެ ކްރިކެޓް ކުޅުންތެރިން ހާއްސަ މެޗުތަކެއް ކުޅުމަށް ފުވައްމުލަކަށް ފުރައިފި
20 އެޕްރީލު 2017

ޖެރާޑް އަނެއްކާވެސް ލިވަޕޫލް ޖޯޒީގައި ކުޅެނީ

20 އެޕްރީލު 2017
ޖެރާޑް އަނެއްކާވެސް ލިވަޕޫލް ޖޯޒީގައި ކުޅެނީ
19 އެޕްރީލު 2017

ސޮލިޑާރިޓީ ގޭމްސްގައި ރާއްޖެއިން ފަސް ކުޅިވަރެއްގައި ވާދަކުރަނީ

19 އެޕްރީލު 2017
ސޮލިޑާރިޓީ ގޭމްސްގައި ރާއްޖެއިން ފަސް ކުޅިވަރެއްގައި ވާދަކުރަނީ
10 އެޕްރީލު 2017

ކްރިކެޓް: އެކުވެރިކަމުގެ ތިން މެޗު ވެސް ދިވެހި ޓީމުން ކާމިޔާބުކޮށްފި

10 އެޕްރީލު 2017
ކްރިކެޓް: އެކުވެރިކަމުގެ ތިން މެޗު ވެސް ދިވެހި ޓީމުން ކާމިޔާބުކޮށްފި
12 ފެބުރުއަރީ 2017

ރާއްޖެއާއެކު އެކުވެރިކަމުގެ މެޗްތައް ކުޅުމަށް ދެ ގައުމަކުން އެދިއްޖެ

12 ފެބުރުއަރީ 2017
ރާއްޖެއާއެކު އެކުވެރިކަމުގެ މެޗްތައް ކުޅުމަށް ދެ ގައުމަކުން އެދިއްޖެ
09 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް

09 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް
02 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ

02 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ
25 ޖެނުއަރީ 2017

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

25 ޖެނުއަރީ 2017
އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި
24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
20 ޖެނުއަރީ 2017

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް