މިމަހުގެ ހަތްވަނަ ދުވަހު ޚާއްސަ ތަމްރީނުތަކެއް ކުރިއަށް ގެންދާނެ: ޑިފެންސް މިނިސްޓްރީ
1 ސެޕްޓެމްބަރު 2020 | އަންގާރަ 13:42މިތަމްރީން ތަކުގައި ބަޑި ޖަހާނެ


ދިވެހި ސިފައިން ކުރިއަށް ގެންދިޔަ އަސްކަރީ ތަމްރީނެއްގެ ތެރެއިން
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ޚާއްސަ އަސްކަރީ ތަމްރީނުތަކެއް އަންނަ ހޯމަ ދުވަހު ކުރިއަށްދާނެ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފިއެވެ.
ޑިފެންސް މިނިސްޓްރީން ބުނީ އެމްއެންޑީއެފް އިން ބާއްވާ ޚާއްސަ އަސްކަރީ ތަމްރީނުތަކެއް ސެޕްޓެމްބަރު 07ން 10ށް، ކޮންމެ ދުވަހެއްގެ ހެނދުނު 06:00ން 18:00ށް ކުރިއަށްދާނެ ކަމަށެވެ.
ޅ. ވަން އެންޑް އޮންލީ ކަނުހުރާގެ އިރުއުތުރުން 05 ނޯޓިކަލް މޭލު ބޭރުގައި ކުރިއަށް ގެންދާ މި ތަމްރީނުގައި ބަޑިޖެހުމަށް ހަމަޖެހިފައިވާ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެއެވެ.
1. ބޭނުންކުރާ ހަތިޔާރު/ ޕައިކޯޓެކްނިކްސް: މެޝިން ގަން ފަޔަރިންގ
2. ވައިގެ ސަރަޙައްދު ބޭނުންކުރާނެ އެންމެ ދުރުމިން: 5000 މީޓަރ
3. ވައިގެ ސަރަޙައްދު ބޭނުންކުރާނެ އެންމެ އުސްމިން: 100 މީޓަރ
4. ވައިގެ ސަރަޙައްދު ބޭނުންކުރާނެ އެންމެ ތިރިމިން: ސީ-ލެވެލް
އެމްއެންޑީއެފްގެ އަސްކަރީ ތަމްރީންތައް ކުރިއަށްދާތީ ކަނޑު ދަތުރުކުރާ ފަރާތްތަކުން މިކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ އިލްތިމާސް ކޮށްފައެވެ.







