Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެސީ ބާސާ ދޫކޮށްލުން

މެސީއަށް އެހެން ކުލަބަކަށް ބަދަލުވެވޭނީ 700 މިލިޔަން ޔޫރޯ ދެއްކުމުން: ލަލީގާ

31 އޯގަސްޓު 2020 | ހޯމަ 08:58

މެސީ ވަނީ މި ޓްރާންސްފާ ބާޒާރުގައި ކުލަބު ދޫކޮށްލަން ބޭނުންވާކަން މެނޭޖުމަންޓަށް އަންގާފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 31 އޯގަސްޓު 2020 | ހޯމަ 08:58
ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ: އޭނާ ބާސާ ދޫކޮށްލަން ބޭނުންވޭ

ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ: އޭނާ ބާސާ ދޫކޮށްލަން ބޭނުންވޭ

މި ޓްރާންސްފާ ބާޒާރުގައި ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީއަށް އެހެން ކުލަބަކަށް ބަދަލުވެވޭނީ އޭނާ ގެންދަން ބޭނުންވާ ކުލަބަކުން 700 މިލިޔަން ޔޫރޯ ދެއްކުމުން ކަމަށް ސްޕެނިޝް ލީގުން ބުނެފިއެވެ.

ދާދި ފަހުން މެސީ ވަނީ ބާސާ ދޫކޮށްލަން ނިންމައި، އެކަން އެ ކުލަބުގެ މެނޭޖުމަންޓަށް އަންގާފައެވެ. ބާސާއާއެކު މެސީ ހަދާފައިވާ އެއްބަސްވުން އަންނަ އަހަރުގެ ހޫނު މޫސުމުގައި ހަމަވަން އޮތްއިރު، މިހާރު އޮތް ގޮތުންނަމަ މި ޓްރާންސްފާ ބާޒާރުގައި މެސީ ގެންދަން ބޭނުންވާ ކުލަބަކުން، އެއްބަސްވުން އުވާލަން 700 މިލިޔަން ޔޫރޯ ދައްކަން ޖެހޭނެއެވެ. އެހެންކަމުން މެސީ ވަނީ އެއްބަސްވުން ބަދަލުކޮށް، މި ޓްރާންސްފާ ބާޒާރުގައި ހިލޭ އެ ކުލަބު ދޫކޮށް ދިޔުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމަށް އެދެފައެވެ.

އެކަމަކު ރިޕޯޓުތައް ބުނާ ގޮތުން މެސީގެ އެއްބަސްވުމާ ގުޅޭގޮތުން މަޝްވަރާ ނުކުރަން ބާސާގެ މެނޭޖުމަންޓުން ވަނީ ނިންމާފައެވެ. އެކަމަކު މީގެ ކުރިން މެސީގެ އެއްބަސްވުމަށް ލުއި ދިނުމަށް ބާސާގެ ލޯ ފާމުން ނަސޭހަތްތެރިވުމާއެކު، އެ ލޯ ފާމާއެކު ހަދާފައިވާ އެއްބަސްވުން ބާސާއިން ވަނީ ނިންމާފައެވެ.

ރިޕޯޓުތައް ބުނާ ގޮތުން އެއްބަސްވުން ބަދަލުކުރުމަށް ބާސާގެ މެނޭޖުމަންޓުން އެއްބަސްނުވެއްޖެ ނަމަ، މެސީގެ ވިސްނުން ހުރީ ޤާނޫނީ ވަކީލުން މެދުވެރިކޮށް ކުރިއަށް ދިޔުމަށެވެ.

އެކަމަކު ސްޕެނިޝް ލީގުން އާދީއްތަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މެސީގެ އެއްބަސްވުމުގައި އޭނާ ކުލަބު ބަދަލުކުރެވޭނެ ގޮތް ސާފުކޮށް ލިޔެފައިވާ ކަމަށާއި، އެއަށް ފުރިހަމައަށް އިހުތިރާމް ކުރަން ޖެހޭނެ ކަމަށެވެ. އެ ގޮތުން އެއްބަސްވުން ހަމަވުމުގެ ކުރިން މެސީއަށް އެހެން ކުލަބަކަށް ދެވޭނީ 700 މިލިއަން ޔޫރޯ ދައްކައިގެން ކަމަށްވެސް މި ބަޔާނުގައި ވަނީ ބުނެފައެވެ.

ބާސާ ދޫކޮށްލަން މެސީ ބޭނުންވާއިރު، އައު ސީޒަނަށް ޕްރީ-ސީޒަން ފެށުމުގެ ގޮތުން ބާސާގެ ކުޅުންތެރިން ކޮވިޑް-19 އަށް އާދީއްތަ ދުވަހު ޓެސްޓު ކުރިއިރު، ކޮވިޑް-19 ޓެސްޓު ހެދުމަށް މެސީ ހާޒިރެއް ނުވެއެވެ.

ރިޕޯޓުތައް ބުނާ ގޮތުން މެސީ ބާސާ ދޫކޮށްލަން ބޭނުންވާ އެންމެ ބޮޑު އެއް ސަބަބަކީ އެ ކުލަބުގެ ރައީސް ޖޯސެފް މާރިއާ ބާޓޮމެއޫގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހޭތީއެވެ. އަދި ބާސާގެ ރައީސްގެ މަގާމުގައި ބާޓޮމެއޫ ހުރިހާ ދުވަހަކު މެސީއަށް ބާސާގައި ކުރިމަގެއް ނެތް ކަމަށް އޭނާ ގަބޫލުކުރާ ކަމަށްވެސް ބުނެއެވެ.

ބާސާގެ ސީނިއާ ޓީމުން 2004 ވަނަ އަހަރު ކެރިއަރު ފެށި މެސީއަކީ ބާސާގެ ތާރީޚުގައި އެޓީމަށް އެންމެ ގިނަ ލަނޑު ޖަހާދީފައިވާ ކުޅުންތެރިޔާއެވެ. އެގޮތުން މިހާތަނަށް 634 ލަނޑު މެސީ ކާމިޔާބުކޮށްފައިވާއިރު، އޭނާ ވަނީ ބާސާއާއެކު ސްޕެނިޝް ލީގު 10 ފަހަރު ހޯދާފައެވެ. އަދި ޗެމްޕިއަންސް ލީގު ހަތަރު ފަހަރު ހޯދާފައި ވާއިރު، މެސީ ވަނީ މިހާތަނަށް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށްދޭ ބަލޮންޑޯ އެވޯޑް ހަ ފަހަރު ހޯދާފައެވެ. މެސީ އަކީ މި އެވޯޑް އެންމެ ގިނައިން ހޯދި ކުޅުންތެރިޔާއެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

3

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

4

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

5

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

އިތުރަށް ކިޔާލަން

30 ޑިސެމްބަރު 2017

ލުކާކޫ ވަރުބަލިވެއްޖެ، އެހެން ނަމަވެސް އަރާމް ކުރުމަށް ފުރުޞަތު ދެވެން ނެތް: މޮރީނިއޯ

30 ޑިސެމްބަރު 2017
ލުކާކޫ ވަރުބަލިވެއްޖެ، އެހެން ނަމަވެސް އަރާމް ކުރުމަށް ފުރުޞަތު ދެވެން ނެތް: މޮރީނިއޯ
14 އޮކްޓޯބަރު 2017

އެހެން ކްލަބަކަށް ބަދަލުވުމުގެ ވިސްނުމެއް ނެތް: ޒިދާން

14 އޮކްޓޯބަރު 2017
އެހެން ކްލަބަކަށް ބަދަލުވުމުގެ ވިސްނުމެއް ނެތް: ޒިދާން
09 އޮކްޓޯބަރު 2017

އެހެންފަހަރު ފަހަރަށް ވުރެ މިފަހަރު މާބޮޑަށް ވެސް ތައްޔާރު، ސަޕޯޓަރުންގެ އެހީ ބޭނުން: އަޑުބަރޭ

09 އޮކްޓޯބަރު 2017
އެހެންފަހަރު ފަހަރަށް ވުރެ މިފަހަރު މާބޮޑަށް ވެސް ތައްޔާރު، ސަޕޯޓަރުންގެ އެހީ ބޭނުން: އަޑުބަރޭ
26 ސެޕްޓެމްބަރު 2017

ނަމޫނާއެއްގެ ގޮތުގައި ބަލަނީ ރޮނާލްޑޯއާ މެސީއަށް: ކޭން

26 ސެޕްޓެމްބަރު 2017
ނަމޫނާއެއްގެ ގޮތުގައި ބަލަނީ ރޮނާލްޑޯއާ މެސީއަށް: ކޭން
08 ސެޕްޓެމްބަރު 2017

ރޮނާލްޑޯ އަކީ އެހެން ޕްލެނެޓެއްގެ ކުޅުންތެރިއެއް: ޒިދާން

08 ސެޕްޓެމްބަރު 2017
ރޮނާލްޑޯ އަކީ އެހެން ޕްލެނެޓެއްގެ ކުޅުންތެރިއެއް: ޒިދާން
07 ޖޫން 2017

ދުނިޔޭގެ އެންމެ މުއްސަނދި ކުލަބަކަށް މެންޗެސްޓާ ޔުނައިޓެޑް

07 ޖޫން 2017
ދުނިޔޭގެ އެންމެ މުއްސަނދި ކުލަބަކަށް މެންޗެސްޓާ ޔުނައިޓެޑް
03 ޖޫން 2017

އެހެން ހުރިހާ ސީޒަންތަކަށްވުރެ ޔުވަންޓަސް މިފަހަރު ތަފާތުވާނެ: އެލެގްރި

03 ޖޫން 2017
އެހެން ހުރިހާ ސީޒަންތަކަށްވުރެ ޔުވަންޓަސް މިފަހަރު ތަފާތުވާނެ: އެލެގްރި
22 މެއި 2017

މިއީ އެހެން ބަޔަކަށް ހޯދޭނެ ތިން ޕޮއިންޓެއް ނޫން : ސުޒެއިން

22 މެއި 2017
މިއީ އެހެން ބަޔަކަށް ހޯދޭނެ ތިން ޕޮއިންޓެއް ނޫން : ސުޒެއިން
25 ފެބުރުއަރީ 2017

ވިކްޓްރީގެ ކެޕްޓަން ބޭންޑް މެސީއަށް

25 ފެބުރުއަރީ 2017
ވިކްޓްރީގެ ކެޕްޓަން ބޭންޑް މެސީއަށް
11 ފެބުރުއަރީ 2017

އެހެން ކްލަބުތަކުން ދެކޭނީ ސީރިއަސްކޮށް، މަސައްކަތް ދެގުނައަށް: ނިޒާމްބެ

11 ފެބުރުއަރީ 2017
އެހެން ކްލަބުތަކުން ދެކޭނީ ސީރިއަސްކޮށް، މަސައްކަތް ދެގުނައަށް: ނިޒާމްބެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް