Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އަދުރޭ ޖޫރިމަނާ ކުރުން

އަދުރޭ 1000ރ އިން ޖޫރިމަނާކޮށްފި، މައްސަލަ ކޯޓަށް ވައްދާނަން: އަދުރޭ

ޖޫރިމަނާ ކުރުމުގައި ހަމަހަމަކަމެއް ނެތްކަމަށް އަބްދުއްރަހީމް ވިދާޅުވި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 31 އޯގަސްޓު 2020 | ހޯމަ 10:50
އިދިކޮޅު ކޯލިޝަން ޕީއެންސީގެ ރައީސް އަބްދުއްރަހީމް މިއަދު އިންޓަވިއު ދެއްވަނީ: ޖޫރިމަނާ ކުރި މައްސަލަ ކޯޓަށް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވި

އިދިކޮޅު ކޯލިޝަން ޕީއެންސީގެ ރައީސް އަބްދުއްރަހީމް މިއަދު އިންޓަވިއު ދެއްވަނީ: ޖޫރިމަނާ ކުރި މައްސަލަ ކޯޓަށް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވި

އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) 1000ރ އިން ޖޫރިމަނާ ކޮށްފިއެވެ.

އަބްދުއްރަހީމް ޖޫރިމަނާ ކޮށްފައިވަނީ ހޯމަ ދުވަހު ފުލުހުންގެ އިދާރާއަށް ހާޒިރު ކުރުމަށްފަހުގައެވެ. އަބްދުއްރަހީމް ފުލުހަށް ހާޒިރު ކުރަން އަންގާފައިވަނީ، "ރާއްޖެ ވިއްކާލުމާ ދެކޮޅަށް" މި ނަމުގައި މިދިޔަ ހުކުރު ދުވަހު އިދިކޮޅު ކޯލިޝަނުން މާލޭގައި ބޭއްވި ސައިކަލު ބުރާއެކު ބޭއްވި އެއްވުމާ ގުޅިގެންނެވެ.

Advertisement - newsAdvertisement

ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށްފަހު، ނޫސްވެރިނަށް މައުލޫމާތު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ، ފުލުހުންގެ އިދާރާ އަށް ހާޒިރު ކުރީ، ޖިނާއީ ތަހުގީގަކަށް ނޫންކަމަށާއި ޖޫރިމަނާ ކުރުމަށް ކަމަށް ފުލުހުންގެ އިދާރާއަށް ވަޑައިގެންނެވުމުން ތަހުގީގު ޓީމުން ބުނި ކަމަށެވެ. ނަމަވެސް އަބްދުއްރަހީމް ވިދާޅުވީ، އޭނާ ޖޫރިމަނާ ކުރަންޖެހޭ ކުށެއް ކޮށްފައިނުވާނެ ކަމަށެވެ.

އަބްދުއްރަހީމް ވަނީ، ހުކުރު ދުވަހުގެ ރޭ އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވަޑައިގެން، އުޅުއްވިއިރު، އެތަނުގައި ގައި ދުރުކަން ނެތްކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް އަހުމަދު ޝިޔާމުއަށް އަނިޔާވާ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން ނެރެލެއްވި ޖަލްސާ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކުރިއަށް ގެންދެވީ ގައިދުރުކަން ނުބަހައްޓަވާ ކަމަށެވެ. އަދި ރައީސް ނަޝީދު ލިޔުއްވާފައިވާ "ދެ ރަދުން" ގެ ފޮތް، އެމަނިކުފާނު ނެރެދެއްވުމަށް ބޭއްވި އިވެންޓްތަކުގައި ވެސް ގައިދުރުކަމާއި މާސްކު އަޅުއްވާފައިނުވާ ކަމަށެވެ.

އެހެންކަމުން ޖޫރިމަނާ ކުރުމުގައި ގާނޫނުއަސާސީގައި ބުނާ ހަމަހަމަކަން ވެސް ނެތް ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

އެހެންކަމުން އަބްދުއްރަހީމް ޖޫރިމަނާ ކުރި މައްސަލަ ކޯޓަށް ހުށަހަޅުއްވާނެ ކަމަށް އޭނާގެ ގާނޫނީ ވަކީލުން ވިދާޅުވި އެވެ.

ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން މީގެކުރިން މާލޭގެ މަގުތަކުގައި މުޒާހަރާކޮށް، ކަނޑުމަތީގައި އޮޑި ދޯނި ފަހަރުގައި ވެސް ވަނީ މުޒާހަރާ ކޮށްފަ އެވެ.

މާލެ ސަރަހައްދުގައި ފަސް މީހުންނަށް ވުރެ ގިނައިން އެއްވެ އުޅުމަކީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މަނާކޮށްފައިވާ ކަމެކެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އެޗްޕީއޭއިން އެކުލަވާލާފައިވާ ގައިޑްލައިންތަކާއި މިންގަނޑުތަކާއި ޚިލާފަށް އިދިކޮޅު ކޯލިޝަނުން ކުރިޔަށް ގެންދިޔަ އެއްވުމާއި ގުޅިގެން ކަމާބެހޭ ފަރާތްތަކުން ބުނެފައިވަނީ އެކަން ބަލަމުންދާ ކަމަށެވެ. އިދިކޮޅު އިސްފަރާތްތަކުން ފުލަހަށް ހާޒިރުވާން ޗިޓް ފޮނުވަމުންދާތީ އިދިކޮޅުން ބުނަމުން އަންނަނީ މިއީ ސަރުކާރު ބަލިކަށިވަމުންދާތީ ބާރުގެ ބޭނުންކޮށްގެން ކުރަމުންދާ ކަންތައްތަކެއް ކަމަށެވެ.

އަބްދުއްރަހީމް ފުލުސް އޮފީހަށް ހާޒިރު ހާޒިރުކޮށްފައިވާއިރު، މި މައްސަލާގައި، ޕީޕީއެމްގެ ނާއިބު ރައީސް އަހުމަދު ޝިޔާމް އާއި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ޝުޖާއު ވެސް ފުލުހަށް ހާޒިރުކޮށްފައި ވެއެވެ. އެހުރިހާ ބޭފުޅުންވެސް 1000ރ އިން ޖޫރިމަނާ ކޮށްފައިވާއިރު، ވަހީދު ވަނީ ގާނޫނީ ވަކީލަކާއެކު ވަޑައިގެންނެވުމަށް އިތުރު ފުރުސަތެއް ދެއްވުމަށް އެދިވަޑައިގަންނަވާފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު