Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކުއްލި މައްސަލައިގެ ވޯޓު

ކާޑުގެ ބާވަތްތައް ހިލޭ ފޯރުކޮށްދިނުމަށް ހުށައެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި

ކޮވިޑް-19 ގެ ހާލަތު ރަނގަޅުވަންދެން ކާޑު ހިލޭ ފޯރުކޮށްދިނުމަށް ގޮވާލި

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 26 އޯގަސްޓު 2020 | ބުދަ 05:56
މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް

މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް

ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ ކާޑުގެ ބާވަތްތައް ހިލޭ ފޯރުކޮށްދިނުމަށް އެދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ހުށައެޅުއްވި ކުއްލި މައްސަލަ މަޖިލީހުގެ ތަޅުމުން ބޭރުކޮށްލައިފިއެވެ.

ބުދަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި ކުއްލި މައްސަލަ ހުށައަޅަމުން އާދަމް ޝަރީފް ވިދާޅުވީ، ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމާ ގުޅިގެން, ރައްޔިތުން ގިނަ ދުވަސްތަކެއް ވަންދެން ރަށު ބަންދުގައި ތިބެން ޖެހުމުން ދިވެހިންގެ މައިއްސަތައްޓަކައި ކުރަމުން ދިޔަ ހުރިހާ މަސައްކަތްތަކެއް ހުއްޓާލަން ޖެހިފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ރައްޔިތުންގެ އާމްދަނީތައް އެއްކޮށް ހުއްޓި, ވަޒިފާތައް ގެއްލި، ދިރިއުޅުމުގެ ހާލަތު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި ރާއްޖޭގައި ކޮވިޑް-19 ކޮންޓްރޯލް ނުކުރެވި އިތުރު ލޮކްޑައުނަކަށް ދާންޖެހިދާނެ ކަމަށް ސިއްހީ މާހިރުން އިންޒާރުދެމުންދާ ކަމަށާއި ރައްޔިތުންނަށް އާމްދަނީ ލިބޭނެ ގޮތެއް ނެތި ގިނަ ދުވަސްތަކެއް ވަމުން ދާކަމަށް ޝަރީފް ފާހަގަކުރެއްވިއެވެ.

އެހެންކަމުން ރައްޔިތުންގެ ބަނޑުފުރައި މުއްތިކުރުމަށް ބޭނުންވާ ފުރާގު ރައްޔިތުންނަށް ލިބޭނެކަން ކަށަވަރުކުރުމަށް ރައްޔިތުންނަށް މަސައްކަތް ކުރެވޭނެ ހާލަތަކަށް ބަލިމަނޑުކަން ކޮންޓްރޯލް ކުރެވެންދެން ދައުލަތުގެ ވަޒީފާ އަދާކުރާ މީހުންނާއި ދައުލަތުގެ އިނާޔަތެއް ލިބޭ މީހުން ފިޔަވައި އެހެން ހުރިހާ ދިވެހިންނަށް ކާޑުގެ ބާވަތްތައް ހިލޭ ފޯރުކޮށްދިނުމަށް ގޮވާލާކަމަށް ޝަރީފް ވިދާޅުވިއެވެ.

އެހެންނަމަވެސް މި މައްސަލައަށް މަޖިލީހުގައި ބަހުސްކުރުމަށް ނެގި ވޯޓުން 24 މެމްބަރުންގެ އަގުލަބިއްޔަތުން މައްސަލަ ބަލައިނުގަނެ ބޭރުކޮށްލީއެވެ. މައްސަލަ ބަލައިގަންނަން ހަތް މެމްބަރުން ވޯޓުލާފައިވާއިރު، އެއްވެސް ގޮތަކަށް ވޯޓު ނުލައްވާ ދެ މެމްބަރުން ތިއްބެވިއެވެ. މިއަދުގެ މަޖިލީހަށް ހާޒިރުވެ ތިއްބެވި 39 މެމްބަރުންގެ ތެރެއިން 31 މެމްބަރުން ވަނީ ވޯޓުގައި ބައިވެރިވެފައެވެ.

ޝަރީފް މި ކުއްލި މައްސަލަ ހުށައަޅާފައިވާއިރު، މިދިޔަ ސަރުކާރުން ވަނީ 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ އެއް ވަނަ ދުވަހު ކާޑުގެ ބާވަތްތަކުގެ އަގު 100 އިންސައްތަ ބޮޑުކޮށް ސަބްސިޑީސް ކަނޑާލާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިންޑިއާ އިން ރޮހިންޖާ މުސްލިމުންނަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދިނުމަށް ބަންގްލަދޭޝުން ގޮވާލައިފި

އިންޑިއާ އިން ރޮހިންޖާ މުސްލިމުންނަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދިނުމަށް ބަންގްލަދޭޝުން ގޮވާލައިފި

10 ސެޕްޓެމްބަރު 2017
ރަސްރަނި ބަގީޗާ އަށް ވަނުން ދިވެހިންނަށް ހިލޭ، ބިދޭސީން އަތުން ފީއެއް ނަގަނީ!

ރަސްރަނި ބަގީޗާ އަށް ވަނުން ދިވެހިންނަށް ހިލޭ، ބިދޭސީން އަތުން ފީއެއް ނަގަނީ!

22 އޯގަސްޓު 2017
ހެޔޮ އަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ލޯނު ދޫކުރުމާ ބެހޭ ގަވާއިދު އާންމުކޮށްފި

ހެޔޮ އަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ލޯނު ދޫކުރުމާ ބެހޭ ގަވާއިދު އާންމުކޮށްފި

21 އޯގަސްޓު 2017
މުޅި އަހަރު ހިލޭ ޑޭޓާ ލިބުމުގެ ފުރުސަތެއް އުރީދޫއިން ހުޅުވާލައިފި

މުޅި އަހަރު ހިލޭ ޑޭޓާ ލިބުމުގެ ފުރުސަތެއް އުރީދޫއިން ހުޅުވާލައިފި

14 އޯގަސްޓު 2017
ފަރުމަސް ބާވަތްތައް ގިނަ، އަގުތައް ދަށަށް!

ފަރުމަސް ބާވަތްތައް ގިނަ، އަގުތައް ދަށަށް!

07 ޖޫން 2017

އަހަރުތަކުން މިއަދު

21 އެޕްރީލު
އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް
20251 އަހަރު ކުރިން
ރާއްޖެ

އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން
20224 އަހަރު ކުރިން
ސިއްހަތު

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން

 ޗިކެން ޕަނީނީ ސޭންޑްވިޗް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކެން ޕަނީނީ ސޭންޑްވިޗް

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!
20188 އަހަރު ކުރިން
ރާއްޖެ

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު