Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނިޒާމް ކަނޑައެޅުމުގެ ވޯޓް

ވެރިކަމުގެ ނިޒާމް ކަނޑައަޅަން ނެގި ވޯޓު މައުމޫން އޮޅުވާލެއްވި: ނަޝީދު

ރާއްޖޭގެ ސިޔާސީ އިޖްތިމާޢީ އިޤްތިޞާދީ ޙާލަތަށް ބަލާއިރު ރާއްޖެއަށް އެންމެ ކަމުދާ ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމް: މައުމޫން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 24 އޯގަސްޓު 2020 | ހޯމަ 19:26
ރައީސް މުހައްމަދު ނަޝީދު (ކ) އަދި ރައީސް މައުމޫން (ވ)

ރައީސް މުހައްމަދު ނަޝީދު (ކ) އަދި ރައީސް މައުމޫން (ވ)

ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމެއްތޯ ނުވަތަ ބަރުލަމާނީ ވެރިކަމެއްތޯ ބެލުމަށް ނެގި ފެންނަން ނުފެންނަ ވޯޓު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އޮޅުވާލެއްވި ކަމަށް ރައްޔިރުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މައުމޫންގެ ވެރިކަން ބަދަލުކުރެއްވި މޭސްތިރިކަމުގައި ގިނަ ބަޔަކު ގަބޫލު ކުރައްވާ ރައީސް ނަޝީދު މިހެން ވިދާޅުވީ ދިވެހި ރާއްޖޭގެ ސިޔާސީ އިޖްތިމާޢީ އިޤްތިޞާދީ ޙާލަތަށް ބަލާއިރު ރާއްޖެއަށް އެންމެ ކަމުދާ ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމުކަން ކަށަވަރު ކަމަށް ރައީސް މައުމޫން ވިދާޅުވެފައި ވަނިކޮށެވެ. އަދި 2007 ވަނަ އަހަރު ރާއްޖޭގެ ރައްޔިތުން ވަރަށް ބޮޑު އަޣްލަބިއްތަކުން ނިންމަވާފައި ވަނީ ވެސް ހަމަ އެހެން ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖޭގެ ވެރިކަން ހިންގުން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބިލެއް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ރައްޔިތުންގެ މަޖިލީހަށް ވަނީ ހުށަހަޅުއްވާފައެވެ.

މައުމޫން ކުރެއްވި ޓްވީޓާއި ގުޅިގެން ނުސީދާގޮތެއްގައި ރައްދު ދެއްވަމުން ރައީސް ނަޝީދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ރައީސް މައުމޫންގެ ހަޔާތްޕުޅުގައި ކޮންމެ ވޯޓެއް ވަނީ އެ މަނިކުފާނު އޮޅުވާލައްވާ މަކަރު ހައްދަވާފައި ކަމަށެވެ. އަދި 2007 ގެ ނިޒާމްގެ ވޯޓު ވެސް ކަނޑައެޅިގެން އޮޅުވާލެއްވި ކަމަށާއި، ރައީސް މައުމޫނަށް އޮޅުވާނުލެއްވުނީ ހަމައެކަނި 2008 ގެ ވޯޓު ކަމަށެވެ. އަދި އެއިންވީ ބަލި ކަމަށް ރައީސް ނަޝީދުގެ ޓުވީޓުގައި ވިދާޅުވެފައިވެއެވެ.

2007 ވަނަ އަހަރު ވެރިކަމުގެ ނިޒާމު ކަނޑައަޅަން ނެގުނު ވޯޓްގައި 95،619 މީހުން ވޯޓް ދީފައިވަނީ ރިޔާސީ ނިޒާމު އޮންނަން ފެންނަ ކަމަށެވެ. ބަރުލަމާނީ ނިޒާމު އޮންނަން ފެންނަ ކަމަށް ވޯޓް ދީފައިވަނީ 58،504 މީހުންނެވެ. މި ވޯޓުގައި 199،841 މީހުން ވޯޓުލުމަށް ރަޖިސްޓްރީވިއެވެ. އަދި ވޯޓު ލާފައިވަނީ 155،890 މީހުންނެވެ.

ރިޔާސީ ބަރުލަމާނީގެ ވާހަކަ ފަހަކަށް އައިސް އަޑުގަޑަވެފައިވާ އިރު، އެމްޑީޕީގެ އޮފީހުގައި މިދިޔަ ޖުލައި މަހުގެ 30 ވަނަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ އަބަދުވެސް ތާއީދު ކުރަނީ ބަރުލަމާނީ ނިޒާމަށް ކަމަށާއި، ގައުމެއްގެ ވެރިކަން ހިންގަން އޮތް ހަމައެކަނި ނިޒާމަކީ ވެސް ބަރުލަމާނީ ނިޒާމު ކަމަށެވެ. ނަޝީދު ވިދާޅުވީ ބަރުލަމާނީ ނިޒާމު ގެނައުމުގެ މަޝްވަރާތައް ކޮންމެ ރެއަކު ވެސް ކޮންމެ މެންދުރަކު ވެސް ކުރިއަށްދާ ކަމަށެވެ.

މީގެ އިތުރުން ރައީސް މުޙައްމަދު ނަޝީދާއި ސުވާލުކުރުމުގެ ފުރުޞަތު ޢާންމު ރައްޔިތުންނަށް ދިނުމަށް ބޭއްވި 'އާސްކް ސްޕީކަރ' ޕްރޮގުރާމުގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވެފައިވަނީ ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެންނާނީ ދިވެހި ރައްޔިތުން ކަމަށެވެ. އަދި އެ ނިޒާމު ގެނައުމަށް މަސައްކަތް ކުރުމަކީ ވަކި ބަޔަކު ބޭނުން ވެގެން ކުރާ ބާވަތުގެ ކަމެއް ނޫން ކަން ފާހަގަ ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ، އެ މަސައްކަތް ކުރައްވާނީ ސަރުކާރު ހިންގާ މައިޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ހުރިހާ މެމްބަރުން އެކަން ކުރަން ބޭނުންވާ ކަމުގައި ވާނަމަ ކަމަށެވެ.

ޖޫން މަހުގެ 23 ވަނަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބަރުލަމާނީ ނިޒާމު ގެނައުމާއި ބެހޭ ގޮތުން ނޫސްވެރިޔަކު ސުވާލުކުރުމުން ރައީސް ސޯލިހު ވިދާޅުވީ، މި ދަނޑިވަޅުގައި ބަރުލަމާނީ ނިޒާމުގެ ވާހަކަ ދެއްކުމަކީ އެއީ އެއްވެސް ގޮތަކަށް އެމަނިކުފާނު ކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާ ކަމެއް ނޫން ކަމަށެވެ.

އަދި މި ސަރުކާރަކީ ރައްޔިތުންނަށް ގިނަ ވައުދުތަކެއް ވެގެން އައި ސަރުކާރެއް ކަމަށް ވިދާޅުވެ ރައީސް ވިދާޅުވާ ވިދާޅުވުން އެމަނިކުފާނު ތަކުރާރު ކުރެއްވިއެވެ. އަދި ވިދާޅުވީ، ހުރިހާ ވަގުތެއް ހުސްކުރަން ބޭނުންފުޅުވެ ވަޑައިގަންނަވަނީ ވައުދުތައް ފުއްދުމުގައި ކަމަށެވެ. އައު ގާނޫނު އަސާސީ އެކުލަވާލިއިރު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަންވެސް ކުރެއްވި ރައީސް ސޯލިހު ވިދާޅުވީ، ގާނޫނު އަސާސީ އެކުލަވާލިއިރުގައި ނިޒާމުގެ ވާހަކައަކީ ރައްޔިތުން ކައިރިއަށް ގޮސް ރައްޔިތުންގެ އަޑު އަހައިގެން ނިންމާފައި އޮތް ނިންމުމެއް ކަމަށާއި، ބަރުލަމާނީ ނިޒާމެއް ގެނައުމާއި މެދުވެސް ގޮތެއް ނިންމާނީ ރައްޔިތުން ކަމަށެވެ.

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ޕީޕީއެމް ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންގޮސްފި

27 ޖެނުއަރީ 2017
ޕީޕީއެމް ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންގޮސްފި
27 ޖެނުއަރީ 2017

ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި

27 ޖެނުއަރީ 2017
ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި
27 ޖެނުއަރީ 2017

ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ

27 ޖެނުއަރީ 2017
ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ
23 ޖެނުއަރީ 2017

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި
20 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!

20 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު