Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޑެޕިއުޓީ ގަވަރުނަރު އައްޔަނުކުރުން

އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު ކަމަށް އިމާދު އައްޔަނު ކުރުމާއި ގުޅޭ މައްސަލަ ކޮމިޓީއަށް

އެޗްއާރުސީއެމްއަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން 8 ބޭފުޅެއްގެ ނަންވަނީ ކޮމިޓީއަސް ފޮނުވާފަ

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 24 އޯގަސްޓު 2020 | ހޯމަ 07:22
އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް އަދި އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުގެ މަގާމަށް ނަންފޮނުވާފައިވާ އަހުމަދު އިމާދު މަޖިލީހުގެ ކޮމިޓީއެއްގައި

އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް އަދި އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުގެ މަގާމަށް ނަންފޮނުވާފައިވާ އަހުމަދު އިމާދު މަޖިލީހުގެ ކޮމިޓީއެއްގައި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ޑެޕިއުޓީ ގަވަރުނަރުކަމުގެ މަގާމަށް އަހުމަދު އިމާދު އައްޔަނު ކުރުމާއި ގުޅޭ މައްސަލަ ކަމާ ގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުވައިފިއެވެ.

ހޯމަ ދުވަހުގެ ޖަލްސާގައި މި މައްސަލަ ދިރާސާ ކުރުމަށް ފޮނުވާފައިވަނީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށެވެ.

Advertisement - newsAdvertisement

އެމްއެމްއޭގެ މަނިޓަރީ ޕޮލިސީ ރިސާޗް އެންޑް ސްޓެޓިސްޓިކްސް ޑިވިޝަންގެ އެގްޒެކްޓިވް ޑިރެކްޓަރގެ މަގާމު އަދާ ކުރައްވަމުން ގެންދަވާ އިމާދަކީ އެސީއެމްޑީއޭގެ ބޯޑް މެމްބަރެއްގެ ގޮތުގައި މިހާރުވެސް މަސައްކަތްކުރައްވާ ބޭފުޅެކެވެ.

އޭނާ ގެންދަވަނީ 2000 ވަނަ އަހަރުން ފެށިގެން އެމްއެމްއޭގައި މަސައްކަތް ކުރައްވަމުންނެވެ. އަދި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގައި ވެސް މަސައްކަތްކުރައްވާފައިވެއެވެ.

މީގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގެ ހުސްވެފައިވާ މަގާމުތައް ކުރިމަތިލައްވާފައިވާ ބޭފުޅުންގެ ނަންތައް ދިރާސާ ކުރުމަށް ވަނީ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއަށް ފޮނުވާފައެވެ. މި މަގާމުތަކަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން 8 ބޭފުޅެއްގެ ނަން ދިރާސާ ކުރުމަށް ކޮމީޓިއަށް ވަނީ ފޮނުވާފައެވެ.

އެ ކޮމިޝަންގެ ހުސްވެފައިވާ މެންބަރުންގެ މަޤާމުތަކަށް ބޭފުޅުން ޢައްޔަންކުރެއްވުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ނަންތައް ހުށަހަޅުއްވާފައި ވަނީ އެ ކޮމިޝަނުގެ 3 މެންބަރުން އިސްތިޢުފާ ދެއްވާފައިވާތީ އާއި އެއް މެމްބަރެއްގެ މަގާމުގެ މުއްދަތު ހަމަވާތީއެވެ. އަދި އެ ކޮމިޝަންގެ މެންބަރެއްގެ މެންބަރުކަމުގެ މުއްދަތު، 12 ސެޕްޓެންބަރު 2020 ގެ ނިޔަލަށް ހަމަވާތީ، އެ މަޤާމުތަކަށް މެންބަރުން ޢައްޔަންކުރެއްވުމަށްޓަކައެވެ.

ކޮމިޝަންގެ މެމްބަރުކަމުން އިސްތިއުފާ ދެއްވާފައިވަނީ ކޮމިޝަންގެ ރައީސްގެ މަޤާމުގައި ހުންނެވި އައިމިނަތު އީނާސްގެ އިތުރުން އައިޝަތު އަފްރީން އެވެ. އަދި ކޮމިޝަނުގެ މެންބަރު މޫސާ ޢަލީ ކަލޭފާނެ އެވެ. 3 މެމްބަރުންވެސް މަޤާމުން އިސްތިއުފާ ދެއްވާފައިވަނީ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުން ކުރިއަށްގެންދަން ފެށުމުންނެވެ.

އޭގެއިތުރުން ކޮމިޝަނުގެ ނާއިބު ރައީސް މުހައްމަދު ޒާހިދު މަޤާމުން ވަކިކުރުމަށް ފާސްކޮށްފައިވެއެވެ. އެގޮތަށް ފާސްކޮށްފައިވަނީ ޖުލައި މަހުގެ 22 ވަނަ ދުވަހު އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްއެމްއޭގެ މުއައްޒަފުންނަށް ގެދޮރު ގަތުމަށް ލޯނު ނެގޭ ގޮތަށް ގަަވައިދު އާންމުކޮށްފި

އެމްއެމްއޭގެ މުއައްޒަފުންނަށް ގެދޮރު ގަތުމަށް ލޯނު ނެގޭ ގޮތަށް ގަަވައިދު އާންމުކޮށްފި

08 ޖުލައި 2017
ގަވަރުނަރުކަމުން އިސްތިއުފާ ދެއްވާކަމަށް ދެކެވޭ ވާހަކަ އަޒީމާ ދޮގުކުރައްވައިފި

ގަވަރުނަރުކަމުން އިސްތިއުފާ ދެއްވާކަމަށް ދެކެވޭ ވާހަކަ އަޒީމާ ދޮގުކުރައްވައިފި

06 ޖުލައި 2017
އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރުންނަން ރޮޒޭނާއާއި އަލީ އާޒިމް

އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރުންނަން ރޮޒޭނާއާއި އަލީ އާޒިމް

05 ޖުލައި 2017
އިމާދު ސޯލިހު އެމްޑީޕީއާ ގުޅިއްޖެ

އިމާދު ސޯލިހު އެމްޑީޕީއާ ގުޅިއްޖެ

22 ޖޫން 2017
ރައީސް ޔާމީންގެ ކޮއްކޯފުޅު އަލްގީނަށް ޑެޕިއުޓީ މިނިސްޓަރުގެ މަގާމު!

ރައީސް ޔާމީންގެ ކޮއްކޯފުޅު އަލްގީނަށް ޑެޕިއުޓީ މިނިސްޓަރުގެ މަގާމު!

11 ޖޫން 2017

އަހަރުތަކުން މިއަދު

21 އެޕްރީލު
އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް
20251 އަހަރު ކުރިން
ރާއްޖެ

އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން
20224 އަހަރު ކުރިން
ސިއްހަތު

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން

 ޗިކެން ޕަނީނީ ސޭންޑްވިޗް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކެން ޕަނީނީ ސޭންޑްވިޗް

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!
20188 އަހަރު ކުރިން
ރާއްޖެ

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު