Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް-19އަށް ޕޮޒިޓިވްވުން

ޕޮޒިޓިވްވާ ގިނަ މީހުންގެ ތެރޭގައި ގިނައިން ހިމެނެނީ ވަޒީފާއެއްގައި ނޫޅޭ މީހުން: އެޗްއީއޯސީ

20 އޯގަސްޓު 2020 | ބުރާސްފަތި 02:21

އެކި ދާއިރާތަކުގައި މަސައްކަތް ކުރާ މީހުން ޕޮޒިޓިވްވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 20 އޯގަސްޓު 2020 | ބުރާސްފަތި 02:21
ކޮވިޑް-19އަށް ގިނަ އަދަދެއްގެ ދިވެހިން އަންނަނީ ޕޮޒިޓިވްވަމުން

ކޮވިޑް-19އަށް ގިނަ އަދަދެއްގެ ދިވެހިން އަންނަނީ ޕޮޒިޓިވްވަމުން

ކޮވިޑް-19އަށް ޕޮޒިޓިވްވާ ގިނަ މީހުންގެ ތެރޭގައި ގިނައިން ހިމެނެނީ ވަޒީފާއެއްގައި ނޫޅޭ މީހުން ކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ން ބުނެފިއެވެ.

ބުދަ ދުވަހުގެ ރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ އެޕިޑަމޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ އެއްދުވަހުން އަނެއް ދުވަހަށް ކޭސްތައް އިތުރުވަމުން އަންނައިރު، އެކި ދާއިރާތަކުގައި މަސައްކަތް ކުރާ މީހުން ޕޮޒިޓިވްވަމުންދާ ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން ކާބޯތަކެތީގެ ޚިދުމަތް ދޭ ތަންތަންތަނުގައި މަސައްކަތް ކުރާ މީހުންނާއި، ކޮންސްޓްރަކްޝަން ދާއިރާގައި އުޅޭ މީހުންނާއި، ޑެލިވަރީގެ ޚިދުމަތް ދޭ މީހުންނާއި، ޑްރައިވަރުންނާއި، ބޯޓު ފަހަރު ދުއްވާ މީހުންނާއި، މަސްވެރިންނާއި، ފްރޮންޓްލައިން ވޯކާސް، ގެސްޓް ހައުސްތަކުގައި އަދި ގެތަކުގައި އެކިއެކި މަސައްކަތް ކުރާ މީހުންގެ އިތުރުން ލޭބަރުން، މާރުކޭޓު، މިސްކިތްތަކުން، އެންޖީއޯތައް، ގޭގެއަށް ގޮސް ސަރވިސްތައް ދޭ މީހުންނާއި، ސްކޫލުތަކުން އަދި ފިހާރަތަކުގައި މަސައްކަތް ކުރާ މީހުން ޕޮޒިޓިވްމުން އަންނަ އަދަދު ވަކިން ބަލަމުން އަންނަ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.

މީގެ ތެރެއިން ވެސް ވަޒީފާއެއްގައި ނޫޅޭ މީހުން ބައްޔަށް ޕޮޒިޓިވްވާ މީހުން ވަރަށް ބޮޑަށް އިތުރުކަން ޑރ. އަފްޒަލް ފާހަގަކުރެއްވިއެވެ. ޑރ.އަފްޒަލް ވިދާޅުވީ ވަޒީފާއެއް ނެތި ޕޮޒިޓިވްވާ މީހުންގެ ތެރޭގައި ގިނައިން ހިމެނެނީ ވެސް ޒުވާނުން ކަމަށެވެ.

ވަޒީފާއެއް ނެތް ގިނަ އަދަދެއްގެ ޒުވާނުން ޕޮޒިޓިވްވާ ސަބަބުތަކަށް އަލިއަޅުއްވާލައްވާ ޑރ. އަފްޒަލް ވިދާޅުވީ މަސައްކަތެއް ނެތި ގޭގައި ހުންނަން ޖެހުމުން ގިނަ ވަގުތު ބޭރުގައި އުޅުމާއި، ގިނައިން ކެޕޭ ރެސްޓައުރެންޓްތަކަށް ދިޔުމުގެ އިތުރުން ދިރިއުޅޭ ގޭއަށް ބޭނުންވާ އެކިއެކި ސާމާނު ގަތުމުގައި އެމީހުން ހަރަކާތްތެރިވެ އުޅޭ މިންވަރު އިތުރު ކަމަށެވެ.

އެހެންކަމުން ޑރ. އަފްޒަލް ވަނީ ކޮންމެހެން ގެއިން ބޭރަށް ނުކުންނަން ޖެހިގެން މެނުވީ ނުނިކުތަމަށް އިލްތިމާސް ކުރައްވާފައެވެ.

މީގެ އިތުރުން ޑރ. އަފްޒަލް ވިދާޅުވީ ޕޮޒިޓިވްވާ ކޭސްތަކުގެ އުމުރު ފުރައަށް ބަލާއިރު އެންމެ ގިނައީ 18 އަހަރާއި 39 އަހަރުގެ ދެމެދުގެ މީހުން ކަމަށެވެ. ދެވަނަ އަށް އެންމެ ގިނައީ 40 އަހަރާއި 64 އަހަރުގެ ދެމެދުގެ އުމުރު ފުރާ މީހުން ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

މާފަންނު ގެއެއްގެ ތެރޭގައި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ

24 ޖެނުއަރީ 2017
މާފަންނު ގެއެއްގެ ތެރޭގައި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ
23 ޖެނުއަރީ 2017

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި
22 ޖެނުއަރީ 2017

ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް

22 ޖެނުއަރީ 2017
ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
16 ޖެނުއަރީ 2017

ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

16 ޖެނުއަރީ 2017
ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
07 ޖެނުއަރީ 2017

އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް