Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވެންޓިލޭޓަރު ގެނައުމުގެ މައްސަލަ

ވެންޓިލޭޓަރުތައް ގެންނަން ދުބާއީ ކުންފުންޏާ ހަވާލުކުރީ އެއަށްވުރެ ހެޔޮއަގުގައި ލިބޭނެ ކަމަށް އަންގާފައިވަނިކޮށް: އޭޑީކޭ

18 އޯގަސްޓު 2020 | އަންގާރަ 14:56

ޖަރމަނީ ވެންޓިލޭޓަރަކީ ދުނިޔޭގެ ލީޑިންގ، މި ވަގުތު ވަރަށް ޑިމާންޑް ބޮޑު ބްރޭންޑެއް

އަމްނާ އިމާދު
އަމްނާ އިމާދު | 18 އޯގަސްޓު 2020 | އަންގާރަ 14:56
އޭޑިކޭ، ކޮވިޑް-19އާ ގުޅިގެން ބައެއް ޚިދުމަތްތަކަށް ވަނީ ބަދަލު ގެނެސްފައި

އޭޑިކޭ، ކޮވިޑް-19އާ ގުޅިގެން ބައެއް ޚިދުމަތްތަކަށް ވަނީ ބަދަލު ގެނެސްފައި

ކޮވިޑް-19 އާ ގުޅިގެން ރާއްޖެ އަށް ގެންނަން ނިންމި ވެންޓިލޭޓަރުތަކުގެ ތެރެއިން، 75 ވެންޓިލޭޓަރު ގެނައުމަށް ދުބާއީގެ ކުންފުންޏާ ހަވާލުކުރީ އެއަށްވުރެ ހެޔޮ އަގެއްގައި އެއެއްޗެހި ލިބޭނެކަން އަންގާފައިވަނިކޮށް ކަމަށް އޭޑީކޭ ޓްރޭޑް އެންޑް ޝިޕިންގ އިން ބުނެފިއެވެ.

އޭޑީކޭ އިން ބުނީ ރާއްޖެއިން ކޮވިޑް-19 ގެ ބަލިމަޑުކަމާއި ކުރިމަތިލުމަށް ކުރަން ޖެހޭ ކަންކަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެކުލަވައިލި އެގްޒެކެޓިވް ސްޓިއަރިންގ ކޮމެޓީގެ މެންބަރަކު، ނުރަސްމީކޮށް 15 މާރިޗް 2020 ގައި އޭޑީކޭ ޓްރޭޑް އެންޑް ޝިޕިންގގެ އިސްވެރިއެއްގެ އަރިހުން ޑްރިޖާސް ވެންޓިލޭޓަރު ފޯރުކޮށްދެވޭނެ އަގު އޮޅުން ފިލުވާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އެފަރާތުން އަގުގެ މަޢުލޫމާތު ސާފުކުރުމުން، ޖަރމަނީ ވެންޓިލޭޓަރަކީ ދުނިޔޭގެ ލީޑިންގ، މި ވަގުތު ވަރަށް ޑިމާންޑް ބޮޑު ބްރޭންޑަކަށްވެފައި ސަޕްލައި ކުރުމުގައި "ޕްރޮޑަކްޝަން ބޮޓްލްނެކް" ތަކެއް ހުރިކަން ޑްރިޖާސްގެ މައި ކުންފުނިން އޭޑީކޭ އަންގާފައިވާތީވެ، އަވަސް މުއްދަތެއްގެ ތެރޭގައި ސަޕްލައިކޮށް ދެވޭނެތޯ ބުނަން އެނގޭނީ ޑްރިޖާސް މައި ކުންފުނިން ސްޕެސިފިކޭޝަން ވެރިފައި ކޮށްފައި ކަމަށް މައުލޫމާތު ހިއްސާ ކޮށްފައިވާ ކަމަށް އޭޑިކޭއިން ބުނެއެވެ.

މީގެއިތުރުން އޭޑީކޭއިން ބުނީ ޔޫރަޕިއަން ސްޓޭންޑަޑްތަކަށް ފެތޭ، ކޮވިޑް-19 ގެ ހާލަތަށް އެކަށޭނަ ސީ.އީސެޓިފިކޭޝަންގެ ދެ ބްރޭންޑެއްގެ ވެންޓިލޭޓަރ 5500 ޑޮލަރާއި، 6200 ޑޮލަރާ ދެމެދުގެ އަގެއްގައި، 04 ހަފްތާތެރޭގައި ސަޕްލައިކޮށް ދެވިދާނެ ކަމަށް އަންގައި، އެގްޒެކެޓިވް ސްޓީރިއަން ކޮމިޓީގެ މެމްބަރާ އެކަން ހިއްސާކޮށްފައިވާ ކަމަށް އެބަޔާނުގައި ވަނީ ބުނެފައެވެ.

ނަމަވެސް އޭގެ ފަހުން މިކަމާއި ގުޅިގެން ރަސްމީކޮށް ނުވަތަ ނުރަސްމީކޮށް ވެސް އިތުރު އެއްވެސް ފަރާތަކުން ސާފުކޮށްފައެއް ނުވާ ކަމަށެވެ.

އޭޑީކޭ އަކީ ޑްރިޖާސްގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރުކަން އެނގޭކަން ފާހަގަކޮށް ބަޔާނުގައި ބުނެފައިވަނީ ކަންޓްރީ ޑިސްޓްރިބިއުޓަރު ހުއްޓައި، ޑިސްޓްރިބިއުޓަރު ބައިޕާސްކުރުމަށްފަހު، މިފަދަ ލައިފްސޭވިން ތަކެތި، ތިންވަނަ ފަރާތެއްގެ އަތުން ހޯދުމަކީ އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސް އާ ހިލާފު ކަމެއް ކަމަށެވެ. އަދި ޑަބްލިއުއެޗްއޯ އިން ބުނެގެން ކަމަށް ބުނެ، ދުބާއީގެ ކުންފުންޏަކުން ބޮޑު އަގުގައި، 32،500 އަށް ވެންޓިލޭޓަރެއްގެ މަގުން 75 ޑްރިޖާސް ވެންޓިލޭޓަރު ގަތުމަށް 90 ޕަސެންޓް އެޑްވާންސް ފައިސާ ފޯރުކޮށްދީފައިވާކަން އެނގެން އޮތް ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

އޭޑީކޭއިން ބުނީ ކުރިން ކުރި މުއާމަލާތްތަކުގައި ޑްރިޖާސް އޮކްސިލޮގް ވެންޓިލޭޓަރެއް 15،000 ޑޮލަރަށް ހައި އެންޑް އައިސީޔޫ އެންޑް އެންބިއުލޭޓަރީ ވެންޓިލޭޓަރެއް 20،500 ޑޮލަރަށް ލިބިދާނެ ކަމަށް އަގު ދީފައިވާ ކަމަށެވެ.

އެޑީކޭއަކީ މެޑިކަލް ސަޕްލައި ކޮށްދިނުމުގައި ގިނަ އަހަރުތަކެއްގެ ތަޖުރިބާހުރި އަދި ދުނިޔޭގެ މެޑިކަލް އިންޑަސްޓްރީގެ ލީޑިންގ ގިނަ ބްރޭންޑްތަކުގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރެވެ.

އެގޮތުން ރާއްޖޭގެ އެންމެ ބޮޑު ޕްރައިވެޓް 02 ހޮސްޕިޓަލަށާއި ސަރުކާރު ހޮސްޕިޓަލްތަކަށް ވެސް ގިނަ އަދަދެއްގެ ޑްރިޖާސް ވެންޓިލޭޓަރާއި އެނެސްތީޝިއާ މެޝިން މީގެ ކުރިންވެސް ވާނީ ސަޕްލައިކޮށް ދީފައިވެއެވެ. އަދި ކޮވިޑް-19 އާއި ގުޅިގެން ބޭނުންވާ ޕީސީއާރ މެޝިނާއި ޕީޕީއީ މެދުކެނޑުމެއްނެތި ފޯރުކޮށްދެމުންދާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

ރާއްޖޭގައި ކޮވިޑް-19ގެ ނުރައްކާ އިންތިހާއަށް ފެތުރިފައިވާ ނާޒުކު ދަނޑިވަޅުގައި، ވެންޓިލޭޓަރާއި ޕީޕީއީ ގަތުމަށްކަމަށް ބުނެ މިނިސްޓްރީ އޮފް ހެލްތުން މުއާމަތްތައް ހިންގާފައިވާ ގޮތުގެ ސަބަބުން، ރައްޔިތުންނަށް ހައްގުވާ ދުނިޔޭގެ ފެންވަރުގެ އެންމެ ފުރިހަމަ ސިއްހީ ވަސީލަތްތަކުން މަހުރޫމްކޮށް، ބަޔަކު މީގެ ނާޖާއިޒް މަންފާ ނަގާފައިވާކަމަށް ވަރަށް ބޮޑަށް ގަބޫލުކުރެވޭ ކަމަށް އޭޑީކޭއިން ބުނެއެވެ.

ދައުލަތުގެ އިދާރާތަކުން ރައްޔިތުންގެ ހައްގުގައި ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ވެސް އޭޑީކޭއިން ވަނީ ގޮވާލާފައެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

06 ސެޕްޓެމްބަރު 2017

މަޑިވަރުގައި ރިސޯޓް ތަރައްގީކޮށް ހިންގުމަށް ދުބާއީގެ އިމާރު ގްރޫޕަށް

06 ސެޕްޓެމްބަރު 2017
މަޑިވަރުގައި ރިސޯޓް ތަރައްގީކޮށް ހިންގުމަށް ދުބާއީގެ އިމާރު ގްރޫޕަށް
26 އޯގަސްޓު 2017

ލަންދޫގެ ކަރަންޓްގެ މައްސަލައަށް ހައްލެއް ގެންނަން މަސައްކަތް ކުރަނީ: ފެނަކަ

26 އޯގަސްޓު 2017
ލަންދޫގެ ކަރަންޓްގެ މައްސަލައަށް ހައްލެއް ގެންނަން މަސައްކަތް ކުރަނީ: ފެނަކަ
04 އޯގަސްޓު 2017

ދުބާއީގެ ޓޯޗު ޓަވަރުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

04 އޯގަސްޓު 2017
 ދުބާއީގެ ޓޯޗު ޓަވަރުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
14 މެއި 2017

އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމަށް އެއާރޕޯޓް ކުންފުންޏާއި ފުލުހުން އެއްބަސްވުމެއްގައި ސޮއިކޮށްފި

14 މެއި 2017
އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމަށް އެއާރޕޯޓް ކުންފުންޏާއި ފުލުހުން އެއްބަސްވުމެއްގައި ސޮއިކޮށްފި
26 އެޕްރީލު 2017

މާފަރު އެއާޕޯޓް ތަރައްގީކުރުން ސަން ސިޔާމްގެ ކުންފުންޏާ ހަވާލުކޮށްފި

26 އެޕްރީލު 2017
މާފަރު އެއާޕޯޓް ތަރައްގީކުރުން ސަން ސިޔާމްގެ ކުންފުންޏާ ހަވާލުކޮށްފި
23 އެޕްރީލު 2017

ޔާމީނު މަރާލި މީހުން ހޯދައި އިންސާފުގެ ކުރިމައްޗަށް ގެންނަން ޖެހޭ: ރައީސް މައުމޫނު

23 އެޕްރީލު 2017
ޔާމީނު މަރާލި މީހުން ހޯދައި އިންސާފުގެ ކުރިމައްޗަށް ގެންނަން ޖެހޭ: ރައީސް މައުމޫނު
22 ފެބުރުއަރީ 2017

ޓައިނީ ހާޓްސް އޮފް މޯލްޑިވްސް އިން އާސަންދަ ކުންފުންޏާ އެކު އެމްއޯޔޫގައި ސޮއި ކޮށްފި

22 ފެބުރުއަރީ 2017
ޓައިނީ ހާޓްސް އޮފް މޯލްޑިވްސް އިން އާސަންދަ ކުންފުންޏާ އެކު އެމްއޯޔޫގައި ސޮއި ކޮށްފި
05 ފެބުރުއަރީ 2017

ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ

05 ފެބުރުއަރީ 2017
ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ
15 ޖެނުއަރީ 2017

ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ

15 ޖެނުއަރީ 2017
 ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ
10 ޖެނުއަރީ 2017

މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ

10 ޖެނުއަރީ 2017
މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް