Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމޯލްޑިވްސް ކަރެކްޝަނަލް ސަރވިސް

ކަރެކްޝަނަލް ސަރވިސްގެ ޚިދުމަތަށް 49 އަހަރު!

މި ސަރވިސްއަކީ ބުރަ އަދި އަގުހުރި ޤައުމީ ޚިދުމަތެއް އަދާކުރަމުން ގެންދާ މުއައްސަސާއެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 13 އޯގަސްޓު 2020 | ބުރާސްފަތި 20:24
ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުޙައްމަދު ފުޅު ކަރެކްޝަންސްގެ ބައެއް ވެރިންނާ ބައްދަލު ކުރައްވަނީ

ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުޙައްމަދު ފުޅު ކަރެކްޝަންސްގެ ބައެއް ވެރިންނާ ބައްދަލު ކުރައްވަނީ

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޚިދުމަތަށް 49 އަހަރު ފުރިއްޖެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ 49 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ހުކުރު ދުވަހު ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުޙައްމަދު ފުޅު ނެރުއްވި މެސެޖެއްގައި ވިދާޅުވީ، ޖަލުތަކުގެ ހިންގުމުގެ ނިޒާމަށް ގެނެވުނު ބޮޑު ބަދަލާއިއެކު، މީހުން ރިހެބިލިޓޭޓް ކުރުމުގެ މައްސޫލިއްޔަތު ޤާނޫނަކުން މަތިކުރުމާއެކު މި ސަރވިސްއަކީ ބުރަ އަދި އަގުހުރި ޤައުމީ ޚިދުމަތެއް އަދާކުރަމުން ގެންދާ މުއައްސަސާއެއް ކަމަށެވެ.

އޭގެ އިތުރުން، ޖަލުތަކުގެ ހިންގުމުގެ ނިޒާމާއި، ޙުކުމް ތަންފީޒު ކުރުމަށްޓަކައި ޖަލަށް ގެނެވޭ މީހުންނަށް ހިންގާ ޕްރޮގްރާމްތަކަށް ބޮޑެތި ބަދަލުތަކެއް ގެނައުމުގެ މަސައްކަތްވެސް ފެށިފައިވާކަމަށް ކޮމިޝަނަރގެ މެސެޖުގައި ބަޔާން ކޮށްފައިވެއެވެ. އަދި ދިވެހިރާއްޖޭގެ ޖަލުތަކުގެ ހަޔާތުގެ ފާއިތުވި މާޒީގައި ތަފާތު އެކި ގޮންޖެހުންތަކާ އެކު ވެސް، އިސްލާހީ ހެޔޮބަދަލުތަކެއް ގިނަ ގޮތްގޮތުން ހޯދިފައިވާކަމަށް ބުނެފައިވެއެވެ.

ކޮމިޝަނަރ އިތުރަށް ވިދާޅުވީ، ޤައިދީން ބާކީނުކޮށް ގަދަރުވެރިކަމާއި އެކު އެނބުރި ރުޖޫއަ ކުރުމަކީ އެމް.ސީ.އެސްއިން ހާސިލު ކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި އެކަން ހާސިލު ކުރުމަށްޓަކައި ގުޅުންހުރި ހުރިހާ ދާއިރާއެއްގެ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާ ކަމަށްވެސް މެސެޖުގައި ބަޔާން ކޮށްފައިވެއެވެ.

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު