Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެއްގަމު ދަތުރުފަތުރު ކުރުމުގެ ގާނޫނު

ޓްރެފިކް ޖޫރިމަނާގެ ބަދަލުގައި ކޮމިއުނިޓީ ސަރވިސް ކުރަން އެންގުމުގެ އިޚްތިޔާރު މީރާއަށް ދެނީ

ކަނޑައަޅާ ދުވެއްޔަށް ވުރެ ބާރަށް އެއްވެސް ފަރާތަކުން އެއްގަމު އުޅަނދެއް ދުއްވުމަކީ މަނާކަމެއް

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 13 އޯގަސްޓު 2020 | ބުރާސްފަތި 10:32
މާލެ ލޮކްޑައުން ކުރިއިރު މަގުމަތީގައި މަނާ ވަގުތުތަކުގައި ހަރަކާތްތެރިވާ މީހުން ބަލާ ފުލުހުން ނަން ނޯޓް ކުރަނީ

މާލެ ލޮކްޑައުން ކުރިއިރު މަގުމަތީގައި މަނާ ވަގުތުތަކުގައި ހަރަކާތްތެރިވާ މީހުން ބަލާ ފުލުހުން ނަން ނޯޓް ކުރަނީ

ޖޫރިމަނާގެ ޢަދަދު -/10,000ރ. އަށް ވުރެ އިތުރުވެފައިވާ ފަރާތްތަކުގެ ޖޫރިމަނާގެ ބަދަލުގައި، އެ މީހަކު މުޖްތަމައަށް ފައިދާ ކުރަނިވިކަމެއް ނުވަތަ މަސައްކަތެއް ނުވަތަ ޚިދުމަތެއް ކުރުމަށް ނެރުމުގެ އަމުރަކަށް އެދި ޝަރީއަތަށް ހުށައެޅުމުގެ ބާރު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ލިބިގެންވާގޮތަށް ގާނޫނަށް އިސްލާހު ގެނައުމަށް ކޮމިޓީން ހުށައަޅައިފިއެވެ.

މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީން އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށައަޅާފައިވާ ބިލު ދިރާސާކޮށް ނެރެފައިވާރިޕޯޓުގައި ގިނަ ކަންތައްތަކެއް ހުށައަޅާފައިވެއެވެ. ކޮމިޓީން ވަނީ ޖޫރިމަނާ އާ ގުޅިގެން ހުށައެޅޭ ޝަކުވާއާއި ޖޫރިމަނާ ފައިސާ ފައިސާ ހޯދުމަށް ދައުވާ ކުރުމުގެ މާއްދާގެ ދަށަށް އަކުރެއް އިތުރު ކުރުމަށް ކޮމިޓީން ހުށައަޅާފައިވަނީ ޖޫރިމަނާގެ ޢަދަދު -/10,000ރ. އަށް ވުރެ އިތުރުވެފައިވާ ފަރާތްތަކުގެ ޖޫރިމަނާގެ ބަދަލުގައި، އެ މީހަކު މުޖްތަމައަށް ފައިދާ ކުރަނިވިކަމެއް ނުވަތަ މަސައްކަތެއް ނުވަތަ ޚިދުމަތެއް ކުރުމަށް ނެރުމުގެ އަމުރަކަށް އެދި ޝަރީއަތަށް ހުށައެޅުމުގެ ބާރު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ލިބިގެންވާގޮތަށް ހެދުމަށެވެ.

Advertisement - newsAdvertisement

މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގެ ދަށުން ކަނޑައަޅާ ދުވެއްޔަށް ވުރެ ބާރަށް އެއްވެސް ފަރާތަކުން އެއްގަމު އުޅަނދެއް ދުއްވުމަކީ މަނާކަމެކެވެ. އަދި ޚިލާފުވާ ފަރާތެއްގެ އުޅަނދެއް ހިފަހައްޓައިފިނަމަ، އެފަރާތެއް ޖޫރިމަނާކުރުމަށް ހުށައަޅާފައިވެއެވެ.

އެގޮތުން ފުރަތަމަ ފަހަރަށް ނަމަ 500 ރުފިޔާއިން ޖޫރިމަނާކުރުމާއެކު އެކަން ތަކުރާރުކޮށްފިނަމަ ވާނެގޮތް ބުނެދީ ނަސޭހަތްތެރިވުމަށް ކޮމިޓީ ރިޕޯޓުގައިވާއިރު ދެވަނަ ފަހަރަށްނަމަ 750 ރުފިޔާއިން ޖޫރިމަނާކުރުމާއެކު އެ އުޅަނދު ދުއްވިމީހާއަށް ދޫކޮށްފައިވާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް 48 ގަޑިއިރަށް ހިފެހެއްޓޭނެއެވެ. އަދި 48 (ސާޅީސް އަށެއް) ގަޑިއިރަށްވުރެ އިތުރަށް ލައިސަންސް ހިފަހައްޓަން ޖެހިއްޖެ ނަމަ ކޯޓު އަމުރެއްގެ ދަށުން އެ މީހެއްގެ ލައިސަންސް ހިފެހެއްޓިދާނެ ކަމަށް ވެސް ރިޕޯޓުގައި ހުށައަޅާފައިވެއެވެ. ތިން ފަހަރަށްވުރެ އިތުރުވާ ކޮންމެ ފަހަރަކަށް 1000ރ. އިން ޖޫރިމަނާކުރުމާ އެކު، އެ ފަރާތެއް ދުއްވާ އުޅަނދު، 15 ދުވަހުގެ މުއްދަތަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބެލުމުގެ ދަށަށް ގެންދެވިދާނެ ކަމަށް ވެސް ވަނީ ހުށައަޅާފައެވެ.

މީގެ އިތުރުން ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް އުޅަނދު ދުއްވައިގެން މީހެއްގެ ހަށިގަނޑަށް ލިބޭ ގެއްލުމެއްގެ ސަބަބުން، އެ އުޅަނދު ދުއްވި މީހާގެ މައްޗަށް ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ ދަށުން ޖިނާއީ ދަޢުވާ އުފުލުމުގެ އިތުރުން، ހަށިގަނޑަށް ލިބުނު ގެއްލުމުގެ ކުޑަ ބޮޑުމިނަށް ބަލައި އެ އުޅަނދު ދުއްވިމީހާގެ ލައިސަންސް 6 މަސް ދުވަހާއި 5 އަހަރު ދުވަހުގެ މުއްދަތަށް ހިފެހެއްޓިދާނެ ގޮތަށް ކޮމިޓީން ވަނީ ހުށައަޅާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މީރާގެ ވެބްސައިޓް މެދުވެރިކޮށް ޓްރެފިކް ވަޔަލޭޝަން ޖޫރިމަނާ ދެއްކުމުގެ ޚިދުމަތް ތައާރަފްކޮށްފި

މީރާގެ ވެބްސައިޓް މެދުވެރިކޮށް ޓްރެފިކް ވަޔަލޭޝަން ޖޫރިމަނާ ދެއްކުމުގެ ޚިދުމަތް ތައާރަފްކޮށްފި

24 ޖޫން 2017
އަލީމްގެ ޖޫރިމަނާގެ ބައެއް ވަކި ލާރިން ދައްކަން ދިއުމުން ބަލައެއް ނުގަތް!

އަލީމްގެ ޖޫރިމަނާގެ ބައެއް ވަކި ލާރިން ދައްކަން ދިއުމުން ބަލައެއް ނުގަތް!

08 މެއި 2017
ކަރެކްޝަނަލް ސަރވިސްގެ މަސައްކަތަކީ މުޖުތަމައުން އެކަހެރި ކުރެވޭ މީހުން އަނބުރާ މުޖުތަމައަށް ތައްޔާރު ކޮށްދިނުން: ޒިލާލް

ކަރެކްޝަނަލް ސަރވިސްގެ މަސައްކަތަކީ މުޖުތަމައުން އެކަހެރި ކުރެވޭ މީހުން އަނބުރާ މުޖުތަމައަށް ތައްޔާރު ކޮށްދިނުން: ޒިލާލް

05 މެއި 2017
ބެޔަސް ނުބެޔަސް 10،000 ރުފިޔާ ދިނުމުގެ ބަދަލުގައި ދަނީ މަސްވެރިންނަށް އަނިޔާ ކުރަމުން:ފަލާހް

ބެޔަސް ނުބެޔަސް 10،000 ރުފިޔާ ދިނުމުގެ ބަދަލުގައި ދަނީ މަސްވެރިންނަށް އަނިޔާ ކުރަމުން:ފަލާހް

30 އެޕްރީލު 2017
އަމިއްލަ އިސްނެގުމަށް މައްސަލަ ބަލާ އުސޫލާއި ޖޫރިމަނާގެ އުސޫލް ސާފުކޮށް ދިނުމަށް ހުށަހަޅައިފި

އަމިއްލަ އިސްނެގުމަށް މައްސަލަ ބަލާ އުސޫލާއި ޖޫރިމަނާގެ އުސޫލް ސާފުކޮށް ދިނުމަށް ހުށަހަޅައިފި

13 އެޕްރީލު 2017

އަހަރުތަކުން މިއަދު

15 މެއި
ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު
20251 އަހަރު ކުރިން
ރާއްޖެ

ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!
20242 އަހަރު ކުރިން
ރިޕޯޓު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު
20233 އަހަރު ކުރިން
މީހުން

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް
20224 އަހަރު ކުރިން
ރާއްޖެ

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ

ވަޅޯމަސް ފްރައިޑް ރައިސް
20197 އަހަރު ކުރިން
ލައިފް ސްޓައިލް

ވަޅޯމަސް ފްރައިޑް ރައިސް

ތަރާވީޙް ނަމާދު
20188 އަހަރު ކުރިން
އިސްލާމް

ތަރާވީޙް ނަމާދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު