Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސިޓީ އާއި ލިޔޯން ބައްދަލުކުރާ މެޗު

ޗެމްޕިއަންސް ލީގު ކާމިޔާބު ކުރަން ސިޓީ އޮތީ ކެތްމަދުވެފައި: ސްޓާލިން

10 އޯގަސްޓު 2020 | ހޯމަ 13:57

"ސިޓީން ތައްޓަކާއި ނުލައި ސީޒަން ނިންމާލަން ބޭނުމެއް ނުވޭ"

އަތޫފް އާތިފް
އަތޫފް އާތިފް | 10 އޯގަސްޓު 2020 | ހޯމަ 13:57
ރެއާލާ ދެކޮޅަށް ސިޓީ ކުޅުނު މެޗުގެ ތެރެއިން އެޓީމުގެ ފޯވާޑް ރަހީމް ސްޓާލިން

ރެއާލާ ދެކޮޅަށް ސިޓީ ކުޅުނު މެޗުގެ ތެރެއިން އެޓީމުގެ ފޯވާޑް ރަހީމް ސްޓާލިން

ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމަށް މެންޗެސްޓާ ސިޓީގެ ކުޅުންތެރިންނާއި އޮފިޝަލުން ތިބީ ކެތްމަދުވެފައި ކަމަށް އެ ޓީމުގެ ފޯވާޑް ރަހީމް ސްޓާލިން ބުނެފިއެވެ.

ދެވަނަ ބުރުގެ ދެވަނަ ލެގުގައި އަމިއްލަ ދަނޑުގައި 2-1 ން ސްޕެނިޝް ލީގުގެ ޗެމްޕިއަން ރެއާލް މެޑްރިޑްގެ މައްޗަށް ސިޓީން ކުރިހޯދިއިރު، ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ރެއާލްގެ ދަނޑުގައި ކުޅުނު މެޗުންވެސް ސިޓީ މޮޅުވީ 2-1 ންނެވެ. އެހެންކަމުން ސިޓީ ކުއާޓާއަށް ދަތުރުކުރީ 4-2 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.

ސިޓީގެ ފޯވާޑް ލައިނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ސްޓާލިން ބުނީ މި ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގު ސިޓީއަށް ގެއްލުނު ހިސާބުން، ސިޓީން އަމާޒު ހިފީ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމަށް ކަމަށާއި، ސިޓީން ތައްޓަކާއި ނުލައި ސީޒަން ނިންމާލަން ބޭނުންނުވާ ކަމަށެވެ.

ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ރެއާލް މެޑްރިޑް އަތުން ލިބުނު ކާމިޔާބީއަކީ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމަށް ލިބުނު ހިތްވަރެއް ކަމަށާއި، ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމަށް ސިޓީގެ ކުޅުންތެރިން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށްވެސް ސްޓާލިން ބުންޏެވެ.

ސްޓާލިން އިތުރަށް ބުނީ ޗެމްޕިއަންސް ލީގަކީ ކާމިޔާބު ކުރަން އުނދަގޫ މުބާރާތެއް ކަމަށާއި، އެކަމަކު މި މުބާރާތަކީ ކާމިޔާބު ނުކުރެވޭނެ މުބާރާތެއް ނޫން ކަމަށެވެ. އަދި ބުނީ ސިޓީން މިވަގުތު އޮތީ ވަރަށް ފޯމުގައި ކަމަށާއި، ރެއާލާއި ދެކޮޅަށް ސިޓީން ދެއްކި ކުޅުން މި މުބާރާތުގެ ބާކީ ހުރި މެޗުތަކުގައި ދައްކައިފިނަމަ، މި މުބާރާތް ސިޓީއަށް ކާމިޔާބުކުރެވޭނެ ކަމަށެވެ.

ސިޓީގެ ތާރީޚުގައި މިހާތަނަށް ޗެމްޕިއަންސް ލީގު ކާމިޔާބުކުރެވިފައި ނުވާއިރު، މި ފަހަރިގެ މުބާރާތުގެ ކުއާޓާ ފައިނަލުގައި ސިޓީ ބައްދަލުކުރަން ޖެހޭނީ އިޓާލިއަން ލީގުގެ ޗެމްޕިއަން ޔުވެންޓަސް ކަޓުވާލުމަށްފަހު ކުއާޓާއަށް ދަތުރުކުރި ލިޔޯން އާއެވެ. ޔުއެފާ އިން ވަނީ ކުއާޓާއިން ފަށައިގެން ޗެމްޕިއަންސް ލީގުގެ މެޗުތައް ޕޯޗުގަލްގެ ލިޒްބަންގައި ކުޅުމަށް ނިންމާފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
07 ޖެނުއަރީ 2017

ރާއްޖޭ ފުޓުބޯޅަ އެނގޭ، ކާމިޔާބުކުރެން އޮތް އެއްޗެއް ކުރާނަން: ސެކުލޮސްކީ

07 ޖެނުއަރީ 2017
ރާއްޖޭ ފުޓުބޯޅަ އެނގޭ، ކާމިޔާބުކުރެން އޮތް އެއްޗެއް ކުރާނަން: ސެކުލޮސްކީ
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ

04 ޖެނުއަރީ 2017
ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް