Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބަޔާން އަތުން ޗެލްސީ ބަލިވުން

ބަޔާން އަތުން ބަލިވުން އެއީ ޗެލްސީއަށް ލިބުނު ފިލާވަޅެއް: ލަމްޕާޑް

9 އޯގަސްޓު 2020 | އާދީއްތަ 12:12

ޗެލްސީން ބަޔާނާ ދެކޮޅަށް ނުކުތީ އަނިޔާގެ ސަބަބުން މުހިންމު ގިނަ ކުޅުންތެރިންތަކެއް ނުލައި

އަތޫފް އާތިފް
އަތޫފް އާތިފް | 9 އޯގަސްޓު 2020 | އާދީއްތަ 12:12
ޗެލްސީގެ ކޯޗު ފްރޭންކް ލަމްޕާޑް: ޒުވާން ކުޅުންތެރިންގެ ކުޅުމާ މެދު ހިތްހަމަޖެހޭ ކަމަށް ވަނީ ބުނެފައި

ޗެލްސީގެ ކޯޗު ފްރޭންކް ލަމްޕާޑް: ޒުވާން ކުޅުންތެރިންގެ ކުޅުމާ މެދު ހިތްހަމަޖެހޭ ކަމަށް ވަނީ ބުނެފައި

ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ބަޔާން މިއުނިކް އަތުން ބަލިވުން އެއީ ޗެލްސީއަށް ލިބުނު ފިލާވަޅެއް ކަމަށް އެ ޓީމުގެ ކޯޗު ފްރޭންކް ލަމްޕާޑް ބުނެފިއެވެ.

ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗަށް ޗެލްސީން ނުކުތީ އަނިޔާގެ ސަބަބުން މުހިންމު ގިނަ ކުޅުންތެރިންތަކެއް ނުލައެވެ. އެގޮތުން މި މެޗުގައި ކްރިސްޓިއަން ޕުލިސިޗް އާއި ކެޕްޓަން ސެޒާ އެޒްޕަލިކުއެޓާ އާއި ފޯވާޑް ޕެޑްރޯ ރޮޑްރިގޭޒްގެ އިތުރުން ވިލިއަން އަނިޔާގެ ސަބަބުން ނުކުޅެއެވެ. މީގެ އިތުރުން ސަސްޕެންޝަނުގެ ސަބަބުން ޖޯޖީނިއޯ އާއި މާކޮސް އަލޮންސޯ ވެސް ނުކުޅެއެވެ.

ދެވަނަ ބުރުގެ ދެވަނަ ލެގުގައި ބަޔާނުން އަމިއްލަ ދަނޑުގައި 4-1 ން ޗެލްސީ ބަލިކުރިއިރު، ޗެލްސީގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗު 3-0 ން ބަޔާނުން ވަނީ ކާމިޔާބުކޮށްފައެވެ. އެހެންކަމުން އެގްރިގޭޓުން ބަޔާނަށް ކުރި ލިބުނީ 7-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

ޒުވާން ގިނަ ކުޅުންތެރިންތަކެއް ސްކޮޑުގައި ހިމަނައިގެން ޗެލްސީން ހޮނިހިރު ދުވަހުގެރޭގެ މެޗަށް ނުކުތްއިރު، މެޗުގައި ޗެލްސީ ކުޅުންތެރިން ދެއްކި ކުޅުމާ މެދު ފަޚުރުވެރިވާ ކަމަށް ލަމްޕާޑް ބުންޏެވެ. އޭނާ ބުނީ މެޗަށް ނުކުތްއިރު ހުރިހާ ގޮތަކުންވެސް ފައިދާ ބޮޑީ ބަޔާނަށް ކަމަށާއި، ބަޔާންގައި ތިބީ ތަޖުރިބާކާރު ކުޅުންތެރިން ކަމަށެވެ.

އެގޮތުން ޗެލްސީގެ ކުޅުންތެރިންނާއި ބަޔާންގެ ކުޅުންތެރިންގެ ތަޖުރިބާގެ ގޮތުން ބަލާނަމަ ޗެލްސީ ކުޅުންތެރިންނަކީ ތަޖުރިބާ މަދު ކުޅުންތެރިންތަކެއް ތިބި ކުލަބެއް ކަމަށާއި، އެކަމަކު މެޗުން ވަރަށް ރަނގަޅު ކަންތައްތަކެއް ފެނިގެންދިޔަ ކަމަށްވެސް ލަމްޕާޑް ބުންޏެވެ.

ލަމްޕާޑް އިތުރަށް ބުނީ މެޗުގެ ވަރަށް ކުރީކޮޅު ބަޔާނުން ދެ ލަނޑު ޖެހުން ވެގެންދިޔައީ ޗެލްސީއަށް އުނދަގޫވި ކަމެއް ކަމަށާއި، އެކަމަކު މި ނަތީޖާއަކީ ބަޔާނަށް ހައްގު ނަތީޖާއެއް ކަމަށެވެ. އަދި މި މުބާރާތުގެ މިވަގުތުގެ ފެވަރިޓުންނަކީވެސް ބަޔާން ކަމަށާއި، ބަޔާނަށް މި މުބާރާތް ކާމިޔާބުކުރެވޭނެ ކަމަށްވެސް ލަމްޕާޑް ވަނީ ބުނެފައެވެ.

ޗެލްސީގެ މައްޗަށް ކުރިހޯދާ ބަޔާން ކުއާޓާއިން ޖާގަ ހޯދިއިރު، ކުއާޓާގައި ބަޔާން ވާދަކުރަން ޖެހޭނީ ބާސެލޯނާއާއެވެ. ކުއާޓާގެ މެޗުތައް ކުޅުމަށް ޔުއެފާއިން ނިންމާފައިވަނީ ޕޯޗުގަލްގެ ވެރިރަށް ލިޒްބަންގައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް

09 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް
09 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް

09 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް
04 ފެބުރުއަރީ 2017

ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ

04 ފެބުރުއަރީ 2017
ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ
02 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ

02 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ
27 ޖެނުއަރީ 2017

ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ

27 ޖެނުއަރީ 2017
ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ
20 ޖެނުއަރީ 2017

އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

20 ޖެނުއަރީ 2017
އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ
18 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް

18 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް
15 ޖެނުއަރީ 2017

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް
11 ޖެނުއަރީ 2017

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ
04 ޖެނުއަރީ 2017

ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ

04 ޖެނުއަރީ 2017
ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް