Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔުއެފާ ޗެމްޕިއަންސް ލީގު

ބާސާ އާއި ބަޔާން ކުއާޓާއަށް

ނާޕޮލީ އަތުން ދެވަނަ ލެގުގައި ބާސާ މޮޅުވީ 3-1 ން، އެގްރިގޭޓުން ބާސާއަށް ކުރިލިބުނީ 4-2 ން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 8 އޯގަސްޓު 2020 | ހޮނިހިރު 21:45
ބާސާ އާއި ނާޕޮލީ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ބާސާ މޮޅުވީ 3-1 ން

ބާސާ އާއި ނާޕޮލީ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ބާސާ މޮޅުވީ 3-1 ން

ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ފަހު ދެ ޖާގަ ބާސެލޯނާ އާއި ބަޔާން މިއުނިކް ހޯދައިފިއެވެ.

މުބާރާތުގެ ކުއާޓާއަށް ބާސާ ދަތުރުކުރީ ހޮނިހިރު ދުވަހުގެރޭ އަމިއްލަ ދަނޑުގައި ކުޅުނު ދެވަނަ ބުރުގެ ދެވަނަ ލެގުގެ މެޗުން ނާޕޮލީ އަތުން 3-1 ން މޮޅުވެގެންނެވެ. ނާޕޮލީގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗު 1-1 ން އެއްވަރުވިއިރު، އެގްރިގޭޓުން ބާސާއަށް ކުރި ލިބުނީ 4-2 ގެ ނަތީޖާއަކުންނެވެ.

ބާސާގެ ދަނޑުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އެޓީމުން މޮޅު ކުޅުމެއް ދެއްކިއިރު، މެޗުގެ 10 ވަނަ މިނެޓުގައި ބާސާއިން ވަނީ ލީޑު ނަގާފައެވެ. އިވާން ރަކިޓިޗް ނަގައިދިން ކޯނަރަކުން މި ލަނޑު ބާސާއަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު ކްލެމެންޓް ލޯންގްލޭއެވެ.

މެޗުގެ 23 ވަނަ މިނެޓުގައި ބާސާގެ ކެޕްޓަން ލިއޮނެލް މެސީ ވަނީ ރީތި ލަނޑެއް ކާމިޔާބުކޮށް އެޓީމަށް ލީޑު ފުޅާކޮށްދީފައެވެ. އަދި މެޗުގެ 30 ވަނަ މިނެޓުގައި މެސީ އިތުރު ލަނޑެއް ކާމިޔާބުކުރި ނަމަވެސް، އެ ލަނޑު ޖެހުމުގެ ކުރިން މެސީގެ އަތުގައި ބޯޅަ ޖެހުނު ކަމަށް ނިންމާ ވީޑީއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) އިން ވަނީ އެ ލަނޑު ބާތިލުކޮށްފައެވެ.

މި މެޗުގައި ބާސާއިން ކާމިޔާބުކުރި ތިންވަނަ ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ފޯވާޑް ލުއިސް ސުއަރޭޒްއެވެ. މިއީ މެސީއަށް އޭރިއާ ތެރެއިން ނާޕޮލީގެ ޑިފެންޑަރު ކަލިދޫ ކޫލިބަލީ ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ.

އެކަމަކު އޭގެ ހަތަރު މިނެޓު ފަހުން ލިބުނު ޕެނަލްޓީއަކުން ލޮރެންޒޯ އިންސީނިއޭ ވަނީ ނާޕޮލީގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްފައެވެ. ނާޕޮލީއަށް ރެފުރީ މި ޕެނަލްޓީ ދިނީ އޭރިއާ ތެރެއިން އެ ޓީމުގެ ފޯވާޑް ޑްރީސް މާޓެންސްއަށް ބާސާގެ މިޑްފީލްޑަރު އިވާން ރަކިޓިޗް ފައުލް ކުރުމުންނެވެ.

މީގެ އިތުރުން މި މިބާރާތުގެ ކުއާޓާއަށް ބަޔާން ދަތުރުކުރީ ދެވަނަ ބުރުގެ ދެވަނަ ލެގުގައި އަމިއްލަ ދަނޑުގައި 4-1 ން ޗެލްސީގެ މައްޗަށް ކުރި ހޯދައިގެންނެވެ. ޗެލްސީގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗު 3-0 ން ބަޔާނުން ކާމިޔާބުކުރިއިރު، އެގްރިގޭޓުން ބަޔާނަށް ކުރި ލިބުނީ 7-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

ބަޔާންގެ ދަނޑުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުގެ 10 ވަނަ މިނެޓުގައި ފޯވާޑް ރޮބަޓް ލެވަންޑޯސްކީ ވަނީ ޕެނަލްޓީއަކުން އެޓީމަށް ލީޑު ނަގައިދީފައެވެ. އަދި މެޗުގެ 24 ވަނަ މިނެޓުގައި އިވާން ޕެރިސިޗް ވަނީ ބަޔާނަށް ލީޑު ފުޅާކޮށްދީފައެވެ.

އޭގެ ހަތަރު މިނެޓު ފަހުން ޗެލްސީގެ ފޯވާޑް ކަލުމް ހަޑްސަން-އޮޑޯއި ލަނޑެއް ކާމިޔާބުކުރި ނަމަވެސް، އެޓީމުގެ ފޯވާޑް ޓެމީ އަބްރަހަމް އޮފްސައިޑްގައި ހުރުމުން ވީއޭއާރުން ވަނީ އެ ލަނޑު ބާތިލުކޮށްފައެވެ. އެކަމަކު ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައިވަނިކޮށް ޓެމީ އަބްރަހަމް ވަނީ ޗެލްސީއަށް ފަރަގު ކުޑަކޮށްދީފައެވެ.

މި މެޗުގައި ބަޔާނުން ދެވަނަ ފަހަރަށް ލީޑު ފުޅާކުރީ މެޗުގެ 76 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކޮރެންޓިން ޓޮލީސޯއެވެ. އަދި މެޗުގެ 84 ވަނަ މިނެޓުގައި ލެވަންޑޯސްކީ ވަނީ ބަޔާންގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ.

ހޮނިހިރު ދުވަހުގެރޭގެ މެޗުތަކުން މޮޅުވެ ބާސާ އާއި ބަޔާން ޗެމްޕިއަންސް ލީގުގެ ކުއާޓާއަށް ދަތުރުކުރިއިރު، ކުއާޓާގެ މެޗުތައް އަންނަ ބުދަ ދުވަހުގެރޭ ފެށުމަށް ވަނީ ނިންމާފައެވެ. ކުއާޓާއިން ފެށިގެން އެއް ލެގު ކުޅުމަށް ނިންމާފައިވާއިރު، މެޗުތައް ކުރިއަށްދާނީ ޕޯޗުގަލްގެ ވެރިރަށް ލިޒްބަންގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

25 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017
އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

20 ޖެނުއަރީ 2017
ސްޕެނިޝް ކަޕުގެ ކުއާޓާއަށް އެތުލެޓިކޯ ދަތުރުކޮށްފި

ސްޕެނިޝް ކަޕުގެ ކުއާޓާއަށް އެތުލެޓިކޯ ދަތުރުކޮށްފި

11 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

30 އެޕްރީލު
އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި
20233 އަހަރު ކުރިން
ރިޕޯޓު

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް
20197 އަހަރު ކުރިން
ރާއްޖެ

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!
20188 އަހަރު ކުރިން
ރިޕޯޓު

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު