Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުރެންދޫގައި ފެންބޮޑުވުން

ކުރެންދުއަށް ބޯކޮށް ވާރޭވެހި 6 ގެޔަކަށް އެކިވަރުގެ ގެއްލުން

7 އޯގަސްޓު 2020 | ހުކުރު 15:41

ހުކުރު ދުވަހު ހެނދުނު 10:00ގައި ހދ.ކުޅުދުއްފުށީ ގެއެއްގެ ފުރާޅުން ބައެއް ވަނީ ނެއްޓިފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 7 އޯގަސްޓު 2020 | ހުކުރު 15:41
ކުރެންދުއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެފައި

ކުރެންދުއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެފައި

ޅ ކުރެންދުއަށް ބޯކޮށް ވާރޭވެހި ފެން ބޮޑުވެ 6 ގެޔަކަށް ފެންވަދެ އެކިވަރުގެ ގެލުންވެއްޖެއެވެ.

މިކަމާ ގުޅިގެން ފެން ހިންދުމަށްޓަކައި އެމްއެންޑީއެފް ނޮދަން އޭރިއާގެ ސިފައިން ދަނީ މަސައްކަތް ކުރަމުންނެވެ. ފެން ބޮޑުވެ ގެތަކަށް ފެންވަންނަން ފެށިކަން އެމްއެންޑީއެފަށް ރިޕޯޓްކޮށްފައިވަނީ ހުކުރު ދުވަހުގެ ހަވީރު 16:15 ހާއިރުއެވެ. ސިފައިން ވަނީ ގެތަކަށް ފެން ވަނުން ހުއްޓުވުމަށް ވެލި ބަސްތާ ޖަހައި ޕަމްޕް ބޭނުންކޮށްގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުންނެވެ.

Advertisement - newsAdvertisement

މީގެ އިތުރުން އުތުރުގެ ރަށްތަކަށް ކުރަމުންދާ ވިއްސާރާގައި ހުކުރު ދުވަހު ހެނދުނު 10:00ގައި ހދ. ކުޅުދުއްފުށީ ގެއެއްގެ ފުރާޅުން ބައެއް ނެއްޓި އެމްއެންޑީއެފުން ވަނީ އެހީތެރިވެފައެވެ.

މީގެ އިތުރުން ޅ. ނައިފަރަށް ބޯކޮށް ވާރޭވެހި 4 ގެއަކަށް ފެންވަނުމާއި ގުޅިގެން ޕަމްޕް ބޭނުންކޮށްގެން ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފުން ކުރަމުން އަންނަކަމަށް ވަނީ ބުނެފައެވެ. މިހާދިސާގެ މައުލޫމާތު އެމްއެންޑީއެފަށް ލިބިފައިވަނީ ހުކުރު ދުވަހުގެ އިރުއޮއްސި 18:35 ހާއިރުކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ހުކުރު ދުވަހު ރާއްޖޭގެ ހުރިހާ ސަރަޙައްދުތަކަކަށްވެސް ވިއްސާރަކުރާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ. އެގޮތުން މެދުރާއްޖެތެރެއާއި އުތުރުގެ ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ބެލެވޭއިރު، އެވަރެޖްކޮށް ވައިޖެހޭނެކަމަށް ލަފާކުރައްވާފައިވަނީ 5 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައެވެ. ނަމަވެސް ވިލާގަނޑުގައި 45މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށް މޫސުމާއިބެހޭ ޤައުމީ އިދާރާއިން ބުނެއެވެ.

ދެކުނުުގެ ކަނޑުތަށް އާދައިގެވަރަކަށް މަޑުވިނަމަވެސް، ވިލާގަނޑުގައި ގަދަވާނެކަމަށް ލަފާކުރެވޭއިރު ރާއްޖޭގެ އެހެން ހިސާބުތަކުގެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭކަމަށްވެސް މޫސުމާއިބެހޭ ޤައުމީ އިދާރާއިން ބުނެއެވެ. އެހެންކަމުން ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ. ޚާއްސަކޮށް ކަނޑުތަކުން ދަތުރުކުރާ ފަރާތްތަކުން، ޚާއްސަ ސަމާލުކަމެއް ދިނުމަށްވެސް ވަނީ އިލްތިމާސް ކޮށްފައެވެ. މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރަމަށް މޫސުމާއިބެހޭ ޤައުމީ އިދާރާއިން ބުނެއެވެ.

އެންމެ ހިނގާ

1

ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިމާއި ޕްރޮޕަޓީ މިލްކުކުރެވޭ ގޮތަށް ގާނޫނެއް ފާސްކުރުމަށް އޭޖީން މަޖިލީހަށް ފޮނުވަން ތައްޔާރުވެއްޖެ

2

އެމެރިކާއަށް އީރާނުގެ ހަރުކަށި ރައްދެއް، މުޅި ސަރަހައްދުގައި ހަނގުރާމައިގެ "ސުންގަޑި" ކައިރިވަނީ

3

"ވައިޓް ހައުސް ހީވަނީ ޞައްދާމް ހުސައިން ހުޅުއްވި ޗީޒްކޭކް ފެކްޓަރީއެއް ހެން": އޮބާމާގެ ފާޑުކިޔުން ޓްރަމްޕަށް!

4

ޕާކިސްތާނާއި ރާއްޖެއާ ދެމެދު ގާއިމުކުރި އެއްބަސްވުންތައް ވަރަށް ގާތުން ބަލައި، އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އަޅާނެކަމަށް އިންޑިއާއިން ބުނެފި

5

އެއް މައްސަލައެއްގައި އަހަރެއް ފަހުން ކުށް ސާބިތުވިއިރު، އެކިއެކި ބަހަނާތަކުގައި ހުކުމްކުރުން ލަސްވަނީ، މިއީތޯ ގާއިމުކުރުމަށް ވައުދުވީ އިންސާފު؟

އިތުރަށް ކިޔާލަން

01 ޑިސެމްބަރު 2017

މިހާރު ކުރަމުންދާ ވިއްސާރައާއި ގުޅިގެން އުތުރުގެ ގިނަ ރަށްތަކަށް އެކިވަރުގެ ގެންލުންތައް ލިބިއްޖެ

01 ޑިސެމްބަރު 2017
މިހާރު ކުރަމުންދާ ވިއްސާރައާއި ގުޅިގެން އުތުރުގެ ގިނަ ރަށްތަކަށް އެކިވަރުގެ ގެންލުންތައް ލިބިއްޖެ
14 ސެޕްޓެމްބަރު 2017

ފުވައްމުލަކަށް ބޯކޮށް ވާރޭވެހި ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެއްޖެ!

14 ސެޕްޓެމްބަރު 2017
ފުވައްމުލަކަށް ބޯކޮށް ވާރޭވެހި ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެއްޖެ!
18 އޯގަސްޓު 2017

ދ. ކުޑަހުވަދޫއަށް ބޯކޮށް ވާރޭވެހި، އެ ރަށުގައި ފެންބޮޑުވެއްޖެ

18 އޯގަސްޓު 2017
ދ. ކުޑަހުވަދޫއަށް ބޯކޮށް ވާރޭވެހި، އެ ރަށުގައި ފެންބޮޑުވެއްޖެ
18 އޯގަސްޓު 2017

ށ. މިލަންދޫއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެއްޖެ

18 އޯގަސްޓު 2017
ށ. މިލަންދޫއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެއްޖެ
02 ޖުލައި 2017

ބޯކޮށް ވާރޭ ވެހި ވިލިނގިލި ފެނު އަޑީގައި

02 ޖުލައި 2017
ބޯކޮށް ވާރޭ ވެހި ވިލިނގިލި ފެނު އަޑީގައި
02 ޖުލައި 2017

ފޮނަދުއަށް ބޯކޮށް ވާރޭ ވެހޭތީ ޕްރީ ސްކޫލުތަކުގެ ކިޔެވުން ބަންދު

02 ޖުލައި 2017
ފޮނަދުއަށް ބޯކޮށް ވާރޭ ވެހޭތީ ޕްރީ ސްކޫލުތަކުގެ ކިޔެވުން ބަންދު
17 މެއި 2017

ބޯކޮށް ވާރޭ ވެހޭނެ، ގުގުރުން ވެސް އެކަށިގެންވޭ، ވިލާގަނޑުގައި 50 މޭލަށް ވައިގަދަވާނެ، ސަމާލުވޭ: މެޓް އޮފީސް

17 މެއި 2017
ބޯކޮށް ވާރޭ ވެހޭނެ، ގުގުރުން ވެސް އެކަށިގެންވޭ، ވިލާގަނޑުގައި 50 މޭލަށް ވައިގަދަވާނެ، ސަމާލުވޭ: މެޓް އޮފީސް
01 އެޕްރީލު 2017

ބޯކޮށް ވާރޭވެހި މާލޭގެ ބައެއް ހިސާބުތަކުގައި ފެންބޮޑުވެއްޖެ

01 އެޕްރީލު 2017
ބޯކޮށް ވާރޭވެހި މާލޭގެ ބައެއް ހިސާބުތަކުގައި ފެންބޮޑުވެއްޖެ
05 މާރިޗު 2017

ކުޅުދުއްފުއްޓަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެއްޖެ

05 މާރިޗު 2017
ކުޅުދުއްފުއްޓަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެއްޖެ
01 ފެބުރުއަރީ 2017

ހިންމަފުށީ ގެޔަކަށް އެނެއްކާވެސް ވަޒަނެއް އަރައިފި

01 ފެބުރުއަރީ 2017
ހިންމަފުށީ ގެޔަކަށް އެނެއްކާވެސް ވަޒަނެއް އަރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް