Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހެލްތް މިނިސްޓްރީގެ ކޮންފަރެންސް ހޯލް

ދައުރުވަމުންދާ ފޮޓޯތަކުން ފެންނަނީ މިނިސްޓަރު އަމީން އިންނަވާ އޮފީސް ކޮޓަރިއެއް ނޫން: ހެލްތު މިނިސްޓްރީ

6 އޯގަސްޓު 2020 | ބުރާސްފަތި 00:02

ދައުރުވަމުން ދަނީ ކޮންފަރެންސް ރޫމްގެ ފޮޓޯތައް

އަމްނާ އިމާދު
އަމްނާ އިމާދު | 6 އޯގަސްޓު 2020 | ބުރާސްފަތި 00:02
ދައުރުވަމުންދާ ފޮޓޯތައް، މިހޯލްގެ ސަބަބުން ހަރަދު ކުޑަ ކުރެވޭ ކަމަށް ހެލްތް މިނިސްޓްރީން ބުނޭ

ދައުރުވަމުންދާ ފޮޓޯތައް، މިހޯލްގެ ސަބަބުން ހަރަދު ކުޑަ ކުރެވޭ ކަމަށް ހެލްތް މިނިސްޓްރީން ބުނޭ

ހެލްތް މިނިސްޓަރު އަބްދުﷲ އަމީން އިންނަވާ އޮފީސް ކޮޓަރި ކަމަށް ބުނެ ދައުރުކުރާ ފޮޓޯތަކުން ފެންނަނީ އެކޮޓަރި ނޫންކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.

ކޮވިޑް-19ގެ މިފަދަ ދަނޑިވަޅެއްގައި ހެލްތް މިނިސްޓަރު އަމީން އިންނަވާ އޮފީސް ކޮޓަރި ވަރަށް ފެންވަރުގައި ހަދާފައިވާ ކަމަށް ބުނެ ސޯޝަލް މީޑއާއަށް ވަނީ ފޮޓޯތަކެއް އާންމުވެފައެވެ. މިކޮޓަރި ހަދާފައިވަނީ ބިޑް ކުރުމެއް ނެތި ކަމަށާއި، ހަދަން ދިޔަ ހަރަދު ވެސް މިނިސްޓްރީން އާންމުކޮށްފައި ނުވާ ކަމަށް ފާޑު ކިޔާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

Advertisement - newsAdvertisement

މިކަމާ ގުޅިގެން ހެލްތް މިނިސްޓްރީން ބުނީ، މިނިސްޓަރު އިންނަވާ ކޮޓަރީގެ ފޮޓޯތަކެއް ކަމަށް ބުނެ ދައުރުވަމުން ދަނީ ރަނގަޅު ފޮޓޯތަކެއް ނޫން ކަމަށެވެ. ހެލްތު މިނިސްޓްރީން އެހެން ބުނި ނަމަވެސް، އިތުރު ބައެއް ފޮޓޯތަކާއި ގުޅިގެން ތަކުރާރުކޮށް ސުވާލުކުރުމުން ހެލްތު މިނިސްޓްރީގެ މީޑިއާ އޮފިޝަލުން ވަނީ ނޫސްވެރިންގެ އެ ސުވާލުތަކަށް ޖަވާބު ދިނުމަށް އިންކާރުކޮށްފަ އެވެ.

ނޫސްވެރިންގެ ސުވާލުތަކަށް ސީދާ ޖަވާބެއް ދިނުމުގެ ބަދަލުގައި ހެލްތު މިނިސްޓްރީގެ މީޑިއާ އޮފިޝަލުން ތަކުރާރުކޮށް ބުނީ ދައުރުވަމުން ދަނީ ހެލްތް މިނިސްޓްރީގައި ހަދާފައިވާ ކޮންފަރެންސް ރޫމްގެ ފޮޓޯތައް ކަމަށާއި، މިނިސްޓްރީގެ އިވެންޓްތައް ބޭއްވުމުގެ އިތުރުން އެހެނިހެން ފަރާތްތަކުގެ އިވެންޓްތައް ބޭއްވުމަށް މިކޮންފަރެންސް ރޫމް ކުއްޔަށް ދޫކުރާނެކަމަށެވެ. މިގޮތަށް ކުއްޔަށް ދީގެން ލިބޭ ފައިސާ ޕަބްލިކް ހެލްތްގެ މަސައްކަތް ކުރުމަށް ހެލްތް ފަންޑަށް ޖަމާކުރާނެ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން ހެލްތް މިނިސްޓްރީން ބުނީ، މިނިސްޓްރީ ހިނގާ އިމާރާތުގެ 9 ވަނަ ފަންގިފިލާގެ ކޮންފަރެންސް ރޫމްގެ ނަމަކީ "މޫމިނާ ހަލީމް މާލަން'' ކަމަށެވެ. އަދި އެއީ ރާއްޖޭގެ ފުރަތަމަ އަންހެން ހެލްތް މިނިސްޓަރަށް ނިސްބަތްކޮށް ދެވިފައިވާ ނަމެއް ކަމަށް މިނިސްޓްރީން ބުންޏެވެ.

ހެލްތް މިނިސްޓްރީން ބުނީ މިކޮންފަރެންސް ރޫމް ހެދުމުގެ ބޭނުމަކީ ހަރަދު ކުޑަ ކުރުމުގެ އިތުރުން ހެލްތް މިނިސްޓްރީ އަކީ ގިނަ އިވެންޓްތަކެއް ބާއްވާ ތަނަކަށްވެފައި މިފަދަ އިވެންޓްތައް މިނިސްޓްރީން ބޭރުގައި ބޭއްވުމަށް ބޮޑެތި ހަރަދުތަކެއް ކުރަންޖެހޭތީ ކަމަށެވެ. މިކޮންފަރެންސް ރޫމް ހެދުމަށްޓަކައި ދިޔަ ހަރަދުގެ އިތުރުން ތަފްސީލްތައް ފަހުން ހާމަކުރާނެ ކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ.

ހެލްތު މިނިސްޓަރުގެ ކޮޓަރިކޮޅު ހުންނަނީ ރޯޝަނީ ބިލްޑިންގގެ 8 ވަނަ ފަންގިފިލާ ގައެވެ. ކޮންފަރެންސް ރޫމް ހަދާފައިވަނީ 9 ވަނަ ފަންގިފިލާގަ އެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު

30 ޖެނުއަރީ 2017
މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު
27 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް ވަޑައިގަންނަވާތީ ދަނގެތީގައި ވެސް އިހްތިޖާޖަށް ތައްޔާރު ވަނީ

27 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް ވަޑައިގަންނަވާތީ ދަނގެތީގައި ވެސް އިހްތިޖާޖަށް ތައްޔާރު ވަނީ
26 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

26 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި
26 ޖެނުއަރީ 2017

ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު

26 ޖެނުއަރީ 2017
ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު
22 ޖެނުއަރީ 2017

މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި

22 ޖެނުއަރީ 2017
މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
12 ޖެނުއަރީ 2017

ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

12 ޖެނުއަރީ 2017
ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް