Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމީރާއަށް 10 އަހަރު ފުރުން

މީރާއަށް 10 އަހަރު!

ކުރު މުއްދަތެއްގެ ތެރޭގައި ރާއްޖޭގައި ޒަމާނީ ޓެކުހުގެ ނިޒާމެއް ޤާއިމުކޮށްފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 2 އޯގަސްޓު 2020 | އާދީއްތަ 13:22
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ- މީރާ އުފައްދާފައިވަނީ 2010 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 2 ވަނަ ދުވަހު

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ- މީރާ އުފައްދާފައިވަނީ 2010 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 2 ވަނަ ދުވަހު

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޮރިޓީ (މީރާ) ގެ ޚިދުމަތަށް 10 އަހަރު ފުރިއްޖެއެވެ.

މީރާގެ ޚިދުމަތަށް 10 އަހަރު ފުރުން ފާހަގަ ކުރައްވައި ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންސް ފަތުހުﷲ ޖަމީލް ދެއްވި ޚާއްސަ ތަހުނިޔާގެ މެސެޖެއްގައި ވިދާޅުވީ، ކުރު މުއްދަތެއްގެ ތެރޭގައި ރާއްޖޭގައި ޒަމާނީ ޓެކުހުގެ ނިޒާމެއް ޤާއިމުކޮށް، ދުނިޔޭގެ ނިސްބަތުންވެސް ފާހަގަ ކޮށްލެވޭފަދަ ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ ކަމަށެވެ.

މީރާގެ 10 ވަނަ އަހަރީ ދުވަސް އައިސްފައިވަނީ މުޅި ދުނިޔެވެސް ޢާންމު ސިއްޙަތުގެ ކާރިސާއެއްގެ ތެރޭގައި ވަނިކޮށްކަން ފާހަގަ ކުރައްވައި ފަތުހުﷲ ވިދާޅުވީ، އެކަމުގެ އަސަރު ރާއްޖޭގެ އިޤްތިސާދަށާއި، އާންމު ވިޔަފާރިތަކަށްވެސް ކޮށްފައިވާ ކަމަށެވެ. އެއާއެކު ޤާނޫނުގެ ތެރެއިން ޓެކްސް ދައްކާ ފަރާތްތަކަށް ލުއިތަކެއްދީ، އެހީތެރިވެދިނުމަކީ ކޮންމެހެން މުހިއްމުކަމެއްކަމަށް ދެކިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ. އަދި ފާއިތުވި ދުވަސްތަކުގައިވެސް އެފަދައިން މަސައްކަތް ކޮށްދެއްވާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ފަތުހުﷲ އިތުރަށް ވިދާޅުވީ، ފުރަބަންދުގެ ޙާލަތުގައި ޓެކުހާ ގުޅޭ ސުންގަޑިތައް މީރާއިން ފަސްކޮށްދީފައިވާނެ ކަމަށާއި، އެއްފަހަރާ ފައިސާ ދައްކަން ދަތިވާ ފަރާތްތަކަށް ބަހާލައިގެން ފައިސާ ދެއްކޭނެ މަގުވެސް އިތުރަށް ފަހިކޮށްދީފައިވާނެ ކަމަށެވެ. އަދި ފައިސާ ނުދައްކާ ފަރާތްތަކާމެދު އަޅަމުންދިޔަ ތަންފީޒީ ފިޔަވަޅުތައްވެސް މަޑުޖައްސާލާފައިވާނެކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ، ޓެކުހާ ގުޅޭ ޖޫރިމަނާތައް މާފުކޮށްދީ، ވިޔަފާރިތަކަށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައިދެވުނު ކަމަށެވެ.

އޭގެ އިތުރުން، ޙާލަތުގެ ބޭނުން ހިފައި، ޓެކުހަށް މަކަރު ހެދުމާއި އޮޅުވާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަން ފާހަގަ ކުރައްވައި ފަތުހުﷲ އިތުރަށް ވިދާޅުވީ، އެފަދަ ޢަމަލުތައް ހިންގާ ފަރާތްތަކާމެދު ޤާނޫނުގެ ދަށުން ފިޔަވަޅު އެޅުމަށް މީރާއިން ފަސްނުޖެހޭނެ ކަމަށެވެ.

މީރާ އުފައްދާފައިވަނީ 2010 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 2 ވަނަ ދުވަހުއެވެ. އެއަށްފަހު ޓެކްސް ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށް 17 ޑިސެމްބަރު 2019 ގައި ވަނީ އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުވެސް ތަސްދީޤު ކުރައްވާފައެވެ. އަދި މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން އެ ޤާނޫނަށް ޢަމަލު ކުރަން ފަށާފައިވާއިރު، 1 އޭޕްރީލް 2020ން ފެށިގެން ޓެކްސް ނެގޭ އާމްދަނީގެ ތެރޭގައި ފަރުދުންނަށް ލިބޭ އުޖޫރަ ވަނީ ހިމެނިގެން ގޮސްފައެވެ.

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު