Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސަވާރީ ކްލަސްޓަރ

ސަވާރީ ކްލަސްޓަރ: ނޮޅިވަރަންފަރާއި ވަށަފަރު އަދި ދިއްދޫ ލޮކްޑައުންކޮށްފި

ސަވާރީ ބޯޓު ބަނދަރުކުރި ހދ. ނޮޅިވަރަންފަރާއި، ހއ ވަށަފަރު އަދި ދިއްދޫ ވަނީ ލޮކްޑައުންކޮށްފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 31 ޖުލައި 2020 | ހުކުރު 08:18
ސަވާރީ ބޯޓު ހއ. ކެލާ ބަނދަރުގައި؛ މި ބޯޓުން ދަތުރުކުރި 10 މީހަކު ވަނީ ޕޮޒިޓިވްވެފައި

ސަވާރީ ބޯޓު ހއ. ކެލާ ބަނދަރުގައި؛ މި ބޯޓުން ދަތުރުކުރި 10 މީހަކު ވަނީ ޕޮޒިޓިވްވެފައި

މި މަހުގެ 28 ވަނަ ދުވަހު ހއ. ކެލާ ސަވާރީ ބޯޓުގައި މަސައްކަތް ކުރި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ، ހދ. ނޮޅިވަރަންފަރާއި، ހއ. ވަށަފަރު އަދި ދިއްދޫގެ ކޮންޓެކްޓް ޓޭރޭސިން ހެދުމަށް އެ ރަށްތައް ލޮކްޑައުންކޮށްފިއެވެ.

މި ތިން ރަށް ލޮކްޑައުންކުރީ ސަވާރީ ބޯޓު މި 3 ރަށަށް ވެސް ބަނދަރުކޮށްފައިވާތީއާއި އެ ބޯޓުން މީހުން ދަތުރުކޮށްފައިވާތީ ކަމަށް ހެލްތް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެއެވެ. ސަވާރީ ބޯޓުން ދަތުރުކުރި މީހަކު މި މަހުގެ 28 ވަނަ ދުވަހު ޕޮޒިޓިވްވެފައިވާ އިރު އޭނާއި ކޮންޓެކްޓްވި އިތުރު 9 މީހަކު ވަނީ ކެލައިން ޕޮޒިޓިވްވެފައެވެ.

މި ބޯޓް ހއ. ކެލާއަށް ގޮސްފައިވަނީ މާލޭގައި ދެ ހަފްތާގައި މަޑުކުރުމަށްފަހު މިމަހުގެ 24 ވަނަ ދުވަހުއެވެ. ބޯޓުން ފުރަތަމަ ޕޮޒިޓިވްވެފައިވަނީ ބޯޓްގެ ކެޕްޓަންއެވެ. އަދި އޭނާ މާލެއިން ފުރި އިރުވެސް ބަލީގެ އަލާމާތްތައް ހުރިކަމަށް އެޗްއީއޯސީން ބުނެއެވެ.

މި ކޭސްތަކާއި ގުޅިގެން އިތުރު މީހުން ޓެސްޓް ކުރުމުގެ މަސައްކަތް ކުރިއަށްދާ އިރު، ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ދަނީ ކުރަމުންނެވެ. ކެލައަކީ ށ. ނަރުދޫ ފިޔަވައި ރާއްޖޭގެ ރަށަކުން އެންމެ ގިނަ އަދަދަ މީހުން ޕޮޒިޓިވްވި ރަށެވެ. ނަރުދޫއިން 11 މީހަކު އަމާޒު ބޯޓު ކްލަސްޓާއާއި ގުޅިގެން ޕޮޒިޓިވްވިއެވެ.

މީގެ އިތުރުން ބ. ކަމަދޫގައި ކަރަންޓީންގައި ހުރި މީހަކު ކަރަންޓީނުން ދޫކޮށްލުމުގެ ކުރިން ހެދި ޓެސްޓް ވަނީ ޕޮޒިޓިވްވެފައެވެ. މި ވަގުތު މޮނިޓަރިންގެ ހާލަތުގައި ހުރި ރަށްތަކަކީ ހއ. ކެލާ، ރ. އިނގުރައިދޫ، ބ. އޭދަފުށި، ޅ. ކުރެންދޫ، ލ. މާފުށި އަދި ބ. ކަމަދޫ ހިމެނެއެވެ. އަދި ބ. ސީސައިޑް ފިނޮޅު ވެސް މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ.

ބުރާސްފަތި ދުވަހަކީ މިހާތަނަށް ރާއްޖޭގައި އެންމެ ގިނަ އަދަދަކަށް މީހުން ޕޮޒިޓިވްވި ދުވަހެވެ. މީގެ އިތުރުން އެންމެ ގިނަ ދިވެހިން ޕޮޒިޓިވްވިވީ ވެސް މި ދުވަހުއެވެ. ބުރާސްފަތި ދުވަހު ރާއްޖެއިން 152 މީހަކު ޕޮޒިޓިވްވި އިރު މީގެ ތެރެއިން 89 މީހުންނަކީ ދިވެހިންނެވެ. ބަންގުލަދޭޝްގެ 54 މީހަކު ޕޮޒިޓިވްވި އިރު އިންޑިއާގެ 5 މީހަކާއި ލަންކާގެ 4 މީހަކު ހިމެނެއެވެ.

152 މީހުންގެ ތެރެއިން 10 މީހުން ޕޮޒިޓިވްވެފައިވަނީ އަތޮޅު ތެރެއިންނެވެ. އޭގެ ތެރޭގައި ކެލައިން ޕޮޒިޓިވްވި 9 މީހުންނާއި ބ. ކަމަދޫގައި ކަރަންޓީންގައި ހުރި މީހަކު ކަރަންޓީނުން ދޫކޮށްލުމުގެ ކުރިން ހެދި ޓެސްޓް ވަނީ ޕޮޒިޓިވްވެފައެވެ.

އިތުރަށް ކިޔާލަން

24 ސެޕްޓެމްބަރު 2017

ދިއްދޫ ކައުންސިލުން ސަރުކާރަށް އެއްބާރުލުން ނުދޭ ކަމަށް ބުނާ މައްސަލަ އެލްޖީއޭއަށް ހުށަހަޅައިފި

24 ސެޕްޓެމްބަރު 2017
ދިއްދޫ ކައުންސިލުން ސަރުކާރަށް އެއްބާރުލުން ނުދޭ ކަމަށް ބުނާ މައްސަލަ އެލްޖީއޭއަށް ހުށަހަޅައިފި
21 ސެޕްޓެމްބަރު 2017

ރައްޔިތުންގެ މަޖިލީސް ބައި-އިލެކްޝަން ބާއްވަން ދިއްދޫގައި ވޯޓު ފޮއްޓެއް ނުބެހެއްޓޭނެ: ކައުންސިލް

21 ސެޕްޓެމްބަރު 2017
ރައްޔިތުންގެ މަޖިލީސް ބައި-އިލެކްޝަން ބާއްވަން ދިއްދޫގައި ވޯޓު ފޮއްޓެއް ނުބެހެއްޓޭނެ: ކައުންސިލް
17 ސެޕްޓެމްބަރު 2017

ދިއްދޫގެ ފްލެޓްތައް ދީފައިވަނީ ޕީޕީއެމްގެ މެމްބަރުންނަށް:ހާޝިމް

17 ސެޕްޓެމްބަރު 2017
ދިއްދޫގެ ފްލެޓްތައް ދީފައިވަނީ ޕީޕީއެމްގެ މެމްބަރުންނަށް:ހާޝިމް
22 ޖުލައި 2017

މަދު އަދަދެއްގެ ބަޔަކާއެކު، ޕީޕީއެމުން ދިއްދޫގައި ކެމްޕޭން ޖަލްސާއެއް ބާއްވައިފި

22 ޖުލައި 2017
މަދު އަދަދެއްގެ ބަޔަކާއެކު، ޕީޕީއެމުން ދިއްދޫގައި ކެމްޕޭން ޖަލްސާއެއް ބާއްވައިފި
04 ޖުލައި 2017

ޕީޕީއެމް މެމްބަރުކަމުން ދިއްދޫ ދާއިރާގެ މެމްބަރު ލަތީފް ވަކިވެވަޑައިގެންފި

04 ޖުލައި 2017
ޕީޕީއެމް މެމްބަރުކަމުން ދިއްދޫ ދާއިރާގެ މެމްބަރު ލަތީފް ވަކިވެވަޑައިގެންފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު