Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބޭރުގެ ގައުމުތަކަށް ބަރޯސާވާ މިންވަރު ކުޑަކުރުން

ތަރައްގީއަށް ހިންގޭ މަޝްރޫއުތަކުން ބޭރުގެ ގައުމުތަކަށް ބަރޯސާވެފައިވާ މިންވަރު ކުޑަކުރެވޭ: މެމްބަރު ސަލީމް

28 ޖުލައި 2020 | އަންގާރަ 13:13

ކޮވިޑް-19ގެ ހާލަތުގައި ބޭރު ދުނިޔެއަށް ބަރޯސާވެފަވާ މިންވަރު ހާމަވެގެންދިޔަ

އަމްނާ އިމާދު
އަމްނާ އިމާދު | 28 ޖުލައި 2020 | އަންގާރަ 13:13
ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވާހަކަފުޅު ދައްކަވަނީ

ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވާހަކަފުޅު ދައްކަވަނީ

ދިވެހިރާއްޖޭގެ ތަރައްގީއަށް ހިންގޭ މަޝްރޫއުތަކުން ބޭރުގެ ގައުމުތަކަށް ބަރޯސާވެފައިވާ މިންވަރު ކުޑަކުރެވިގެންދާ ކަމަށް ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

މި މޭރުމުން މެމްބަރު ސަލީމް ވާހަކަ ދެއްކެވީ އިންޑިއާ ސަރުކާރުގެ އެހީއާއެކު ކުރިއަށް ގެންދާ ''ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމެންޓް ސްކީމް'' ގެ ދަށުން ހިންގާ މަޝްރޫއުތަކުގެ ފައިސާ ހަވާލުކުރި ރަސްމިއްޔާތުގައެވެ.

Advertisement - newsAdvertisement

މެމްބަރު ސަލީމް ވިދާޅުވީ ކޮވިޑް-19 ގެ ހާލަތުގައި މިގައުމު ބޭރު ދުނިޔެއަށް ބަރޯސާވެފަވާ މިންވަރު ހާމަވެގެންދިޔަ ކަމަށެވެ. ނަމަވެސް އަމިއްލަ ފައިމައްޗަށް ތެދުވުމަށް މިކުރެވޭ މަސައްކަތްތައް ކާމިޔާބުވާނެކަން ފާހަގަކުރައްވައި މެމްބަރު ސަލީމް ވިދާޅުވީ އެންމެ އަސާސީ ކަންތައްތަކުން ފެށިގެން އެންމެ މުހިންމު އަދި ބޮޑެތި ކަންތައްތަކާ ހަމައަށް ވެސް ރާއްޖެ އޮތީ ބޭރުގެ ގައުމުތަކަށް ބަރޯސާވެފައި ކަމަށެވެ. އެގޮތުން ބޯފެން އުފެއްދުމަށް ވެސް ބޭރުގެ ގައުމަށް ބަރޯސާވެފައިވާކަން މެމްބަރު ސަލީމް ފާހަގަކުރެއްވިއެވެ.

މެމްބަރު ސަލީމް ވިދާޅުވީ އިންޑިއާގެ އެހީއާއެކު މިފެށިގެންދާ މަޝްރޫއުތަކަކީ ވަރަށް އުންމީދީ ވަރަށް ބޭނުންތެރި މަޝްރޫއުތަކެއް ކަމަށެވެ. އައްޑޫ ސިޓީގައި އަދި ހއ. ހޯރަފުށީގައި މިފެށޭ ހައި އިމްޕެކްޓް ކޮމިއުނިޓީ ޕްރޮޖެކްޓްތަކުގެ ސަބަބުން މިއަދު ގެއްލިފައި މިވާ އުންމީދު މާދަމާ އެތައް ތަނަކުން އާލާވެ އާރޯ ވެގެންދާ ކަމަށް މެމްބަރު ސަލީމް ވިދާޅުވިއެވެ. އަދި ވިދާޅުވީ ވަޒީފާގެ ފުރުސަތުތަކާއި އިގްތިސާދީ ފުރުސަތާއި، އާމްދަނީ ލިބުން އިތުރުވެގެންދާނެ ކަމަށާއި، ބޭރުގެ ގައުމުތަކަށް ބަރޯސާވުން ކުޑަވެގެންދާ ކަމަށެވެ.

މީގެ އިތުރުން މެމްބަރު ސަލީމް ވިދާޅުވީ ކޮވިޑް-19އާ ގުޅިގެން އިގްތިސާދު އަޑިއަޅާލާފައިވާ މިދަނޑުވަޅުގައި އެންމެ މުހިންމު އެއްކަމަކީ ރައްޔިތުންނަށް އުންމިދު ގެނެސްދިނުން ކަމަށާއި، ރައްޔިތުންނަށް މާދަމާގެ އުފާވެރިކަމުގެ އިޝާރާތްތައް މިއަދު ގެނެސްދިނުން ކަމަށެވެ.

ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދުގެ މަސައްކަތްތަކަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާ މެމްބަރު ސަލީމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދެއްވާ އިރުޝާދުގެ ދަށުން ޚާރިޖީ ވަޒީރު ދުނިޔޭއަށް ނަމޫނާ ދައްކާފައިވާ ކަމަށެވެ. ފާއިތުވާ ކޮންމެ 24 ގަޑިއިރަކުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް މީޑިއާއަށް ބަލާލިކަމުގައި ވިޔަސް ފެނިގެންދާކަން މެމްބަރު ސަލީމް ފާހަގަކުރެއްވިއެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

02 މެއި 2017

ޔާމީންގެ މަރުގެ މައްސަލަ ތަހުގީގު ކުރުމަށް ބޭރުގެ ތަޖުރިބާކާރުންގެ އެހީތެރިކަން ހޯދުމަށް އާއިލާއިން އެދިއްޖެ

02 މެއި 2017
ޔާމީންގެ މަރުގެ މައްސަލަ ތަހުގީގު ކުރުމަށް ބޭރުގެ ތަޖުރިބާކާރުންގެ އެހީތެރިކަން ހޯދުމަށް އާއިލާއިން އެދިއްޖެ
25 އެޕްރީލު 2017

އިދިކޮޅު ފަރާތްތަކުން ބޭރުގެ ޑިޕްލޮމެޓުންނާ ބައްދަލުކޮށްފި

25 އެޕްރީލު 2017
އިދިކޮޅު ފަރާތްތަކުން ބޭރުގެ ޑިޕްލޮމެޓުންނާ ބައްދަލުކޮށްފި
23 އެޕްރީލު 2017

ޔާމީންގެ މަރާ ގުޅިގެން ބޭރުގެ ބައެއް ސަފީރުން ކަންބޮޑުވުން ފާޅުކޮށްފި

23 އެޕްރީލު 2017
ޔާމީންގެ މަރާ ގުޅިގެން ބޭރުގެ ބައެއް ސަފީރުން ކަންބޮޑުވުން ފާޅުކޮށްފި
21 އެޕްރީލު 2017

ޕީޕީއެމްގެ ދަރުބާރު ފެކްޝަނުގެ ސަރުކާރަށް ލާމަރުކަޒީ ނިޒާމެއް ނުހިންގޭނެ: އަބްދުﷲ ޝާހިދު

21 އެޕްރީލު 2017
ޕީޕީއެމްގެ ދަރުބާރު ފެކްޝަނުގެ ސަރުކާރަށް ލާމަރުކަޒީ ނިޒާމެއް ނުހިންގޭނެ: އަބްދުﷲ ޝާހިދު
15 އެޕްރީލު 2017

ރާއްޖޭގެ ކަންކަމާއި ބޭރުގެ ފަރާތްތަކަށް ނުބެހެވޭނެއެކޭ ނުބުނެވޭނެ: އިބްރާ

15 އެޕްރީލު 2017
ރާއްޖޭގެ ކަންކަމާއި ބޭރުގެ ފަރާތްތަކަށް ނުބެހެވޭނެއެކޭ ނުބުނެވޭނެ: އިބްރާ
26 ފެބުރުއަރީ 2017

ރާއްޖެއިން ބޭރުގެ ޓްރަރިސްޓް ޖަމާއަތެއްގެ ބޮޑެއްގެ ގޮތުގައި ހުރި މީހާގެ މައްޗަށް ހިންގާ ޝަރީއަތް ސިއްރުކޮށްފި

26 ފެބުރުއަރީ 2017
ރާއްޖެއިން ބޭރުގެ ޓްރަރިސްޓް ޖަމާއަތެއްގެ ބޮޑެއްގެ ގޮތުގައި ހުރި މީހާގެ މައްޗަށް ހިންގާ ޝަރީއަތް ސިއްރުކޮށްފި
26 ފެބުރުއަރީ 2017

ޤާނޫނުއަސާސީއަށް ބަދަލު ގެނެސްފައިވަނީ ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިން މިލްކު ކުރެވޭ ގޮތަށް:ޝިހާބު

26 ފެބުރުއަރީ 2017
ޤާނޫނުއަސާސީއަށް ބަދަލު ގެނެސްފައިވަނީ ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިން މިލްކު ކުރެވޭ ގޮތަށް:ޝިހާބު
31 ޖެނުއަރީ 2017

ކޯޓުތަކުގެ ނިންމުންތަކާ ބެހުމުގެ ޖާގައެއް ބޭރުގެ ފަރާތްތަކަށް ނެތް: ރައީސް

31 ޖެނުއަރީ 2017
ކޯޓުތަކުގެ ނިންމުންތަކާ ބެހުމުގެ ޖާގައެއް ބޭރުގެ ފަރާތްތަކަށް ނެތް: ރައީސް
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
12 ޖެނުއަރީ 2017

ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު

12 ޖެނުއަރީ 2017
ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް