Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ނަގޯޔާގެ ކުޅުންތެރިން ޕޮޒިޓިވްވުން

ނަގޯޔާގެ ދެ ކުޅުންތެރިއަކު ޕޮޒިޓިވްވެ މެޗު ފަސްކޮށްފި

ހުކުރު ދުވަހުގެ ވަގުތެއްގައި ނަގޯޔާގެ ޑިފެންޑަރު ކަޒުޔާ މިޔަހަރާ ވަނީ ކޮވިޑް-19ށް ޕޮޒިޓިވް ވެފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 26 ޖުލައި 2020 | އާދީއްތަ 09:01
ނަގޯޔާ ގްރެމްޕަސްގެ ކުޅުންތެރިން: ދެ ކުޅުންތެރިއަކު ވަނީ ކޮވިޑް-19ށް ޕޮޒިޓިވް ވެފައި

ނަގޯޔާ ގްރެމްޕަސްގެ ކުޅުންތެރިން: ދެ ކުޅުންތެރިއަކު ވަނީ ކޮވިޑް-19ށް ޕޮޒިޓިވް ވެފައި

ނަގޯޔާ ގްރެމްޕަސްގެ ދެ ކުޅުންތެރިއަކު ކޮވިޑް-19ށް ޕޮޒިޓިވްވެ، އެ ކްލަބުން އާދީއްތަ ދުވަހު ޖޭ-ލީގުގައި ކުޅެން ތާވަލުކޮށްފައި އޮތް މެޗު ފަސްކޮށްފިއެވެ.

ކޮވިޑް-19 ގެ ބްރޭކަށްފަހު ޖޭ-ލީގުގެ މެޗުތައް ފަށާފައިވަނީ މިދިޔަ ޖޫން މަހުއެވެ. އަދި މި މަހުގެ ތެރޭގައި ވަނީ ސަޕޯޓަރުންނައް ދަނޑުތައް ހުޅުވާލާފައެވެ.

އާދީއްތަ ދުވަހު ސަންފްރެކޭ ހިރޯޝިމާގެ ދަނޑުގައި މެޗު ކުޅެން ތާވަލުކޮށްފައި އޮތް ނަމަވެސް، ނަގޯޔާގެ ދެ ކުޅުންތެރިއަކު ކޮވިޑް-19ށް ޕޮޒިޓިވްވުމާއެކު، އެ މެޗު މިހާރު ވަނީ ފަސްކޮށްފައެވެ.

ހުކުރު ދުވަހުގެ ވަގުތެއްގައި ނަގޯޔާގެ ޑިފެންޑަރު ކަޒުޔާ މިޔަހަރާ ވަނީ ކޮވިޑް-19ށް ޕޮޒިޓިވް ވެފައެވެ. އެއާއެކު އެ ޓީމުގެ 60 ކުޅުންތެރިންނާއި ހުރިހާ އޮފިޝަލުން ކޮވިޑް-19ށް ޓެސްޓް ކުރިއިރު، އިތުރު ކުޅުންތެރިއަކާއި އޮފިޝަލަކު ކޮވިޑް-19ށް ޕޮޒިޓިވް ވިކަން އެ ކްލަބުން ވަނީ ހާމަކޮށްފައެވެ. އެކަމަކު ކޮވިޑް-19ށް ޕޮޒިޓިވްވި ކުޅުންތެރިއާ އާއި އޮފިޝަލްގެ ހަށިގަނޑުންވެސް ވައިރަހުގެ އެއްވެސް އަލާމާތެއް ފެނިފައިނުވާ ކަމަށް އެ ކްލަބުން ވަނީ ބުނެފައެވެ.

ޖޭ-ލީގުގެ ޗެއާމަން މިޓްސުރޫ މުރާއި ވިދާޅުވީ ނަގޯޔާގެ ދެ ކުޅުންތެރިއަކު ކޮވިޑް-19ށް ޕޮޒިޓިވް ވުމާއެކު، އާދީއްތަ ދުވަހުގެ ހެނދުނު ބޭއްވި ކުއްލި ބައްދަލުވުމުގައި ސަންފްރެކޭ ހިރޯޝިމާ އާއި ނަގޯޔާ ކުޅެން އޮތް މެޗު ފަސްކުރަން ނިންމާފައިވާ ކަމަށެވެ. އެކަމަކު މި މެޗު ފަސްކުރި ނަމަވެސް، އާދީއްތަ ދުވަހު ކުޅެން ތާވަލުކޮށްފައި ހުރި އަނެއް އަށް މެޗު ކުރިއަށްދާނެ ކަމަށްވެސް ވިދާޅުވިއެވެ.

ޖޫން މަހުގެ ތެރޭގައި ޖޭ-ލީގުގެ ކުޅުން އަލުން ފެށިއިރު، މިއީ ބްރޭކަށްފަހު ކޮވިޑް-19އާ ގުޅިގެން ފަސްކުރި ފުރަތަމަ މެޗެވެ.

ކޮވިޑް-19ގެ އަސަރު ޖަޕާނަށްވެސް ކޮށްފައިވާއިރު، މިހާތަނަށް އެ ގައުމުން 28،700 ށްވުރެ ގިނަ މީހުން ވަނީ ކޮވިޑް-19ށް ޕޮޒިޓިވް ވެފައެވެ. އަދި އެ ގައުމުން މި ވައިރަސް ޖެހިގެން މިހާތަނަށް 990 ށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ

02 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ
31 ޖެނުއަރީ 2017

ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ

31 ޖެނުއަރީ 2017
ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ
30 ޖެނުއަރީ 2017

މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް

30 ޖެނުއަރީ 2017
މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް
28 ޖެނުއަރީ 2017

ރާއްޖެއަށް މަދުވީ ބައިނަލް އަގްވާމީ މެޗުތަކުގެ ތަޖުރިބާ: އަދީލް

28 ޖެނުއަރީ 2017
ރާއްޖެއަށް މަދުވީ ބައިނަލް އަގްވާމީ މެޗުތަކުގެ ތަޖުރިބާ: އަދީލް
25 ޖެނުއަރީ 2017

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

25 ޖެނުއަރީ 2017
އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު