Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމޭޖާ ލީގު އަލުން ފެށުން

އެމެރިކާގެ މޭޖާ ލީގު އޮގަސްޓް މަހު އަލުން ފަށަނީ

25 ޖުލައި 2020 | ހޮނިހިރު 09:56

ކޮވިޑް-19 އާ ގުޅިގެން މޭޖާ ލީގު މެދުކަނޑާލީ މާޗު މަހުގެ އަށްވަނަ ދުވަހު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 25 ޖުލައި 2020 | ހޮނިހިރު 09:56
އެމްއެލްއެސް އިޒް ބެކް މުބާރާތުގެ މެޗެއްގެ ތެރެއިން

އެމްއެލްއެސް އިޒް ބެކް މުބާރާތުގެ މެޗެއްގެ ތެރެއިން

އެމެރިކާގެ މޭޖާ ލީގު ސޮކާ (އެމްއެލްއެސް) ގެ ކުޅުން އަންނަ އޮގަސްޓް މަހު އަލުން ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ކޮވިޑް-19 އާ ގުޅިގެން މާޗު މަހުގެ އަށްވަނަ ދުވަހުން ފެށިގެން އެމެރިކާގެ މޭޖާ ލީގުގެ ކުޅުން މެދުކަނޑާލީ ކޮންމެ ޓީމަކުން ދެ މެޗު ކުޅުމަށްފަހުއެވެ. އެކަމަކު ޖުލައި މަހުގެ ތެރޭގައި އެމެރިކާގައި އަލުން ފުޓްބޯޅަ ފެށުމުގެ ގޮތުން ކްލަބުތަކުގެ މެދުގައި ވަނީ "އެމްއެލްއެސް އިޒް ބެކް" ގެ ނަމުގައި ހާއްސަ މުބާރާތެއް ފަށާފައެވެ.

26 ޓީމުގެ މެދުގައި ކުރިއަށްދާ މި މުބާރާތުގައި ކުޅެން އެއްވެސް ޓީމަކަށް އަދި ކުޅުންތެރިއަކަށްވެސް މަޖުބޫރު ކޮށްފައިނުވާއިރު، ފްލޮރިޑާގެ ސިޓީއެއް ކަމަށްވާ އޯލަންޑޯގައި ހުންނަ ޑިޒްނީ ވޯލްޑް ރިސޯޓުގައި ކުރިއަށްދާ މި މުބާރާތުގެ ފައިނަލް މެޗު ވަނީ އޮގްސްޓް މަހުގެ 11 ވަނަ ދުވަހަށް ތާވަލުކޮށްފައެވެ.

އެހެންކަމުން އެ މުބާރާތަށްފަހު އޮގަސްޓް މަހުގެ ފަހުކޮޅު އެމެރިކާގެ މޭޖާ ލީގުގެ ކުޅުން އަލުން ފެށުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. އަދި ކްލަބުތަކުގެ އަމިއްލަ ދަނޑުގައި މެޗުތައް ކުޅޭއިރު، ސަޕޯޓަރުން ނުވައްދައި މެޗުތައް ކުރިއަށް ގެންދިޔުމަށް އެމްއެލްއެސްއިން މިހާރު މަޝްވަރާ ކުރަމުން އަންނަ ކަމަށާއި، ލީގުގެ ކުޅުން ޑިސެމްބަރު މަހުގެ ތެރޭގައި އެއްކޮށް ނިންމާލަންވެސް މަޝްވަރާ ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެމެރިކާގެ މޭޖާ ލީގުގެ ކުޅުން އަލުން ފެށުމަށް މަސައްކަތް ކުރަމުން އަންނައިރު، މީގެ ކުރިން މޭޖާ ލީގުން ވަނީ މިއަހަރު ބޭއްވުމަށް ތާވަލުކޮށްފައި އޮތް ތިން އިވެންޓެއް ކެންސަލް ކޮށްފައެވެ. މޭޖާ ލީގުން ކެންސަލް ކޮށްފައިވަނީ މިއަހަރުގެ އޯލް-ސްޓާ މެޗާއި، ލީގްސް ކަޕްގެ އިތުރުން ޗެމްޕިއަންސް ކަޕެވެ. މޭޖާ ލީގުން ބުނީ މިއަހަރުގެ އިވެންޓުތައް ކެންސަލް ކުރި ނަމަވެސް، އަންނަ އަހަރު މި އިވެންޓުތައް ބާއްވާނެ ކަމަށެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

3

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

4

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

5

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
07 ޖެނުއަރީ 2017

އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް މަހުރޭޒް

07 ޖެނުއަރީ 2017
އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް މަހުރޭޒް
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް