Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މާޒިޔާގެ ކޯޗަކަށް ނިޒާމްބެ

މާޒިޔާގެ ކޯޗަކަށް ނިޒާމްބެ ހަމަޖައްސައިފި

އަންގާރަ ދުވަހު ނިޒާމްބެ ވަނީ މާޒިޔާގެ އެއްބަސްވުމުގައި ސޮއިކޮށްފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 21 ޖުލައި 2020 | އަންގާރަ 12:05
މާޒިޔާގެ އެއްބަސްވުމުގައި މަޝްހޫރު ފުޓްބޯޅަ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ސޮއިކުރުމަށްފަހު

މާޒިޔާގެ އެއްބަސްވުމުގައި މަޝްހޫރު ފުޓްބޯޅަ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ސޮއިކުރުމަށްފަހު

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ކޯޗަކަށް މަޝްހޫރު ފުޓްބޯޅަ ކޯޗު މުޙައްމަދު ނިޒާމް (ނިޒާމްބެ) ހަމަޖައްސައިފިއެވެ.

އަންގާރަ ދުވަހުގެ ހަވީރު ނިޒާމްބެ ވަނީ މާޒިޔާގެ އެއްބަސްވުމުގައި ސޮއިކުރިއިރު، މާޒިޔާގެ ކޯޗަކަށް ނިޒާމްބެ ހަމަޖެއްސީ އަންނަ ސީޒަނުގެ ނިޔަލަށެވެ. މާޒިޔާގެ ކޯޗަކަށް ނިޒާމްބެ ހަމަޖެއްސީ އެޓީމުގެ މެސެޑޯނިއާގެ ކޯޗު މަރްޖާން ސެލުކޮސްލީގެ އެއްބަސްވުން ހަމަވުމުން އޭނާ ދޫކޮށްލުމާ ގުޅިގެންނެވެ.

މާޒިޔާއާއެކު ސެކުލޮސްކީ ހަދާފައިވާ އެއްބަސްވުން ހަމަވުމާއެކު، އޭނާ ވަނީ އެނބުރި ގައުމަށް ގޮސްފައެވެ. މި ދަނޑިވަޅުގައި ސެކުލޮސްކީގެ އެއްބަސްވުން އާ ނުކުރަން މާޒިޔާއިން ނިންމީ ކޮވިޑް-19 ގެ ސަބަބުން ކްލަބަކަށް ދިމާވެފައިވާ މާލީ ދަތިތަކާ ގުޅިގެންނެވެ.

މާޒިޔާގެ ކޯޗުގެ މަގާމާ ހަވާލުވުމަށްފަހު ނިޒާމްބެ ބުނީ މާޒިޔާއާ ހަވާލުވުމަށް ނިންމި ނިންމުމަކީ ކެރިއަރުގައި ދެން އޮތް ހަރުފަތަށް ދާން ނެގި މުހިންމު ނިންމުމެއް ކަމަށެވެ. އަދި މާޒިޔާ އާއެކު އޭނާގެ ޓާގެޓަކީ އޭއެފްސީ ކަޕްގައި ދިވެހި ޓީމަކުން މިހާތަނަށް ކާމިޔާބުކޮށްފައިނުވާ ހިސާބަކަށް ދިއުން ކަމަށާއި، އެ ހިސާބަށް ދިއުމަށް ކުރަންހުރި މަސައްކަތުގެ ޕްލޭނެއް އެކުލަވާލާފައި ވާނޭ ކަމަށެވެ. އަދި މާޒިޔާގައި މިހާރު އޮތް ސްކޮޑަށް އެކަން ކުރެވޭނޭ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށްވެސް ނިޒާމްބެ ބުންޏެވެ.

މާޒިޔާގެ ޖެނެރަލް ސެކްރެޓަރީ އަބްދުލް ވައްޙާބު ވިދާޅުވީ ނިޒާމްބެ މާޒިޔާގެ ކޯޗުކަމުގެ މަގާމަށް އައްޔަންކުރީ ނިޒާމްބެ އަކީ ރާއްޖޭގައި މިވަގުތު ހުރި އެންމެ ތަޖުރިބާކާރު ކޯޗަށް ވުމުގެ އިތުރުން، ބައިނަލްއަގުވާމީ މުބާރާތްތަކުންވެސް ނިޒާމްބެ ރަންވަނަ ހޯދާފައިވާތީ ކަމަށެވެ.

މާޒިޔާގެ ކޯޗުކަމުގެ މަގާމާއި ނިޒާމްބެ ހަވާލުވިއިރު، މާޒިޔާގެ މިހާރުގެ ސްކޮޑުގައި ނިޒާމްބެ އާއެކު ޓީސީ ސްޕޯޓްސް ކްލަބުގައި ގިނަ ކާމިޔާބީތަކެއް ހޯދައިފައިވާ ކުޅުންތެރިން ހިމެނެއެވެ.

ނިޒާމްބެ އެންމެ ފަހުން ކޯޗުކޮށްދިނީ ބަންގްލަދޭޝްގެ ޕްރިމިއާ ލީގުގެ ކްލަބެއް ކަމަށްވާ ސައިފް ސްޕޯޓިން އަށެވެ. ނިޒާމްބެ އަކީ ސަރަހައްދުގެ ވަރުގަދަ ލީގެއްގައި ކޯޗުކޮށްދިން ފުރަތަމަ ދިވެހި ކޯޗެވެ. ޓީސީއަށް 2017 ވަނަ އަހަރު ބަންގްލަދޭޝްގައި ބޭއްވި ޝެއިހް ކަމާލް ކަޕް ޗެމްޕިއަންކަން ހޯދަައިދިން ނިޒާމްބެ ޓީސީ ދޫކޮށްލީ 2018 ވަނަ އަހަރުގެ ސީޒަނުގެ ދިރާގު ދިވެހި ޕްރިމިއާ ލީގު ކާމިޔާބުކޮށްދީފައެވެ.

ނިޒާމްބެ މާޒިޔާއާ ހަވާލުވިއިރު، އޭނާއަކީ މާޒިޔާ ފުރަތަމަ ޑިވިޝަނުގައި ވާދަކުރަން ފެށި ފަހުން އެ ޓީމަށް ކޯޗުކޮށްދޭނެ ތިންވަނަ ދިވެހި ކޯޗެވެ. ނިޒާމްބެގެ ކުރިން މާޒިޔާއަށް އިރުޝާދުދިން ދެ ދިވެހި ކޯޗުންނަކީ އިސްމާއިލް މަހްފޫޒް (އިންމަ) އާއި އަލީ ސުޒޭނެވެ.

އިތުރަށް ކިޔާލަން

22 ފެބުރުއަރީ 2017

ބޭނުމީ އެއްވަނަ ޓީމުގެ ގޮތުގައި ސެމީން ޖާގަ ހޯދަން: ނިޒާމްބެ

22 ފެބުރުއަރީ 2017
ބޭނުމީ އެއްވަނަ ޓީމުގެ ގޮތުގައި ސެމީން ޖާގަ ހޯދަން: ނިޒާމްބެ
19 ފެބުރުއަރީ 2017

ޓީމު އޮތީ އިތުބާރާއެކު، ކިރިގިސްތާން ކްލަބްވެސް ބަލިކުރެވޭނެ: ނިޒާމްބެ

19 ފެބުރުއަރީ 2017
ޓީމު އޮތީ އިތުބާރާއެކު، ކިރިގިސްތާން ކްލަބްވެސް ބަލިކުރެވޭނެ: ނިޒާމްބެ
11 ފެބުރުއަރީ 2017

އެހެން ކްލަބުތަކުން ދެކޭނީ ސީރިއަސްކޮށް، މަސައްކަތް ދެގުނައަށް: ނިޒާމްބެ

11 ފެބުރުއަރީ 2017
އެހެން ކްލަބުތަކުން ދެކޭނީ ސީރިއަސްކޮށް، މަސައްކަތް ދެގުނައަށް: ނިޒާމްބެ
05 ފެބުރުއަރީ 2017

ނިއުގެ ކެޕްޓަނަކަށް އިމްރާން ހަމަޖައްސައިފި

05 ފެބުރުއަރީ 2017
ނިއުގެ ކެޕްޓަނަކަށް އިމްރާން ހަމަޖައްސައިފި
24 ޖެނުއަރީ 2017

ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ

24 ޖެނުއަރީ 2017
ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު