Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ލަމްޕާޑާއި ސޯލްޝެއާގެ \"ވީއޭއާރް\" ކޯޅުން

ވީއޭއާރްގެ ސަބަބުން ފައިދާ ވަނީ ޔުނައިޓެޑަށް: ލަމްޕާޑް

"ޔުނައިޓެޑާ ދެކޮޅަށް ދާ ބައެއް ކަހަލަ ކަންތައްތައް ވީއޭއާރްއިން ރިވިއުވެސް ނުކުރޭ"

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 19 ޖުލައި 2020 | އާދީއްތަ 08:10
ޗެލްސީގެ ކޯޗު ފްރޭންކް ލަމްޕާޑް

ޗެލްސީގެ ކޯޗު ފްރޭންކް ލަމްޕާޑް | ގެޓީ އިމޭޖަސް

ވީޑީއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) ގެ ސަބަބުން ފައިދާ ވަނީ މެންޗެސްޓާ ޔުނައިޓެޑަށް ކަމަށް ޗެލްސީގެ ކޯޗު ފްރޭންކް ލަމްޕާޑް ބުނެފިއެވެ.

އިނގިރޭސި އެފްއޭ ކަޕްގެ ސެމީފައިނަލް މެޗުގައި ޔުނައިޓެޑާ ދެކޮޅަށް ނުކުތުމުގެ ކުރިން ލަމްޕާޑް ބުނީ ޔުނައިޓެޑާ ދެކޮޅަށް ދާ ބައެއް ކަހަލަ ކަންތައްތައް ވީއޭއާރްއިން ރިވިއުވެސް ނުކުރާ ކަމަށާއި، ވީއޭއާރްގެ ފައިދާ ކުރަނީ ޔުނައިޓެޑަށް ކަމަށެވެ.

އެގޮތުން ފެބްރުއަރީ މަހު ޗެލްސީ އަތުން 2-0 ން ޔުނައިޓެޑް މޮޅުވި މެޗުގައި ޔުނައިޓެޑްގެ ކެޕްޓަން ހެރީ މެގުއާ ބޯޅަ ނެތިސް ޗެލްސީގެ މިޝީ ބަޓްޝުއާޔީ ފައިގައި ޖެހިއިރު އޭނާ ރަތް ކާޑަކުން ސަލާމަތްވުމާއި، އެ މެޗުގައި ޗެލްސީގެ އޮލިވިއޭ ޖިރޫޑާއި ކާޓް ޒޫމާ ޖެހި ލަނޑުތައް ބަލައިނުގަންނަން ނިންމުމުގައި ވީއޭއާރްއިން އެއް ހަމަޔަކުން ބަލާފައިނުވާ ކަމަށްވެސް ލަމްޕާޑް ބުންޏެވެ. އަދި ބުނީ އޭނާގެ އުންމީދަކީ މި ފަހަރު ޗެލްސީ ކޮޅަށް ވީއޭއާރްގެ ސަބަބުން ފައިދާތަކެއް ވުން ކަމަށްވެސް ލަމްޕާޑް ވަނީ ބުނެފައެވެ.

ލަމްޕާޑްގެ މި ވާހަކަތަކަށް ރައްދު ދެމުން ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނީ ވާދަވެރި ޓީމުތަކުން ދައްކާ ވާހަކަތަކަކީ ފަހަރުގައި ޔުނައިޓެޑާ ދެކޮޅަށް ހިންގާ ވަކި ކަހަލަ ކެމްޕެއިނަކަށް ވެސް ވެދާނެ ކަމަށާއި ވީއޭއާރްގެ ސަބަބުން ޔުނައިޓެޑަށް ވީ ފައިދާއެއްގެ ވާހަކަ ދައްކާއިރު ޔުނައިޓެޑަށް އޭގެ ސަބަބުން ލިބިފައިވާ ގެއްލުންތަކަށް އަލި އަޅުވާލުން ވެސް މުހިއްމު ކަމަށެވެ.

އެގޮތުން އިނގިރޭސި ޕްރިމިއާ ލީގުގައި ޓޮޓެންހަމް ހޮޓްސްޕާއާ ދެކޮޅަށް ކުޅުނު މެޗުގެ ފަހު ވަގުތުގައި ޔުނައިޓެޑަށް ލިބުނު ޕެނަލްޓީ ގެއްލުމާއި، ސައުތެމްޓަނާ ދެކޮޅަށް ކުޅުނު މެޗުގައި ޔުނައިޓެޑްގެ މޭސަން ގްރީންވުޑަށް އެޓީމުގެ ރޮމެއޫ ކުރި ފައުލަށް ރަތް ކާޑު ނުދައްކާކަންވެސް ސޯލްޝެއާ ވަނީ ފާހަގަކޮށްފައެވެ.

މީގެ ކުރިން ސޯލްޝެއާ ވަނީ ސެމީގެ މެޗަށް ތައްޔާރުވާން ޗެލްސީއަށް އިތުރު ދެ ދުވަސް ލިބޭތީ ޔުނައިޓެޑަށް އިންސާފުވެރިކޮށް އެފްއޭ ކަޕްގެ ޝެޑިއުލް ހަދާފައިނުވާ ކަމަށް ބުނެފައެވެ. އެކަމާ ގުޅިގެން ލަމްޕާޑް ބުނީ އެފްއޭ ކަޕް ސެމީއަށް ތައްޔާރުވާން ޔުނައިޓެޑަށް ވުރެން ޗެލްސީއަށް އިތުރު ދެ ދުވަސް ލިބުމަކީ އެކަމެއްގެ ޝަކުވާ މާ ބޮޑަށް ކުރަން ޖެހޭ ކަމެއް ގޮތުގައި ނުދެކޭ ކަމަށެވެ.

އެފްއޭ ކަޕްގެ ސެމީގެ ދެވަނަ މެޗުގައި އާދީއްތަ ދުވަހުގެރޭ ރާއްޖެ ގަޑިން 22:00 ގައި ޔުނައިޓެޑާއި ޗެލްސީ ބައްދަލުކުރާއިރު، މި މެޗުން މޮޅުވާ ޓީމެއް ފައިނަލްގައި ވާދަކުރަން ޖެހޭނީ އާސެނަލާ ދެކޮޅަށެވެ.

އިތުރަށް ކިޔާލަން

07 މާރިޗު 2017

ޓީސީން ހޯދީ ބޮޑު ކާމިޔާބީއެއް، އޭގެ ފައިދާ ދިވެހި ފުޓުބޯޅައަށް ކުރާނެ: ސްޓެވާޓް

07 މާރިޗު 2017
ޓީސީން ހޯދީ ބޮޑު ކާމިޔާބީއެއް، އޭގެ ފައިދާ ދިވެހި ފުޓުބޯޅައަށް ކުރާނެ: ސްޓެވާޓް
07 މާރިޗު 2017

ޔުނައިޓެޑަށް ބަދަލުވާން ކްރޫޒް ބޭނުންވޭ!

07 މާރިޗު 2017
ޔުނައިޓެޑަށް ބަދަލުވާން ކްރޫޒް ބޭނުންވޭ!
18 ފެބުރުއަރީ 2017

އަނިޔާގެ ސަބަބުން ސިޓީގެ ޖީސަސް އަށް މި ސީޒަނުގައި ކުޅެވޭނެކަމެއް ނޭނގޭ: ގާޑިއޯލާ

18 ފެބުރުއަރީ 2017
އަނިޔާގެ ސަބަބުން ސިޓީގެ ޖީސަސް އަށް މި ސީޒަނުގައި ކުޅެވޭނެކަމެއް ނޭނގޭ: ގާޑިއޯލާ
06 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް

06 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް
03 ފެބުރުއަރީ 2017

ލަމްޕާޑް ރިޓަޔާކުރުމުގެ ކުރިން ސްވަންސީން އޭނާ ހޯދުމަށް މަސައްކަތްކުރި

03 ފެބުރުއަރީ 2017
ލަމްޕާޑް ރިޓަޔާކުރުމުގެ ކުރިން ސްވަންސީން އޭނާ ހޯދުމަށް މަސައްކަތްކުރި
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު