Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގާޒީ އިސްމާއީލް ރަޝީދު

ގާޒީ އިސްމާއީލް ރަޝީދުގެ މައްސަލަ ބެލުމަށް ޖޭއެސްސީން ކޮމެޓީއެއް އެކުލަވާލައިފި

16 ޖުލައި 2020 | ބުރާސްފަތި 06:43

ޖޭއެސްސީ ވަނީ ގާޒީ އިސްމާއީލް ރަޝީދުގެ މައްސަލަ ތަހުގީގު ކުރުމަށް ކޮމެޓީއެއް އެކުލަވާލާފައި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 16 ޖުލައި 2020 | ބުރާސްފަތި 06:43
އަދީބުގެ މައްސަލަތައް ބާތިލް ކަމަށް ނިންމި، ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއީލް ރަޝީދު: ގާޒީ އިސްމާއިލް ރަޝީދުގެ މައްސަލަ ޖޭއެސްސީން ބެލުމަށް ގޮވާލާ މަޖިލީހަށް ވެސް ވަނީ މައްސަލައެއް ހުށަހަޅާފައި

އަދީބުގެ މައްސަލަތައް ބާތިލް ކަމަށް ނިންމި، ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއީލް ރަޝީދު: ގާޒީ އިސްމާއިލް ރަޝީދުގެ މައްސަލަ ޖޭއެސްސީން ބެލުމަށް ގޮވާލާ މަޖިލީހަށް ވެސް ވަނީ މައްސަލައެއް ހުށަހަޅާފައި

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި ތުހުމަތު ކުރެވޭ ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާ ކްރިމިނަލް ކޯޓުގައި މައްސަލަ ބެއްލެވި ގާޒީ އިސްމާއީލް ރަޝީދު، ބޭރުކޮށްލުމާއި ގުޅިގެން، ގާޒީ އިސްމާއީލް ރަޝީދުގެ މައްސަލަ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީން) ބަލަން ފަށައިފިއެވެ.

ޖޭއެސްސީން ބުނީ، ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއީލް ރަޝީދުގެ ސްލޫކީ މައްސަލައެއް އެކޮމިޝަނަށް ހުށަހެޅިފައިވާތީ، އެ މައްސަލަ ބަލަން ނިންމައި، އެ މައްސަލަ ބެލުމަށް ތަހުގީގު ކޮމެޓީއެއް އެކުލަވާލާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އަދީބުގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާ، ބާތިލް ކަމަށް ނިންމައި، އެ މައްސަލަތައް ކޯޓުން ބޭރުކޮށްލި މައްސަލާގައި ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމު ވަނީ ގާޒީގެ މައްސަލަ ޖޭއެސްސީއަށް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހަށް ވެސް ވަނީ އަދީބުގެ ދައުވާތައް ބޭރުކޮށްލި މައްސަލަ ހުށަހަޅާފައެވެ.

އެ މައްސަލައިގެ ތެރެއިން ގާޒީ އިސްމާއީލް ރަޝީދުގެ މައްސަލަ ޖޭއެސްސީން ބެލުމަށާއި، ކްރިނަލް ކޯޓުން ބޭރުކޮށްލި މައްސަލަތައް ހައިކޯޓަށް ހުށަހެޅުމަށް ވެސް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ހުށަހެޅުއްވި މައްސަލާގައި ގޮވާލައްވާފައި ވެއެވެ.

މައްސަލަ މަޖިލީހަށް ހުށަހަޅުއްވަމުން ހަސަން ލަތީފް ވިދާޅުވީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައާއި އެމައްސަލާގައި ހިމެނޭ މަނީ ލޯންޑަރިންގ މައްސަލަތަކުގެ އަމަލަކީ، ދިވެހިރާއްޖޭގައި ހިންގި މިފަދަ އެންމެ ބޮޑު ޖަރީމާ ކަމަށެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ދައުލަތުގެ ފަރާތުން އަދީބުގެ މައްޗަށް 7 ދައުވާއެއް ވަނީ އުފުލާފައެވެ. އެއީ، ޚިޔާނާތްތެރިވުމުގައި ބައިވެރިވެފައިވާ ކަމަށް ބުނާ ދެ ދައުވާއަކާއި، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ތުހުމަތުގައި އުފުލާފައިވާ ދެ ދައުވާއަކާއި، މަނީ ލޯންޑަރ ކުރުމުގެ ކުށުގެ ދެ ދައުވާއެވެ. އަދި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރިކަމުގެ ތުހުމަތުގައި އުފުލާފައިވާ ދައުވާ އެއްވެސް ހިމެނެއެވެ.

އަދީބުގެ މައްޗަށް އުފުލާފައިވާ އެ ދައުވާތަކާ ގުޅިގެން، ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އާއިޝަތު ބިޝާމްއާ އާދިބާ ދެމެދު ކުށަށް އިއުތިރާފްވުމާއި ތަހުގީގަށް އެއްބާރުލުން ދިނުމަށް ހެދިފައިވާ އެއްބަސްވުންތަކާ ގުޅޭގޮތުން، ގޮތެއް ނިންމުމަށް، އަންގާރަ ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވި އިބްތިދާއީ އަޑުހުމުގައި ގާޒީ އިސްމާއީލް ރަޝީދު ވަނީ އެ އެއްބަސްވުންތަކަކީ ގާނޫނާ ހިލާފަށް ވެފައިވާ އެއްބަސްވުންތަކެއް ކަމަށް ވިދާޅުވެ، ގިނަ ނުކުތާތަކެއް ފާހަގަކުރައްވާފައެވެ.

މައިގަނޑު ގޮތެއްގައި ގާޒީ އިސްމާއިލް ރަޝީދު ވިދާޅުވެފައިވަނީ، ބޭސްފަރުވާއަށް ބޭރަށް ފޮނުވާނެ ކަމަށް އަދީބަށް ޝަރުތުކޮށް، މަޖުބޫރު ކުރުމަކީ، ދިވެހިރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނުތަކާ އަދި ބައިނަލްއަގްވާމީ މުއާހަދާތާކާވެސް ހިލާފަށް ކުރައްވާފައިވާ ކަމެއް ކަމަށެވެ.

އެގޮތަށް ގާޒީ ވިދާޅުވީ، މިދިޔަ އާދިއްތަ ދުވަހު ބޭއްވި އަޑުއެހުމުގައި، އެ އެއްބަސްވުންތަކުގައި ސޮއި ކުރެއްވީ، ސިއްހީ ހާލަތު އިތުރަށް ގޯސްވަމުންދާތީ، އަދި ރަނގަޅަށް ބޭސްފަރުވާ ނުކުރެވި، 3 އަހަރު ވެފައިވާތީ އާއި، ޑޮކްޓަރުންގެ ލަފާގެ މަތިން ވެސް ރާއްޖެއިން ބޭރުން ބޭސްފަރުވާ ކުރުމަށް ކުރީގެ ސަރުކާރުން އެ ފުރުސަތު ދީފައި ނުވާތީ ކަމަށް އަދީބު ވިދާޅުވެފައިވާތީއެވެ.

ސަރުކާރު ބަދަލުވުމުން، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމަށް އެދުމުން، ހަމައެކަނި އޮތް ގޮތަކީ، ކުށަށް އިއުތިރާފު ވުމާއި، ތަހުގީގަށް އެއްބާރުލުން ދިނުމަށް ފުލުހުންނާއި ޕީޖީއާއެކު އެއްބަސްވުން ކަމަށް އަދީބު ވިދާޅުވެފައިވެއެވެ.

ނަމަވެސް ބޭސްފަރުވާއަށް ފަހު، ރާއްޖެވަޑައިގެން، އޭގެ ފަހުން ވެސް ކުށަށް އިއުތިރާފްވުމުގެ އެއްބަސްވުމާއި ތަހުގީގަށް އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގެ ސޮއިކޮށް، އަދި ގިނަ ބަޔާންތަކެއްގައި އަދީބު ސޮއި ކުރައްވާފައިވެއެވެ.

ޕީޖީ އޮފީހުގެ ބުނަނީ، އަދީބުގެ މައްޗަށް އެ 7 ދައުވާ ހުށަހެޅީ ހަމައެކަނި އަދީބުގެ އިއުތިރާފުގެ ބަޔާނުން މައްސަލަތައް ސާބިތުކުރަން ނޫން ކަމަށާއި، އެ އިއުތިރާފްގެ ބަޔާނާނުލާ ވެސް އެ ދައުވާތައް ސާބިތު ކުރަން ބޭނުންވާ ހަރުދަނާ ހެކި، ގަރީނާ ޝަރީއަތަށް ހުށަހަޅާފައި ވާނެ ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް