Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަދީބުގެ މައްސަލަ

އަދީބުގެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރަން ހުށަހަޅައިފި

ކްރިމިނަލް ކޯޓުން ވަނީ އަދީބުގެ މައްޗަށް އުފުލި ހަތް ދައުވާއެއް ބޭރުކޮށްލާފައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 15 ޖުލައި 2020 | ބުދަ 07:55
ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު

ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަތަކާ ގުޅިގެން، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާއެއް ކްރިމިނަލް ކޯޓުން ބާޠިލް ކުރުމުން، އެ މައްސަލަތައް ހައިކޯޓުގައި އިސްތިއުނާފް ކުރަން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ހުށަހަޅައިފިއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ކުރެއްވި ޓިވީޓެއްގައި ވިދާޅުވީ އެ މައްސަލަ މިހާރު ހުށަހަޅާފައިވާ ކަަމަށެވެ.

Advertisement - newsAdvertisement

އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުުގައި ވާހަކަ ދައްކަވަމުން ޕީޖީ ހުސައިން ޝަމީމު ވަނީ ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއީލް ރަޝީދު ނިންމަވާފައިވާ ނިންމުންތަކުގެ މައްޗަށް އަލި އަޅުވާލާފައެވެ. ހާއްސަކޮށް، މައްސަލަ ބާތިލް ކުރި ސަބަބެއް ނުވަތަ ހަވާލާދިން ގާނޫނުގެ މާއްދާއެއް އެނގެން ނެތް ކަމަށް ވިދާޅުވިއެވެ.

ޝަމީމު ވިދާޅުވީ، ކުށަށް އިއުތިރާފުވުމާއި ތަހުގީގަށް އެއްބާރުލުން ދިނުމަށް ޕީޖީއާއެކު ވެފައިވާ އެއްބަސްވުމަކީ ބޭސްފަރުވާއަށް ބޭރަށް ފޮނުވާނެ ކަމަށް ބުނެ، މަޖުބޫރުކޮށްގެން ވެފައިވާ އެއްބަސްވުންތަކެއް ނޫންކަމަށާއި، އަދި އަދީބުގެ އެފަދަ ގޮތަކަށް ވިދާޅުވާ އަޑު އައްސަވާފައިނުވާ ކަމަށެވެ. އެހެން ކަމުން، އެއީ މަޖުބޫރުކޮށްގެން ސޮއިކުރުވި އެއްބަސްވުމެއް ކަމަށް ގާޒީ ނިންމެވި ސަބަބެއް އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވިއެވެ.

ޝަމީމު ވިދާޅުވީ، ބޭސް ފަރުވާއަށް ވަޑައިގަންވަން ބޭނުންވެގެން، އެކަމުގެ މަޖުބޫރުކަމަށްޓަކައި އެ އެއްބަސްވުމުގައި ސޮއި ކުރެއްވިނަމަ، ބޭސްފަރުވާ ކުރުމަށްފަހު، ރާއްޖެ ވަޑައިގެން، އޭގެ މާފަހުން ގިނަ ބަޔާންތައް ދެއްވައި ސޮއި ކުރައްވާފައިވާ ކަމަށެވެ. އެހެންކަމުން ބޭފަރުވާ ނުކުރެވިދާނެ ކަމުގެ ބިރަށް، ކުރިން ހެދި އެއްބަވުމުގައި ސޮއިކުރިނަމަވެސް، ފަހުން ހެދި އެއްބަސްވުންތަކާއި، ބަޔާންތަކުގައި ސޮއި ކުރެއްވުމުގެ އެބުނާ ސިއްހީ ފަރުވާ ނުލިބުމުގެ ބިރުވެރިކަން ވުޖޫދުގައި ނެތް ކަމަށެވެ.

ސިއްހީ ފަރުވާގެ ކަންކަން ހިމަނައިގެން ސޮއިކޮށްފައިވާ އެއްބަސްވުމާ ގުޅޭ މައުލޫމާތު ދެއްވަމުން ޝަމީމް ވިދާޅުވި، ފުރަތަމަ ހެދި އެެއްބަސްވުމުގައި ސިއްހީ ފަރުވާގެ ވާހަކަ ނުހިމެނޭ ކަމަށެވެ. އަދި ދެން ސޮއިކުރި އެއްބަސްވުމުގައި ސިއްހީ ފަރުވާގެ ވާހަކަ ހިމަނާފައި ވަނީ އަދީބުގެ އެދިލެއްވުމުން ކަމަށެވެ. މި އެއްބަސްވުމުގައި ދައުލަތުގެ ފަރާތުން ސޮއިކުރެއްވީ އޭރުގެ ޕްރޮސިކިއުޓަރ ޖެނެރަލް ބިޝާމްއެވެ.

ޕީޖީ ޝަމީމްގެ އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވީ އަދީބާއެކު ވެވުނު އިއުތިރާފުގެ އެއްބަސްވުމުގައި އިޖުރާއީ މައްސަލަތަކެއް އުޅޭ ކަމަށް ފާހަގަކޮށް މައްސަލަ ބާތިލް ކުރުމާއި ގުޅިގެންނެވެ. އެގޮތުން މުޅި މައްސަލަ ބިނާވެފައި އޮތީ، އެ އެއްބަސްވުމުގެ މައްޗަށް އެކަނި ނޫން ކަމަށާއި، އެކަމާއި ގުޅޭ އިތުރު 700 ގަނޑުގެ ލިޔެކިޔުން ކޯޓަށް ހުށައަޅާފައިވާނެ ކަމަށް ޝަމީމް ވިދާޅުވިއެވެ.

ޕީޖީ ޝަމީމް ވަނީ އެއްބަސްވުމާ ނުލާ ކުރިއަށް ދާނަމަ، އަދީބުގެ މައްޗަށް 150 އެއްހާ ދައުވާ އުފުލޭވަރުގެ ލިޔެކިޔުން ދައުލަތުގައި އެބަހުރި ކަމަށެވެ. އަދި މި ދައުވާތަކާއި ގުޅިގެން 800 އަހަރުގެ ޖަލު ހުކުމެއް އައުމުގެ ފުރުސަތު އެބައޮތް ކަމަށެެވެ.

ކުށަށް އިއުތިރާފްވުމާއި ތަހުގީގަށް އެއްބާރުލުން ދިނުމަށް އަދީބާއެކު އެއްބަސްވުމަކާ ހަމައަށް ދިޔައީ، އެކަމަށް އެއްބަސްވާނަމަ، ގާނޫނީ ގޮތުން ލިބެދޭ ލުއިތަކެއް އަދީބަށް ލުއިތަކެއް ދިނުމުގެ ގޮތުން ކަމަށް ޝަމީމް ވިދާޅުވިއެވެ.

ފުލުހުންނާއި ޕީޖީ ބިޝާމާއެކު މީގެ އެއްބަސްވުމެއް އަދީބު ފުރަތަމަ ހެދީ، މިދިއަ އަހަރުގެ ޖޫން 8 ވަނަ ދުވަހުއެވެ. އޭގެ ފަހުން 19 ސެޕްޓެމްބަރުގައި ދެވަނަ އެއްބަސްވުމެއް ވެސް ހަދާފައިވެއެވެ. އަދީބުގެ މައްޗަށް ދައުވާ އުފުލުމަށްޓަކައި ހެދި ތިންވަނަ އެއްބަސްވުން ހަދާފައިވަނީ 25 ސެޕްޓެމްބަރު 2019 ގައެވެ. މި މައްސަލައާއެކު ކްރިމިނަލް ކޯޓަށް ޕީޖީ އޮފީހުން ހުށައަޅާފައިވަނީ 25 ސެޕްޓެމްބަރު 2019 ހެދި އެއްބަސްވުން އެކަންޏެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު