Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ކުޅުންތެރިންނާއި އޮފިޝަލުން ޓެސްޓު ކުރުން

ޕްރިމިއާ ލީގުން އިތުރު މީހަކު ކޮރޯނާވައިރަހަށް ޕޮޒިޓިވް ވެއްޖެ

މިހާތަނަށް ޖުމްލަ 20 މީހަކު ވަނީ ކޮވިޑް-19ށް ޕޮޒިޓިވް ވެފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 14 ޖުލައި 2020 | އަންގާރަ 13:48
ޕްރިމިއާ ލީގުގެ މެޗެއްގެ ކުރިން ދަނޑު ޑިސްއިންފެކްޓް ކުރަނިކޮށް

ޕްރިމިއާ ލީގުގެ މެޗެއްގެ ކުރިން ދަނޑު ޑިސްއިންފެކްޓް ކުރަނިކޮށް

އިނގިރޭސި ޕްރިމިއާ ލީގުން އިތުރު މީހަކު ކޮރޯނާވައިރަސް (ކޮވިޑް-19) ށް ޕޮޒިޓިވް ވެއްޖެއެވެ.

ކޮވިޑް-19 ގެ ބްރޭކަށްފަހު ޕްރިމިއާ ލީގު އަލުން ފަށާފައިވަނީ މިދިޔަ ޖޫން މަހުގެ 17 ވަނަ ދުވަހެވެ. ޕްރިމިއާ ލީގު އަލުން ފެށި ނަމަވެސް، ލީގުން އަންނަނީ ކްލަބުތަކުގެ ކުޅުންތެރިންނާއި އޮފިޝަލުން ކޮވިޑް-19ށް ޓެސްޓު ކުރަމުންނެވެ.

އެގޮތުން މިހާތަނަށް 13 ބުރެއްގެ މަތިން ކުޅުންތެރިންނާއި އޮފިޝަލުން ކޮވިޑް-19ށް ޓެސްޓު ކޮށްފައިވާއިރު، ފަހުން ކުރިއަށް ގެންދިޔަ ޓެސްޓު ކުރުމުގެ ބުރުގައި 2،071 މީހަކު ވަނީ ޓެސްޓު ކޮށްފައެވެ. މި ބުރުން އިތުރު އެއް މީހަކު ވައިރަހަށް ޕޮޒިޓިވް ވިކަން ޕްރިމިއާ ލީގުން ވަނީ ހާމަކޮށްފައެވެ. އެކަމަކު އެ މީހާގެ އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ. އެއާއެކު މިހާތަނަށް ޖުމްލަ 20 މީހަކު ވަނީ ޕްރިމިއާ ލީގުން ކޮވިޑް-19ށް ޕޮޒިޓިވް ވެފައެވެ.

ޕްރިމިއާ ލީގު އަލުން ފަށައިގެން ކުރިއަށްދާއިރު، ލިވަޕޫލުން ވަނީ މި ސީޒަނުގެ ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ކަށަވަރުކޮށްފައެވެ. މިއީ އެޓީމުން 1989-1990 ގެ ސީޒަނުގެ ފަހުން އިނގިރޭސި ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ. އަދި އެ ޓީމުން އިނގިރޭސި ޗެމްޕިއަންކަން ހޯދި ޖުމްލަ 19 ވަނަ ފަހަރެވެ. އެކަމަކު މިއީ 1992 ވަނަ އަހަރު އިނގިރޭސި ފުރަތަމަ ޑިވިޝަން، ޕްރިމިއާ ލީގަށް ރިބްރޭންޑްކުރި ފަހުން އެ ޓީމުން ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.

ލީގު ޗެމްޕިއަންކަން ލިވަޕޫލުން ކަށަވަރުކުރިއިރު، އެޓީމު އެއްވަނައިގައި އޮތީ 21 ޕޮއިންޓުގެ ލީޑަކާއެކުއެވެ. ލިވަޕޫލަށް 35 މެޗުން 93 ޕޮއިންޓު ލިބިފައިވާއިރު، ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީއަށް 35 މެޗުން ލިބިފައިވަނީ 72 ޕޮއިންޓެވެ.

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް
18 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް

18 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް
17 ޖެނުއަރީ 2017

މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް

17 ޖެނުއަރީ 2017
މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް
14 ޖެނުއަރީ 2017

ސާއިދު އިތުރު ތަމްރީނަށް ޖެމެއިކާއަށް ފުރަނީ

14 ޖެނުއަރީ 2017
ސާއިދު އިތުރު ތަމްރީނަށް ޖެމެއިކާއަށް ފުރަނީ
10 ޖެނުއަރީ 2017

ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި

10 ޖެނުއަރީ 2017
ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު