17 އަހަރު ކުއްޖަކަށް އަނިޔާކޮށް ޖިންސީ ފުރައްސާރަ ކުރި މައްސަލައެއް ބަލަނީ
14 ޖުލައި 2020 | އަންގާރަ 12:38ޖިންސީ ފުރައްސާރަ ކޮށްފައިވަނީ 17 އަހަރުގެ އަންހެން ކުއްޖަކަށް


ޖިންސީ ގޯނާ އަދި ރޭޕް ކުރުމާ ދެކޮޅަށް ކުރި މުޒާހަރާއެއްގެ ތެރެއިން
އަންހެން ކުއްޖަކަށް އަނިޔާކޮށް ބިރުދައްކާ ޖިންސީ ފުރައްސާރަ ކުރި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.
ފުލުހުން ބުނީ މާލޭގައި 17 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާކޮށް ބިރުދައްކާ ޖިންސީ ފުރައްސާރަ ކުރި މައްސަލައެއް އަންގާރަ ދުވަހުގެ ފަތިހުގެ ވަގުތުގައި ހުށަހަޅާފައިވާ ކަމަށެވެ. ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައިނުވާ ކަމަށެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
އަންހެން ކުއްޖަކަށް އަނިޔާކޮށް ބިރުދައްކާ ޖިންސީ ފުރައްސާރަ ކުރި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށާފައިވާއިރު، މި ދުވަސްވަރު ޖިންސީ ފުރައްސާރަ އާއި ޖިންސީ ގޯނާގެ މައްސަލަތައް ރިޕޯޓްކުރެވޭ އަދަދު ވަނީ އިތުރުވެފައިވެފައެވެ. އަދި މި މައްސަލަތަކުގައި އިންސާފު ނުލިބޭ ކަމަށް ބުނެ މާލޭގައި ދަނީ ސިލްސިލާ މުޒާހަރާތަކެއް ވެސް ކުރަމުންނެވެ.








