Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިނގިރޭސި ޕްރިމިއާ ލީގު

އާސެނަލް އަތުން ޓޮޓެންހަމް މޮޅުވިއިރު، ލެސްޓާއިން ފުރުސަތު ނަގާލައިފި

އާސެނަލް އަތުން ޓޮޓެންހަމް މޮޅުވީ 2-1 ން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 13 ޖުލައި 2020 | ހޯމަ 07:27
ޓޮޓެންހަމާއި އާސެނަލް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޓޮޓެންހަމް މޮޅުވީ 2-1 ން

ޓޮޓެންހަމާއި އާސެނަލް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޓޮޓެންހަމް މޮޅުވީ 2-1 ން

އިނގިރޭސި ޕްރިމިއާ ލީގުގައި އާދީއްތަ ދުވަހުގެރޭ އާސެނަލް އަތުން ޓޮޓެންހަމް ހޮޓްސްޕާ މޮޅުވިއިރު، ބޯންމަތު އަތުން ބަލިވެ ތިންވަނައަށް އަރަން ލިބުނު ފުރުސަތު ލެސްޓާ ސިޓީން ނަގާލައިފިއެވެ.

ޓޮޓެންހަމްގެ ދަނޑުގައި ކުޅުނު މެޗުން އާސެނަލްގެ މައްޗަށް އެޓީމު ކުރިހޯދީ 2-1 ގެ ނަތީޖާއަކުންނެވެ.

މި މޮޅާ އެކު ޓޮޓެންހަމް ވަނީ އާސެނަލް ފަހަތަށް ޖައްސާލައި ތާވަލުގެ އަށްވަނައަށް އަރާއެވެ. ކުޅުނު 35 މެޗުން 52 ޕޮއިންޓު ހޯދައިގެން ޓޮޓެންހަމް އަށްވަނައަށް ޖެހިލިއިރު، އާސެނަލް ނުވަވަނައިގައި އޮތީ ކުޅުނު 35 މެޗުން ލިބުނު 50 ޕޮއިންޓާއެކުއެވެ.

އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ އާސެނަލުންނެވެ. މެޗުގެ 16 ވަނަ މިނެޓުގައި މި ލަނޑު އާސެނަލަށް ކާމިޔާބުކޮށްދިނީ އަލެކްސަންޑަ ލަކަޒޭޓްއެވެ.

އެކަމަކު އޭގެ ތިން މިނެޓު ފަހުން ސޮން ހެއުން-މިން ވަނީ ޓޮޓެންހަމަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. މި މެޗުން ޓޮޓެންހަމް މޮޅުވީ މެޗު ނިމެން ނުވަ މިނެޓަށް ވެފައިވަނިކޮށް ޑިފެންޑަރު ޓޯބީ އަލްޑަވެއިރަލްޑް ކާމިޔާބުކުރި ލަނޑުންނެވެ.

މީގެ އިތުރުން ލީގުގައި އާދީއްތަ ދުވަހުގެރޭ ރަށުން ބޭރުގައި ބޯންމަތު އަތުން ލެސްޓާ ބަލިވީ 4-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ލެސްޓާއިންނެވެ. މެޗުގެ 23 ވަނަ މިނެޓުގައި ލެސްޓާއަށް ލީޑު ނަގއިދިނީ މި ސީޒަނުގެ ޕްރިމިއާ ލީގުގެ ލަނޑު ލިސްޓުގެ އެއްވަނައިގައި އޮތް ޖެމީ ވާޑީއެވެ.

ބޯންމަތުން އެޓީމު ކޮޅަށް ނަތީޖާ އަނބުރާލީ ދެވަނަ ހާފުގައެވެ. މެޗުގެ 66 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ޖޫނިއާ ސްޓަނިސްލާސް ބޯންމަތަށް ނަތީޖާ އެއްވަރުކޮށްދިންއިރު، އޭގެ މިނެޓެއް ފަހުން ބޯންމަތަށް ލީޑު ނަގައިދިނީ ޑޮމިނިކް ސޮލާންކޭއެވެ.

މި މެޗުގައި ލެސްޓާއަށް މައްސަލަތައް ދިމާވީ ޑިފެންޑަރު ޝަލްގާ ސޮޔުންޗޫއަށް ސީދާ ރަތް ކާޑެއް ދެއްކުމުންނެވެ. އޭގެ ފައިދާ ބޯންމަތުން ނެގިއިރު، މެޗުގައި ބޯންމަތުން ލީޑު ފުޅާކުރި ލަނޑަކީ މެޗުގެ 83 ވަނަ މިނެޓުގައި ލެސްޓާގެ ޑިފެންޑަރު ޖޯނީ އެވަންސް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ބޯންމަތުގެ ހަތަރުވަނަ ލަނޑު މެޗު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ ސޮލާންކޭއެވެ.

މި މެޗުން މޮޅުވެގެން ލެސްޓާއަށް ތިންވަނައަށް އެރުމުގެ ފުރުސަތު އޮތް ނަމަވެސް، މެޗުން ބަލިވުމުން އެ ޓީމު އޮތީ ހަތަރު ވަނައިގައި 35 މެޗުން 59 ޕޮއިންޓާއެކުއެވެ. ފަސްވަނައިގައި މި ވަގުތު އޮތް މެންޗެސްޓާ ޔުނައިޓެޑް ހޯމަ ދުވަހުގެރޭ ސައުތެމްޓަން އަތުން މޮޅުވެއްޖެނަމަ، އެ ޓީމަށް ތާވަލުގެ ތިންވަނައަށް އެރޭނެއެވެ. ޔުނައިޓެޑް މި ވަގުތު ފަސްވަނައިގައި އޮތީ 34 މެޗުން 58 ޕޮއިންޓު ހޯދައިގެންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ

ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ

07 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

24 ޖޫން
"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ
20251 އަހަރު ކުރިން
ދުނިޔެ

"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި
20242 އަހަރު ކުރިން
ރާއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"
20215 އަހަރު ކުރިން
ރާއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!
20197 އަހަރު ކުރިން
ރާއްޖެ

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި
20188 އަހަރު ކުރިން
ރާއްޖެ

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު