Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއާ ލީގު

ބްރައިޓަން އަތުން މޮޅުވެ ލިވަޕޫލަށް އިތުރު ރިކޯޑެއް

9 ޖުލައި 2020 | ބުރާސްފަތި 07:46

ބްރައިޓަން އަތުން ލިވަޕޫލް މޮޅުވީ 3-1 ން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 9 ޖުލައި 2020 | ބުރާސްފަތި 07:46
ބްރައިޓަން އާއި ލިވަޕޫލް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ލިވަޕޫލް މޮޅުވީ 3-0 ން

ބްރައިޓަން އާއި ލިވަޕޫލް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ލިވަޕޫލް މޮޅުވީ 3-0 ން

އިނގިރޭސި ޕްރިމިއާ ލީގުގައި ބްރައިޓަން ބަލިކޮށް ލީގުގެ ތާރީޚުގައި އެއް ސީޒަނެއްގައި އެންމެ އަވަހަށް 30 މޮޅު ހަމަކުރި ޓީމުގެ ރިކޯޑު ލިވަޕޫލުން ގާއިމުކޮށްފިއެވެ.

އެއް ސީޒަނެއްގައި އެންމެ އަވަހަށް 30 މޮޅު ހަމަކުރި ޓީމުގެ ރިކޯޑު ލިވަޕޫލުން ގާއިމުކުރީ ބުދަ ދުވަހުގެރޭ ރަށުން ބޭރުގައި ބްރައިޓަން އަތުން 3-1 ން ހޯދި މޮޅާއެކުއެވެ.

ބްރައިޓަންގެ ދަނޑުގައި ކުޅުނު މެޗުގެ ކުރީކޮޅު ލިވަޕޫލުން ވަނީ ދެ ލަނޑުގެ ލީޑެއް ނަގާފައެވެ. އެގޮތުން މެޗުގެ ހަވަނަ މިނެޓުގައި ނަބީ ކެއިޓާ ދިން ބޯޅައަކުން މުހައްމަދު ސަލާހު ލިވަޕޫލަށް ލީޑު ނަގައިދިންއިރު، އޭގެ ދެ މިނެޓު ފަހުން ސަލާހު ދިން ބޯޅައަކުން ލިވަޕޫލަށް ލީޑު ފުޅާކޮށްދިނީ ކެޕްޓަން ޖޯޑަން ހެންޑަސަންއެވެ.

އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ބްރައިޓަންއިން ވަނީ ފަރަގު ކުޑަކޮށްފައެވެ. ފުރަތަމަ ހާފުގެ ފަހު މިނެޓުގައި މި ލަނޑު ކާމިޔާބުކޮށްދިނީ ލެއަންޑްރޯ ޓްރޮސާޑްއެވެ. އެކަމަކު މެޗުގެ އެންޑީ ރޮބަޓްސަން ނަގައިދިން ބޯޅައަކުން މެޗުގެ 76 ވަނަ މިނެޓުގައި ސަލާހު ވަނީ ލިވަޕޫލަށް އަލުން ލީޑު ފުޅާކޮށްދީފައެވެ.

މީގެ އިތުރުން ލީގުގައި ބުދަ ދުވަހުގެރޭ މެންޗެސްޓާ ސިޓީން ވަނީ 5-0 އިން ނިއުކާސަލް ޔުނައިޓެޑް އަތުން ބޮޑު މޮޅެއް ހޯދާފައެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި ސިޓީން ލީޑު ނެގީ މެޗުގެ 10 ވަނަ މިނެޓުގައި ގަބްރިއެލް ޖީސޫސް ކާމިޔާބުކުރި ލަނޑުންނެވެ. އަދި މެޗުގެ 21 ވަނަ މިނެޓުގައި ރިޔާދު މާރޭޒް ވަނީ ސިޓީއަށް ލީޑު ފުޅާކޮށްދީފައެވެ.

ދެވަނަ ހާފުގައި ސިޓީން ތިން ލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ ތިންވަނަ ލަނޑަކީ ނިއުކާސަލްގެ ޑިފެންޑަރު ފެޑެރީކޯ ފެނާންޑޭސް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އަނެއް ދެ ލަނޑު ޖަހައިދިނީ ޑޭވިޑް ސިލްވާ އާއި ރަހީމް ސްޓާލިންއެވެ.

މި ނަތީޖާތަކާއެކު ލިވަޕޫލް އެއްވަނައިގައި އޮތީ 34 މެޗުން 92 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ސިޓީއަށް 34 މެޗުން ލިބިފައިވަނީ 69 ޕޮއިންޓެވެ.

އެންމެ ހިނގާ

1

އެއް ފަހަރާ އެކަކަށް ކުންފުންޏެއްގެ އެމްޑީކަމާއި ސްޓޭޓް މިނިސްޓަރުކަން މިއީ ކިހިނެއް ހިނގާ ސަރުކާރެއް؟

2

ޕްރައިމަރީއާ ގުޅޭގޮތުން ފައިސަލް އާއި ރައީސް ސޯލިހުގެ 3 ގަޑިއިރުގެ ބައްދަލުވުމެއް!

3

ފްލައިޓް ލަސްވެގެން ވީއައިއޭގައި ޗައިނާ ފަތުރުވެރިންނާއި ފުލުހުންގެ މެދުގައި ހިނގި ހަމަނުޖެހުމުގެ ފަހަތުގައިވަނީ ކޮންކަމެއް؟

4

އިންޑިއާގެ ބަދަލުގައި ޕާކިސްތާނުން ޑޮކްޓަރުންނާއި ޓީޗަރުން ގެންނަން ނިންމާ، ރައީސް މުއިއްޒު ސަރުކާރުން އެ މަސައްކަތް ފަށައިފި

5

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ ރައްޔިތަކަށް ދެ ލައްކަ ރުފިޔާގެ އެހީއެއް ދޭނަން، ގޭގައި ގިނަ މީހުން ތިބިއްޔާ މިލިއަނެއްވެސް ލިބިދާނެ: ރައީސް

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ

31 ޖެނުއަރީ 2017
ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ
28 ޖެނުއަރީ 2017

އިތުރު 30 ވޮލީކޯޓް އަޅަންވަނީ ނިންމާފައި: އިރުތިޝާމް

28 ޖެނުއަރީ 2017
އިތުރު 30 ވޮލީކޯޓް އަޅަންވަނީ ނިންމާފައި: އިރުތިޝާމް
27 ޖެނުއަރީ 2017

ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ

27 ޖެނުއަރީ 2017
ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް
18 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް

18 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް
17 ޖެނުއަރީ 2017

މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް

17 ޖެނުއަރީ 2017
މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް
14 ޖެނުއަރީ 2017

ސާއިދު އިތުރު ތަމްރީނަށް ޖެމެއިކާއަށް ފުރަނީ

14 ޖެނުއަރީ 2017
ސާއިދު އިތުރު ތަމްރީނަށް ޖެމެއިކާއަށް ފުރަނީ
11 ޖެނުއަރީ 2017

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ
10 ޖެނުއަރީ 2017

ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި

10 ޖެނުއަރީ 2017
ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި
04 ޖެނުއަރީ 2017

ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ

04 ޖެނުއަރީ 2017
ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް