Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުއަކްޝޭ ކުމާރު

އަކްޝޭއަށް ނެޝަނަލް އެވޯޑް ލިބުމުން ފާޑުކިޔަންޖެޭހޭ ސަބަބެއް ނުވިސްނުނު: ޕްރިޔާދަރްޝަން

އަކްޝޭއަށް ނެޝަނަލް ފިލްމު އެވޯޑް ލިބުނީ އޭނާ ރުސްތުމްގައި ކުޅެފައިވާ ރޯލަށް

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 10 އެޕްރީލު 2017 | ހޯމަ 11:19
ޕްރިޔާދަރްޝަން

ޕްރިޔާދަރްޝަން

އިންޑިއާގެ ނެޝަނަލް ފިލްމު އެވޯޑް އަކްޝޭ ކުމާރަށް ލިބުމުން ފާޑުކިޔަންޖެހޭ ސަބަބެއް ނުވިސްނުނު ކަމަށް ޝަނަލް ފިލްމު އެވޯޑުގެ، ފީޗާ ފިލްމު ސެކްޝަންގެ ޗެއާޕާސަން ޕްރިޔަދަރްޝަން ބުނެފިއެވެ.

އަކްޝޭއާ އެކު ގިނަ ފިލްމްތަކެއްގައި މަސައްކަތްކޮށްފައިވާ ޕްރިޔަދަރްޝަން މިހެން ބުނެފައި މި ވަނީ ފިލްމް "ރުސްތަމް" އިން އަކްޝޭ އަށް ނޭޝަނަލް އެވޯޑް ލިބުމުން ގިނަ ބަޔަކު އެކަމަށް ފާޑުކިޔަމުން ދާތީ އެވެ.

އަކްޝޭއާ ގާތް ގުޅުމެއް އޮންނަ ޕްރިޔަދަރްޝަން އުފައްދާފައިވާ އަކްޝޭގެ ފިލްމްތަކުގެ ތެރޭގައި ތެރޭގައި "ބާގަމް ބާގް"، "ބޫލް ބުލައްޔާ" އަދި "ގަރަމް މަސާލާ" ފަދަ ފިލްމުތައް ހިމެނެއެވެ.

ފާޑުކިޔާ ފަރާތްތަކުން ބުނީ އަކްޝޭ އަށް އެވޯޑް ލިބެންޖެހޭ ނަމަ ލިބެންޖެހޭނީ "ރުސްތަމް" އިން ނޫން ކަމަށެވެ. އަދި މިދިޔަ އަހަރަކީ މޮޅު ގިނަ ފިލްމްތަކެއް ފެނިގެން ގޮސްފައިވާ އަދި އެކްޓަރުންެގެ ފަރާތުން ވެސް މޮޅު ހުށަހެޅުންތަކެއް ފެނިގެން ދިޔަ ފިލްމްތަކެއް ރިލީޒްކުރި އަހަރަކަށް ވުމުން އެއީ އިންސާފެއް ކަމަށް ގަބޫލުކުރަން ދަތި ކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެފައި ވެއެވެ.

މިދިޔަ އަހަރު ފާހަގަކޮށްލެވޭ ފިލްމްތަކުގެ ތެރޭގައި އާމިރް ޚާންގެ "ޑަންގަލް" އާއި މަނޯޖް ވަޖްޕާއީގެ "އަލީގަރް" އާއި މަހެންދަރް ސިންގް ދޯނީގެ ހަޔާތުގެ މައްޗަށް ބިނާކޮށް ސުޝާންތު ސިންގް ރާޖްޕޫތު ލީޑް ރޯލުން ފެނިގެންދާ "އެމް.އެސް ދޯނީ: ދަ އަންޓޯލްޑް ސްޓޯރީ" ހިމެނެއެވެ. މި ތިން ފިލްމަކީ ވެސް މި ތިން ތަރިންގެ ހުނަރު އިންތިހާ އަށް ފެނިގެން ދިޔަ ފިލްމްތައް ކަމަށްވާއިރު މި ފިލްމްތަކުން އިބުރަތްތަކެއް ވެސް ހާސިލްވެގެން ގޮސްފައިވާ ކަަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ. އެ ގޮތުން "ޑަންގަލް" ގައި އާމިރް ޚާން ވަނީ ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާކަން ވެސް ފާހަގަކޮށްލެވެއެވެ.

އިންޑިއާގެ ނޫސްތަކުން ވެސް އަކްޝޭގެ މިއެވޯޑަށް ވަނީ ފާޑު ކިޔާފައެވެ. އެ ނޫސްތަކުން ބުނަނީ އަކްޝޭއަށް މިއެވޯޑް ހައްގުވާ ކަމަށް ގަބޫލް ނުކުރާ ކަމަށެވެ. އަދި ރުސްތުމްގައި އަކްޝޭގެ އެކްޓު ހުރީ އެވްރެޖްގައި ކަމަށެވެ.

އިތުރަށް ކިޔާލަން

13 މާރިޗު 2017

ޒީ ސިނޭ އެވޯޑްސްގެ ބެސްޓް އެކްޓަރ އަދި އެކްޓްރެސްއަކަށް އަމީތާބާއި އާލިޔާ

13 މާރިޗު 2017
ޒީ ސިނޭ އެވޯޑްސްގެ ބެސްޓް އެކްޓަރ އަދި އެކްޓްރެސްއަކަށް އަމީތާބާއި އާލިޔާ
07 މާރިޗު 2017

އިއްފާގައި އައިޝްވާރިއާއަށް އެންމެ މޮޅު އެކްޓްރެސްގެ އެވޯޑް

07 މާރިޗު 2017
އިއްފާގައި އައިޝްވާރިއާއަށް އެންމެ މޮޅު އެކްޓްރެސްގެ އެވޯޑް
27 ފެބުރުއަރީ 2017

ޓްރަމްޕްގެ އިމިގްރޭޝަން ގަރާރާއި ދެކޮޅަށް އިހްތިޖާޖްކުރި އިރާންގެ ފިލްމު ޑިރެކްޓަރަށް އޮސްކާ އެވޯޑް ލިބިއްޖެ

27 ފެބުރުއަރީ 2017
ޓްރަމްޕްގެ އިމިގްރޭޝަން ގަރާރާއި ދެކޮޅަށް އިހްތިޖާޖްކުރި އިރާންގެ ފިލްމު ޑިރެކްޓަރަށް އޮސްކާ އެވޯޑް ލިބިއްޖެ
20 ފެބުރުއަރީ 2017

62 ވަނަ ބޮލީވުޑް ފިލްމްފެއާ އެވޯޑް ހަފްލާ ވަރަށް ކުލަގަދަކޮށް ބާއްވައިފި

20 ފެބުރުއަރީ 2017
62 ވަނަ ބޮލީވުޑް ފިލްމްފެއާ އެވޯޑް ހަފްލާ ވަރަށް ކުލަގަދަކޮށް ބާއްވައިފި
13 ފެބުރުއަރީ 2017

ގްރެމީ އެވޯޑް 2017: އެންމެ ގިނަ އެވޯޑް އަޑެލް އަށް

13 ފެބުރުއަރީ 2017
ގްރެމީ އެވޯޑް 2017: އެންމެ ގިނަ އެވޯޑް އަޑެލް އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު