Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއާ ލީގު

ލިވަޕޫލުން ރިކޯޑު ދެމެހެއްޓިއިރު، ސިޓީ ބަލިވެއްޖެ

އެސްޓަން ވިލާ އަތުން ލިވަޕޫލް މޮޅުވީ 2-0 ން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 6 ޖުލައި 2020 | ހޯމަ 07:55
ލިވަޕޫލް އާއި އެސްޓަން ވިލާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ލިވަޕޫލް މޮޅުވީ 2-0 ން

ލިވަޕޫލް އާއި އެސްޓަން ވިލާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ލިވަޕޫލް މޮޅުވީ 2-0 ން

އިނގިރޭސި ޕްރިމިއާ ލީގުގައި އެސްޓަން ވިލާ ބަލިކޮށް އަމިއްލަ ދަނޑުގައި މޮޅުވުމުގެ ރިކޯޑު ޗެމްޕިއަން ލިވަޕޫލުން ދެމެހެއްޓިއިރު، ސައުތެމްޓަން އަތުން މެންޗެސްޓާ ސިޓީ ބަލިވެއްޖެއެވެ.

ޗެމްޕިއަންކަން ކަށަވަރުކޮސްފައިވާ ލިވަޕޫލް ވަނީ އާދީއްތަ ދުވަހުގެރޭ އަމިއްލަ ދަނޑުގައި އެސްޓަން ވިލާ އަތުން 2-0 ން މޮޅުވެފައެވެ. މި މެޗުން މޮޅުވެ ލިވަޕޫލުން ވަނީ މި ފަހަރު ލީގުގައި އަމިއްލަ ދަނޑުގައި ކުޅޭ މެޗުތަކުން މޮޅުވެ ސައްތަ އިން ސައްތަ ރިކޯޑު ދަމަހައްޓާފައެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މި ހާފުގައި ލަނޑެއް ފެނިފައެއް ނުވެއެވެ. ލިވަޕޫލުން މެޗުގައި ލީޑު ނެގީ 71 ވަނަ މިނެޓުގައެވެ. ނަބީ ކެއިޓާ ދިން ބޯޅައަކުން ލިވަޕޫލަށް ލީޑު ނަގައިދިނީ ސަޑިއޯ މާނޭއެވެ. އަދި މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް ލިވަޕޫލަށް ލީޑު ފުޅާކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޒުވާން ކުޅުންތެރިޔާ ކާޓިސް ޖޯންސްއެވެ.

ލީގުގައި އާދީއްތަ ދުވަހުގެރޭ ރަށުން ބޭރުގައި ކުޅުނު މެޗުން ސިޓީ ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ.

މި މެޗަކީ މި ފަހަރު ލީގުގައި ސިޓީ ބަލިވި ނުވަވަނަ މެޗެވެ. އަދި މިއީ ގާޑިއޯލާގެ ކޯޗިން ކެރިއަރުގައި އެއް ސީޒަނެއްގައި ލީގުގައި މި އަދަދަށް ބަލިވި ފުރަތަމަ ފަހަރެވެ.

މި މެޗުގައި ސިޓީގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު، ސައުތެމްޓަން މި މެޗުން މޮޅުކޮށްދޭން ޖެހި ހަމައެކަނި ލަނޑު މެޗުގެ 16 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޗޭ އެޑަމްސްއެވެ. މިއީ އުމުރުން 23 އަހަރުގެ އެޑަމްސް ލީގުގައި ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ.

މި މެޗުގައި ސިޓީއަށްވެސް ވަނީ ލަނޑު ޖަހާނެ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އެގޮތުން ސިޓީގެ ހަމަލާތަށް ދިފާއުކުރުމުގައި ސައުތެމްޓަންގެ ގޯލްކީޕަރު އަލެކްސް މެކާތީ ވަނީ މޮޅު ކުޅުމެއް ދައްކާއެވެ.

މި ނަތީޖާތަކާއެކު ލިވަޕޫލް އެއްވަނައިގައި އޮތީ 33 މެޗުން 89 ޕޮއިންޓާއެކުއެވެ. ސިޓީ ދެވަނައިގައި އޮތީ 33 މެޗުން 66 ޕޮއިންޓާއެކުއެވެ.

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް

06 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް
05 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ކޭންގެ ލަނޑުން ޓޮޓެންހަމް ސަލާމަތްވިއިރު، ލިވަޕޫލް ބަލިވެއްޖެ

05 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ކޭންގެ ލަނޑުން ޓޮޓެންހަމް ސަލާމަތްވިއިރު، ލިވަޕޫލް ބަލިވެއްޖެ
27 ޖެނުއަރީ 2017

ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ

27 ޖެނުއަރީ 2017
ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ
25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
23 ޖެނުއަރީ 2017

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު