Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގާޒީ ނަޖީބު އިސްތިއުފާ ދެއްވުން

މަޖިލީހަށް މައްސަލަ ފޮނުވުމުން ކްރިމިނަލް ކޯޓުގެ ގާޒީ ނަޖީބު ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވައިފި

6 ޖުލައި 2020 | ހޯމަ 07:31

ކުރީގެ ރައީސް ޔާމީނަށް ތާއީދު ހޯއްދެވުމަށް ބޭއްވި ޖަލްސާއެއްގައި ނަޖީބު ވާހަކަ ދައްކަވާފައިވޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 6 ޖުލައި 2020 | ހޯމަ 07:31
ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ނަޖީބު (ކ): އޭނާގެ މައްޗަށް ވަނީ ބޮޑެތި ތުހުމަތުތައް ކުރެވިފައި

ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ނަޖީބު (ކ): އޭނާގެ މައްޗަށް ވަނީ ބޮޑެތި ތުހުމަތުތައް ކުރެވިފައި

ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ނަޖީބު، ފަނޑިޔާރު ކަމުގެ މަގާމުން ވަކިކުރަން ނިންމައި، އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ން ނިންމުމާއެކު، ފަނޑިޔާރު ކަމުގެ މަގާމުން ނަޖީބު އިސްތިއުފާ ދެއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާގައި ނަޖީބު، ފަނޑިޔާރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވައި، ޖޭއެސްސީއަށް ހުށަހަޅާފައިވާކަން ވަނީ އިއުލާން ކޮށްފައެވެ. ނަމަވެސް މިމައްސަލާގައި ގިނަ މެމްބަރުން ވިދާޅުވެފައިވަނީ، ފަނޑިޔާރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވުމަކުން ތުހުމަތު ކުރެވޭ، ޖިނާއީ މައްސަލަތަކުން ބަރީއަ ނުވެވޭނެ ކަމަށެވެ. އެހެންކަމުން ތުހުމަތު ކުރެވޭ މައްސަލަތައް ބަލައި، ޖިނާއީ ކުށްތަކުގައި ޖިނާއީ ދައުވާ ކުރުމަށާއި، އަދި މިފަދަ މައްސަލައެއް ސާބިތުވެއްޖެ ނަމަ، ފަނޑިޔާރުންނަށް ޤާނޫނުން ލިބިދޭ އިނާޔާތްތައް ކަނޑާލުމަށް ބައެއް މެމްބަރުން ވިދާޅުވިއެވެ.

Advertisement - newsAdvertisement

ގާޒީ ނަޖީބު ފަނޑިޔާރު ކަމުގެ މަގާމުން ވަކިކުރުމުގެ ގޮތުން، ޖޭއެސްސީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ނަޖީބުގެ މައްޗަށް ތުހުމަތު ކުރެވިފައިވާ މައްސަލަތަކުގެ ތެރެއިން، 2017 ވަނަ އަހަރު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ގއ. އަތޮޅު ކައުންސިލްގެ ގއ. ވިލިނގިލި ދާއިރާއަށް ކުރިމަތިލި ކެނޑިޑޭޓަކަށް ތާއީދު ހޯދުމަށް ގާޒީ ހަސަން ނަޖީބު މަސައްކަތްކޮށްފައިވާ ކަމަށާއި، އަދި ކެންޑިޑޭޓް ނިސްބަތްވާ ސިޔާސީ ޕާޓީއަށް މީހަކު ސޮއިކުރުމުގައި ގާޒީ ހަސަން ނަޖީބު ބައިވެރިވިކަމާއި، އެ އިންތިޚާބުގައި އެ ދާއިރާއަށް ކުރިމަތިލި އަނެއް ކެންޑިޑޭޓްގެ ކެންޑިޑެސީ ބާތިލް ކުރުމަށް ގާޒީ ހަސަަން ނަޖީބު މަސައްކަތް ކުރެއްވި ކަމަށެވެ.

މީގެ އިތުރުން، 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި ރިޔާސީ ކެންޑިޑޭޓަކަށް ތާއީދު ހޯދުމުގެ ގޮތުން ބައްދަލުވުމެއް ބާއްވައި ގާޒީ ހަސަން ނަޖީބު ވާހަކަ ދައްކަވާފައިވާ ކަމަށާއި، އަދި ގއ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގައި ތަހުގީގީ އެއްވެސް އިދާރާއަކުން އެދިފައި ނުވަނީސް، ޖިނާއީ އަދުލުގެ ނިޒާމުގައި އެކަށައަޅާފައިވާ ޤާނޫނުތަކާއި ކަނޑައެޅިގެން ޚިލާފަށް، ދެ މީހަކު ހައްޔަރުކުރުމަށް ގާޒީ ހަސަން ނަޖީބު އަމިއްލައަށް ކޯޓު އަމުރު ނެރެފައިވާކަަން ސާބިތުވާ ކަމަށެވެ.

އެހެންކަމުން ގާޒީ ހަސަން ނަޖީބުގެ އެ އަމަލުތަކަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 142 ވަނަ މާއްދާއާއި، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) ގެ 5 ވަނަ ނަންބަރާއި 10 ވަނަ ނަންބަރާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 4.9، 7.1 އަދި 7.2 ވަނަ ނަންބަރާ ކަނޑައެޅިގެން ޚިލާފަށް ކޮށްފައިވާ އަމަލުތަކެއްކަމަށްވާތީ، ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ގާނޫނުގެ 1-32 ވަނަ މާއްދާގެ (ހ) ގެ 4 ވަނަ ނަންބަރުގެ ދަށުން ގާޒީ ހަސަން ނަޖީބު ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް އެކޮމިޝަނުން ނިންމާފައިވާ ކަމަށްވެސް ޖޭއެސްސީގެ މިބަޔާނުގައި ބުނެފައިވެއެވެ.

މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ޖޭއެސްސީން ވަނީ މާލީ ބަޔާންތަކުގައި ދޮގު މައުލޫމާތު ދީފައިވާ ކަމަށް ބުނެ، ގާޒީ ހަސަން ނަޖީބު، މުސާރަ ނުހިނގާ ގޮތަށް ސަސްޕެންޑުވެސް ކޮށްފައެވެ. މި މައްސަލާގައި، ޖޭއެސްސީން ބުނެފައިވަނީ، ގާޒީ ހަސަން ނަޖީބު ފަނޑިޔާރުކަމުގެ މަގާމުގައި ހުރެގެން ދައުލަތުގެ އިދާރާއަކަށް ދޮގު މައުލޫމާތު ދީފައިވާ މައްސަލަ ތަހުގީގުކުރުމަށް ފުލުހުންގެ އިދާރާއަށް ފޮނުވުމަށް ނިންމާފައިވާ ކަމަށެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ނަޖީބަކީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މެޖިސްޓްރޭޓަކަށް ހުންނަވަނިކޮށް، ކްރިމިނަލް ކޯޓުގެ ގާޒީކަމަށް އައްޔަން ކުރެއްވި ގާޒީއެކެވެ.

ހަސަން ނަޖީބަކީ ހައިކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނުގެ ގާތް ބޭފުޅެކެވެ. ހައިކޯޓުގެ އިސްފަނޑިޔާރު ކަމަށް ޝުޖާއު އައްޔަން ކުރެއްވީ ވެސް ރައީސް ޔާމީންގެ ވެރިކަމުގައެވެ. ނަޖީބާއި ޝުޖާއު އުސްމާނަކީ ރައީސް ޔާމީންގެ ކެމްޕެއިންގައާއި ޕީޕީއެމް ހަރަކާތްތަކުގައި ވެސް ބައިވެރިވެފައިވާ ކަމުގެ ތުހުމަތު ކުރެވޭ ދެ ފަނޑިޔާރުންނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް