Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިޓާލިއަން ލީގު

ބުފޮން ރިކޯޑު ހެދި މެޗުން ޔުވެންޓަސްއަށް ބޮޑު ލީޑެއް

ބުފޮން ވަނީ އިޓާލިއަން ލީގުގައި އެންމެ ގިނަ މެޗު ކުޅުމުގެ ރިކޯޑު މުގުރާލާފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 5 ޖުލައި 2020 | އާދީއްތަ 07:59
ޔުވެންޓަސް އާއި ޓޮރީނޯ ބައްދަލުކުރި މެޗުގެ ތެރެއިން: ބުފޮން ވަނީ އިޓާލިއަން ލީގުގައި އެންމެ ގިނަ މެޗު ކުޅުމުގެ ރިކޯޑު މުގުރާލާފައި

ޔުވެންޓަސް އާއި ޓޮރީނޯ ބައްދަލުކުރި މެޗުގެ ތެރެއިން: ބުފޮން ވަނީ އިޓާލިއަން ލީގުގައި އެންމެ ގިނަ މެޗު ކުޅުމުގެ ރިކޯޑު މުގުރާލާފައި

އިޓާލިއަން ލީގުގައި އެންމެ ގިނަ މެޗު ކުޅުމުގެ ރިކޯޑު ގޯލްކީޕަރު ޖިއަންލުއިޖީ ބުފޮން ގާއިމުކުރި މެޗުން މޮޅު، ޔުވެންޓަސްއިން އެއްވަނައިގައި ލީޑު ފުޅާކޮށްފިއެވެ.

ހޮނިހިރު ދުވަހުގެރޭ ޔުވެންޓަސް ވަނީ ޓޮރީނޯ އަތުން 4-1 ން މޮޅުވެފައެވެ.

ތާވަލުގެ އެއްވަނައިގައި ޔުވެންޓަސް ލީޑު ފުޅާކުރީ ދެވަނައިގައި އޮތް ލާޒިއޯ ހޮނިހިރު ދުވަހުގެރޭ އޭސީ މިލާން އަތުން ބަލިވުމުންނެވެ. ތާވަލުގެ އެއްވަނައިގައި ޔުވެންޓަސް އޮތީ ހަތް ޕޮއިންޓުގެ ލީޑަކާއެކުއެވެ، ޔުވެންޓަސްއަށް 30 މެޗުން 75 ޕޮއިންޓު ލިބިފައިވާއިރު، ދެވަނައިގައި އޮތް ލާޒިއޯއަށް ލިބިފައިވަނީ 30 މެޗުން 68 ޕޮއިންޓެވެ.

ޓޮރީނޯއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ޔުވެންޓަސް ކުޅުނު މެޗުގައި ބުފޮން ވަނީ އިޓާލިއަން ލީގުގައި އެންމެ ގިނަ މެޗު ކުޅުމުގެ ރިކޯޑު މުގުރާލާފައެވެ. ހޮނިހިރު ދުވަހުގެރޭގެ މެޗަކީ ލީގުގައި ބުފޮން ކުޅުނު 648 މެޗެވެ. ބުފޮންގެ ކުރިން މި ރިކޯޑު އޮތީ 647 މެޗު ކުޅެފައިވާ މިލާނުގެ ކުރީގެ ކެޕްޓަން ޕައޮލޯ މަލްޑިނީގެ އަތުގައެވެ.

މި މެޗު ފަށައިގެން ތިންވަނަ މިނެޓުގައި ޔުވެންޓަސްއިން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ހުއާން ކުއަޑްރާޑޯގެ އެހީތެރިކަމާއިއެކު ޕައުލޯ ޑިބާލާއެވެ. އަދި މެޗުގެ 29 ވަނަ މިނެޓުގައި ޔުވެންޓަސްއިން ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިތުބާރު ފޯވާޑް ރޮނާލްޑޯގެ އެހީތެރިކަމާއިއެކު ކުއަޑްރާޑޯއެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ޓޮރީނޯއިން ވަނީ ފަރަގު ކުޑަކޮށްފައެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެންޑިރިއާ ބެލޯޓީއެވެ.

ޔުވެންޓަސްގެ ތިންވަނަ ލަނޑު މެޗުގެ 61 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ލިބުނު ހިލޭ ޖެހުމަކުން ރޮނާލްޑޯއެވެ. މިއީ ޔުވެންޓަސްއަށް ބަދަލުވެ ރޮނާލްޑޯ ކާމިޔާބުކުރި ފުރަތަމަ ހިލޭ ޖެހުމެވެ. އަދި މި ލަނޑާއެކު ރޮނާލްޑޯ ވެގެން ގޮސްފައިވަނީ 1961 އަހަރުގެ ފަހުން ޔުވެންޓަސްގެ ކުޅުންތެރިއަކު އިޓާލިއަން ލީގުގައި 25 ލަނޑަށްވުރެ އިތުރަށް ލަނޑު ކާމިޔާބުކޮށްދިން ކުޅުންތެރިޔާއަށެވެ.

ޔުވެންޓަސްއިން މި މެޗުގައި ކާމިޔާބުކުރި ފަހު ލަނޑަކީ ޓޮރީނޯ ކުޅުންތެރިން އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މީގެ އިތުރުން ލީގުގައި ހޮނިހިރު ދުވަހުގެރޭ މިލާން އަތުން ލާޒިއޯ ބަލިވީ 3-0 ންނެވެ.

ލާޒިއޯގެ ދަނޑުގައި ކުޅުނު މި މެޗުގެ 23 ވަނަ މިނެޓުގައި މިލާނުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ހަކާން ޗަނައޮގްލޫއެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން ލިބުނު ޕެނަލްޓީއަކުން ޒަލަޓާން އިބްރަހިމޮވިޗް ވަނީ މިލާނަށް ލީޑު ފުޅާކޮށްދީފައެވެ.

މި މެޗުގައި މިލާނުން ކާމިޔާބުކުރި ތިންވަނަ ލަނޑު މެޗުގެ 59 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަންޓެ ރެބިޗެވެ.

މި މޮޅާއެކު މިލާން އޮތީ 30 މެޗުން 46 ޕޮއިންޓް ހޯދައިގެން ތާވަލުގެ ހަވަނައިގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ތިން މެޗުން ވެސް ބަލިވެ ރާއްޖެ ވޮލީ މުބާރާތާ އަލްވަދާއު ކިޔައިފި

ތިން މެޗުން ވެސް ބަލިވެ ރާއްޖެ ވޮލީ މުބާރާތާ އަލްވަދާއު ކިޔައިފި

26 މާރިޗު 2017
ފުރަތަމަ މެޗުން ބަލިވުމަކީ ޓާގެޓަށް ދިއުމަށް އޮތް ހުރަހެއް ނޫން: ޝަރަފް

ފުރަތަމަ މެޗުން ބަލިވުމަކީ ޓާގެޓަށް ދިއުމަށް އޮތް ހުރަހެއް ނޫން: ޝަރަފް

22 މާރިޗު 2017
އިޓާލިއަން ކަޕް ސެމީގެ ފުރަތަމަ ލެގް ޔުވެންޓަސްއަށް

އިޓާލިއަން ކަޕް ސެމީގެ ފުރަތަމަ ލެގް ޔުވެންޓަސްއަށް

01 މާރިޗު 2017
މަދުވެގެން އެއް މެޗުން މޮޅުވާން ބޭނުން: އަބުޅޯ

މަދުވެގެން އެއް މެޗުން މޮޅުވާން ބޭނުން: އަބުޅޯ

27 ފެބުރުއަރީ 2017
 މޯހަން ބަގާން ގެންގުޅޭ އުކުޅު އެނގޭ، މެޗުން މޮޅުވެވޭނެ: ފެސްކޯ

މޯހަން ބަގާން ގެންގުޅޭ އުކުޅު އެނގޭ، މެޗުން މޮޅުވެވޭނެ: ފެސްކޯ

20 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

1 މެއި
ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ
20251 އަހަރު ކުރިން
ރާއްޖެ

ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް
20242 އަހަރު ކުރިން
ރިޕޯޓު

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"
20233 އަހަރު ކުރިން
ރިޕޯޓު

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި
20224 އަހަރު ކުރިން
ރާއްޖެ

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟
20215 އަހަރު ކުރިން
ފިލްމާއި މިޔުޒިކް

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު
20197 އަހަރު ކުރިން
ރިޕޯޓު

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!
20188 އަހަރު ކުރިން
ރާއްޖެ

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު