Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިނގިރޭސި ޕްރިމިއާ ލީގު

ސިޓީ އަތުން ޗެމްޕިއަން ލިވަޕޫލް ބޮޑު ތަފާތަކުން ބަލިވެއްޖެ

ސިޓީ އަތުން ލިވަޕޫލް ބަލިވީ 4-0 ން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 3 ޖުލައި 2020 | ހުކުރު 08:18
ސިޓީ އާއި ލިވަޕޫލް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ސިޓީ މޮޅުވީ 4-0 ން

ސިޓީ އާއި ލިވަޕޫލް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ސިޓީ މޮޅުވީ 4-0 ން

މެންޗެސްޓާ ސިޓީ އަތުން އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން މިދިޔަ ހަފުތާގައި ކަށަވަރުކުރި ލިވަޕޫލް ބޮޑު ތަފާތަކުން ބަލިވެއްޖެއެވެ.

ޗެމްޕިއަންކަން ކަށަވަރުކުރުމަށްފަހު ކުޅުނު ފުރަތަމަ މެޗުން ލިވަޕޫލް ބަލިވީ 4-0 ގެ ނަތީޖާއަކުންނެވެ.

ހބުރާސްފަތި ދުވަހުގެރޭ ސިޓީގެ ދަނޑުގައި ކުޅުނު މި މެޗު ފެށުމުގެ ކުރިން އެޓީމުން ވަނީ، ލިވަޕޫލަށް ޗެމްޕިއަންކަން ހޯދުމުގެ ޝަރަފުގައި ގާޑް އޮފް އޮނާއެއް ދީފައެވެ.

މި މެޗުގެ ކުރީކޮޅު ލިވަޕޫލުން ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް، ފަހުން ލިވަޕޫލްގެ ފަރާތުން ފެނިގެންދިޔައީ އާދައިގެ ކުޅުމެކެވެ.

މެޗުގައި ސިޓީން ލީޑު ނެގީ 25 މަނަ މިނެޓުގައި ކެވިން ޑި ބްރޭނާ ކާމިޔާބުކުރި ޕެނަލްޓީންނެވެ. މިއީ ސިޓީގެ ރަހީމް ސްޓާލިންއަށް ލިވަޕޫލްގެ ޖޯ ގޯމޭޒް ކުރި ފައުލަކަށް ދިން ޕެނަލްޓީއެކެވެ. އަދި އޭގެ 10 މިނެޓު ފަހުން ސިޓީން ވަނީ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ސްޓާލިންއެވެ.

އަދި ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ސިޓީގެ ތިންވަނަ ލަނޑު ޖެހީ ފިލް ފޯޑެންއެވެ. ސިޓީގެ ހަތަރުވަނަ ލަނޑަކީ މެޗުގެ 66 ވަނަ މިނެޓުގައި ލިވަޕޫލުގެ އެލެކްސް އޮކްސްލޭޑް-ޗެމްބަލައިން އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މެޗުގެ އިތުރު ވަގުތުގައި ރިޔާދު މާރޭޒް އިތުރު ލަނޑެއް ކާމިޔާބުކުރި ނަމަވެސް، ކުރިން ކުރި ފައުލަކާ ގުޅިގެން ވީޑީއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) ން ވަނީ އެ ލަނޑު ބާތިލުކޮށްފައެވެ.

މި ނަތީޖާއާއެކު ލިވަޕޫލް އެއްވަނައިގައި އޮތީ 32 މެޗުން 86 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ސިޓީއަށް 32 މެޗުން ވަނީ 66 ޕޮއިންޓު ލިބިފައެވެ.

މީގެ އިތުރުން ލީގުގައި ބުރާސްފަތި ދުވަހުގެރޭ ޓޮޓެންހަމް ހޮޓްސްޕާ ވަނީ ޝެފީލް ޔުނައިޓެޑް އަތުން 3-1 ން ބަލިވެފައެވެ.

ޝެފީލްޑްގެ ދަނޑުގައި ކުޅުނު މި މެޗުގައި އެޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ 31 ވަނަ މިނެޓުގައި އެޓީމުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ސަންޑާ ބާޖެވެ. އޭގެ ދެ މިނެޓު ފަހުން ހެރީ ކޭން ޓޮޓެންހަމަށް ނަތީޖާ އެއްވަރުކޮށްދިން ނަމަވެސް، ވީއޭއާރުން ވަނީ އެ ލަނޑި ބާތިލުކޮށްފައެވެ.

ދެވަނަ ހާފުގައިވެސް ޝެފީލްޑުން މޮޅު ކުޅުމެއް ދެއްކިއިރު، 69 ވަނަ މިނެޓުގައި ލީސް މޫސެޓް ވަނީ އެޓީމަށް ލީޑު ފުޅާކޮށްދީފައެވެ. އަދި 84 ވަނަ މިނެޓުގައި ޝެފީލްޑުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ އިލިވިއޭ މެކްބާނީއެވެ. މި މެޗުގައި ޓޮޓެންހަމުން ކާމިޔާބުކުރި ހަމައެކަނި ލަނޑު 90 ވަނަ މިނެޓުގައި ޖަހައިދިނީ ހެރީ ކޭންއެވެ.

މި ނަތީޖާއާއެކު ޓޮޓެންހަމް އޮތީ ތާވަލުގެ ނުވަވަނައިގައި 32 މެޗުން 45 ޕޮއިންޓާއެކުއެވެ. ޓޮޓެންހަމް އަތުން މޮޅުވި ޝެފީލްޑް އޮތީ ތާވަލުގެ ހަތްވަނައިގައި 32 މެޗުން 47 ޕޮއިންޓާއެކުއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ

ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ

20 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް

ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް

18 ޖެނުއަރީ 2017
ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
އިންސްޓަގްރާމްގައި ކުރި ޕޯސްޓަކުން ސިޓީގެ ސަގްނާ ޖޫރިމައިނާކޮށްފި

އިންސްޓަގްރާމްގައި ކުރި ޕޯސްޓަކުން ސިޓީގެ ސަގްނާ ޖޫރިމައިނާކޮށްފި

18 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

29 މެއި
ކަމަދޫ އީދު އުފާ 1446 ގެ ރަސްމީ ލަވަ ރިލީސްކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ކަމަދޫ އީދު އުފާ 1446 ގެ ރަސްމީ ލަވަ ރިލީސްކޮށްފި

ހާފިޒް: ޓައީ ޑިޒައިން ކުރެއްވުމުގެ މާހިރެއް، ވެލެންސިއާ އާއި ބާސްކެޓްގެ ލެޖެންޑެއް
20242 އަހަރު ކުރިން
މީހުން

ހާފިޒް: ޓައީ ޑިޒައިން ކުރެއްވުމުގެ މާހިރެއް، ވެލެންސިއާ އާއި ބާސްކެޓްގެ ލެޖެންޑެއް

ޗުއްޓީއަށް ވެސް ދަރައި ވިކިގެން!
20233 އަހަރު ކުރިން
ރިޕޯޓު

ޗުއްޓީއަށް ވެސް ދަރައި ވިކިގެން!

ފުލުހުންގެ ތާރީޚުގައި ވަރަށް ގިނަ ކަންކަން ފުރަތަމަ ކުރެއްވި އަންހެން ފުލުސް
20224 އަހަރު ކުރިން
މީހުން

ފުލުހުންގެ ތާރީޚުގައި ވަރަށް ގިނަ ކަންކަން ފުރަތަމަ ކުރެއްވި އަންހެން ފުލުސް

ލައްކައެއްހާ ރުފިޔާއަށް އެދުމުންވެސް ރައީސް ޔާމީން ނުދެއްވި - ޑރ ޝައިނީ
20215 އަހަރު ކުރިން
ރާއްޖެ

ލައްކައެއްހާ ރުފިޔާއަށް އެދުމުންވެސް ރައީސް ޔާމީން ނުދެއްވި - ޑރ ޝައިނީ

ރައުދާގެ މަރުގެ ފައިނަލް ރިޕޯރޓް: އަހަރެން މަރާލީ ކަލޭ!
20197 އަހަރު ކުރިން
ރިޕޯޓު

ރައުދާގެ މަރުގެ ފައިނަލް ރިޕޯރޓް: އަހަރެން މަރާލީ ކަލޭ!

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު ކުނިއުކުމުގެ މަސައްކަތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު ކުނިއުކުމުގެ މަސައްކަތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު