Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެފްއޭއެމްގެ އިންތިޚާބު

އެފްއޭއެމްގެ މައްސަލަ މަޖިލީހަށް ބެލޭނެ ކަމަށް ގަބޫލެއް ނުކުރަން: ބައްސާމް

2 ޖުލައި 2020 | ބުރާސްފަތި 17:31

ތިންވަނަ ފަރާތެއް އެފްއޭއެމްގެ ހިންގުމުގެ ތެރެއަށް ނުވަދެވޭނެކަން ފީފާގެ ގަވާއިދުގައި ބަޔާންކޮށްފައިވޭ

ހުސައިން ފަރިޔާޒް
ހުސައިން ފަރިޔާޒް | 2 ޖުލައި 2020 | ބުރާސްފަތި 17:31
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް: މަޖިލީހަށް އެފްއޭއެމްގެ މައްސަލަ ނުބެލޭނެ ކަމަށް ވިދާޅުވި

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް: މަޖިލީހަށް އެފްއޭއެމްގެ މައްސަލަ ނުބެލޭނެ ކަމަށް ވިދާޅުވި

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ބެލޭނެ ކަމަށް ގަބޫލުނުކުރާ ކަމަށާއި، އެ އިދާރާގެ އެއްވެސް ކަމެއް ސީދާ ބެލޭނީ ސްޕޯޓްސް ކޮމިޝަނަށް ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.

އެފްއޭއެމްގެ ރައީސް ކަމަށް ދެވަނަ ދައުރަކަށް އިންތިޚާބުވުމަށްފަހު މީޑިއާ ބައްދަލުކޮށް ރާއްޖެޓީވީން ކުރި ސުވާލަކަށް ޖަވާބު ދެއްވަން ބައްސާމް ވިދާޅުވީ ކޮންމެ ގައުމެއްވެސް މި އޮންނަނީ އެކި މުއާހަދާތަކުގައި ސޮއިކޮށްފައި ކަމަށާއި، ރާއްޖެވެސް ޔޫއެން އަދި ބައިނަލްއަގުވާމީ އެތައް މުއާހަދާއެއްގައި ސޮއިކޮށްފައިވާ ކަމަށެވެ. ރާއްޖެއިން ސޮއިކޮށްފައިވާ ފީފާގެ މުއާހަދާގައި ވަރަށް ސާފުކޮށް އެފްއޭއެމްގެ ހިންގުމާ ބެހޭ ގޮތުން ބަޔާން ކޮށްފައިވާއިރު، ތިންވަނަ ފަރާތެއް އެފްއޭއެމްގެ ހިންގުމުގެ ތެރެއަށް ނުވަދެވޭނެކަން ބަޔާންކޮށްފައިވާ ކަމަށާއި، ބުރާސްފަތި ދުވަހުގެ އިންތިޚާބު ބޭއްވިގެން ދިޔައީވެސް ފީފާގެ ރުހުން ލިބުމުން ކަމަށް ބައްސާމް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމު، ފާތިމަތު ނިޔުޝާ ސޮއިކުރައްވައި ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފަށް ބުރާސްފަތި ދުވަހު ފޮނުއްވި ސިޓީގައި ބުނެފައިވަނީ ކުޅިވަރުގެ ޤާނޫނާ އެއްގޮތަށް ކުޅިވަރާ ބެހޭ ވުޒާރާއިން އެފްއޭއެމްއާ ދޭތެރޭ ފިޔަވަޅު އަޅާފައިނުވާތީވެ، އެސޯސިއޭޝަނާ މެދު ޤާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅުއްވައި ދެއްވުމަށް އެދި، މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައެއް އިޖުތިމާޢީ ކޮމިޓީން ދިރާސާކުރަމުން އަންނަ ކަމަށެވެ. އެހެންވެ އެ މައްސަލަ އެ ކޮމިޓީން ދިރާސާކޮށް ނިމެންދެން، އެ އެސޯސިއޭޝަނުގެ އިންތިޚާބު ފަސްކޮށްދިނުމަށް އެ ކޮމިޓީން އެދިވަޑައިގަންނަވާތީ، އެ ވާހަކަ ދަންނަވާ ކަމަށެވެ.

މަޖިލީހުގެ އަމީން އާންމުގެ ސިޓީއާ ގުޅިގެން ވުޒާރާއިން ބުރާސްފަތި ދުވަހުގެ މެންދުރު އެފްއޭއެމަށް ފޮނުވި ސިޓީގައި ބުނެފައިވަނީ، ކޮމިޓީން އެދިފައިވާ ގޮތަށް އެ މައްސަލަ ދިރާސާކޮށް ނިމެންދެން، އިންތިޚާބު ފަސްކުރަން އެދޭ ކަމަށެވެ.

މިކަމާއި ގުޅިގެން ބައްސާމް ވިދާޅުވީ އިންތިޚާބު ފަސްކުރުމަށް އެދި ވުޒާރާގެ ސިޓީއެއް ލިބުނު ކަމަށާއި، އަދި ސީދާ ވަޒީރު ފޯނުން ގުޅައި އިންތިޚާބު މަޑުޖައްސާލުމަށް އެދުނު ކަމަށެވެ.

ސްޕޯޓްސް ކޮމިޝަނަރު މެދުވެރިކޮށް އެފްއޭއެމްގެ ކަންކަން ބެލޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށާއި، މަޖިލީހުން ބަލަމުންދާ މައްސަލައަށް އެ އިދާރާއަށް ފީފާގެ އުސޫލުތަކާއި ގަވާއިދުތަކަށް ބަލާއިރު ދާންނުޖެހޭ ކަމަށް ބައްސާމް ވިދާޅުވިއެވެ. އެހެން ނަމަވެސް ގަދަ ބަޔަކަށްވެ، ގަދަ ބަސް ބުނެ ނުދާން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި، އެފްއޭއެމް އޮތީ ދާންޖެހޭ ކޮންމެތާކަށް ދާން ތައްޔާރަށްކަން ހާމަކުރަމުން ބައްސާމް ވިދާޅުވީ އެފްއޭއެމްއާ ގުޅޭގޮތުން ކޮންމެ ކަމެއްވެސް ސާފުކޮށްދިނުމަށް ތައްޔާރު ކަމަށެވެ.

އެފްއޭއެމްގެ ކޮންގްރެސް ކުރިއަށްދިޔައިރު ސްޕޯޓްސް ކޮމިޝަނުގެ އޮބްޒާވަރުން ތިބީ އޮންލައިންކޮށް ކަމަށާއި، ހަމަ އެގޮތަށް އޮލިމްޕިކް ކޮމިޓީ އާއި ފީފާއިން ދިޔައީ ކޮންގްރެސް ބަލަމުން ކަމަށް ބައްސާމް ވިދާޅުވިއެވެ.

ސިޔާސީ ނުފޫޒުން އެފްއޭއެމް އެއްކިބާ ކުރުމަށް މިއަދުވެސް ހުރިހާ ފަރާތްތަކަށް ގޮވާލާއިރު، އެއްވެސް މައްސަލައެއް ބަލާނަމަ ސްޕޯޓްސް ކޮމިޝަން މެދުވެރިކޮށް އެކަކުރަން އެފްއޭއެމުން އަބަދުވެސް މަރުޙަބާ ކިޔާނެ ކަމަށާއި، ކޮންމެ ވަގުތެއްގައި ވެސް ސްޕޯޓްސް ކޮމިޝަނަރަށް އެފްއޭއެމް ހުންނާނީ ހުޅުވިފައި ކަމަށް ބައްސާމް ވިދާޅުވިއެވެ.

އެފްއޭއެމްގެ އިންތިޚާބު ބޭއްވީ ސަރުކާރަށް ގޮންޖަހާފައި ގަވާއިދާ ޚިލާފަށް އާޒިމް ވަނީ ބުރާސްފަތި ދުވަހު ވިދާޅުވެފައެވެ. އެފްއޭއެމްގެ އިންތިޚާބާ ގުޅިގެން އާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރަށް ގޮންޖަހާފައި އެފްއޭއެމްގެ އިންތިޚާބު ބޭއްވީ ޤާނޫނާއި ޤާނޫނުން ބާރު ލިބިގެން ހަދާފައިވާ ގަވާއިދާ ޚިލާފަށް ކަމަށެވެ. އެހެންކަމުން އެފްއޭއެމްގެ އިންތިޚާބަކީ ބާތިލު އިންތިޚާބެއްކަން ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ވިދާޅުވާން ޖެހޭ ކަމަށާއި، ރައްޔިތުން ބޭނުންވަނީ ޤާނޫނީ ދައުލަތެއް މިގައުމުގައި ހިނގަން ކަމަށް އާޒިމް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

23 އެޕްރީލު 2017

އޮލިމްޕިކް ކޮމިޓީގެ އިންތިހާބުގައި އެފްއޭއެމްގެ އެންޑޯސްމަންޓް ޝަވީދަށް

23 އެޕްރީލު 2017
އޮލިމްޕިކް ކޮމިޓީގެ އިންތިހާބުގައި އެފްއޭއެމްގެ އެންޑޯސްމަންޓް ޝަވީދަށް
09 އެޕްރީލު 2017

އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރުކަން ދެ އަހަރު ދުވަހަށް ވަންލީއާ ހަވާލުކޮށްފި

09 އެޕްރީލު 2017
އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރުކަން ދެ އަހަރު ދުވަހަށް ވަންލީއާ ހަވާލުކޮށްފި
04 އެޕްރީލު 2017

ސަންޑަލޭންޑްގެ ކޯޗު އަންހެން ރިޕޯޓަރަކަށް އިންޒާރުދިން މައްސަލަ ބަލަނީ!

04 އެޕްރީލު 2017
ސަންޑަލޭންޑްގެ ކޯޗު އަންހެން ރިޕޯޓަރަކަށް އިންޒާރުދިން މައްސަލަ ބަލަނީ!
03 އެޕްރީލު 2017

އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރަށް ތުރުކީގެ ޖޭން ވަންލީ ހަމަޖައްސައިފި

03 އެޕްރީލު 2017
އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރަށް ތުރުކީގެ ޖޭން ވަންލީ ހަމަޖައްސައިފި
13 މާރިޗު 2017

ޗެލްސީއާ ދެކޮޅަށް ނުކުންނަ އިރު ޔުނައިޓެޑަށް ސްޓްރައިކަރުންގެ މައްސަލަ

13 މާރިޗު 2017
ޗެލްސީއާ ދެކޮޅަށް ނުކުންނަ އިރު ޔުނައިޓެޑަށް ސްޓްރައިކަރުންގެ މައްސަލަ
25 ފެބުރުއަރީ 2017

އެފްއޭއެމްގެ ނައިބްރައީސްކަން ރަސްމީކޮށް ޝަކީބަށް ހަވާލުކޮށްފި

25 ފެބުރުއަރީ 2017
އެފްއޭއެމްގެ ނައިބްރައީސްކަން ރަސްމީކޮށް ޝަކީބަށް ހަވާލުކޮށްފި
13 ފެބުރުއަރީ 2017

އެފްއޭއެމްގެ ހަރަކާތްތަކުގައި އެހީތެރިވުމަށް ފުލުހުންނާއެކު އެއްބަސްވުމަކަށް

13 ފެބުރުއަރީ 2017
އެފްއޭއެމްގެ ހަރަކާތްތަކުގައި އެހީތެރިވުމަށް ފުލުހުންނާއެކު އެއްބަސްވުމަކަށް
07 ފެބުރުއަރީ 2017

ރަނގަޅަށް ނުކުޅެވުނީ މޫސުމުގެ މައްސަލަ ދިމާވުމުން: ތިމްޕޫގެ ކޯޗު

07 ފެބުރުއަރީ 2017
ރަނގަޅަށް ނުކުޅެވުނީ މޫސުމުގެ މައްސަލަ ދިމާވުމުން: ތިމްޕޫގެ ކޯޗު
07 ޖެނުއަރީ 2017

އެފްއޭއެމްގެ ނައިބު ރައީސް އިސްތިއުފާ ދެއްވައިފި

07 ޖެނުއަރީ 2017
އެފްއޭއެމްގެ ނައިބު ރައީސް އިސްތިއުފާ ދެއްވައިފި
06 ޖެނުއަރީ 2017

އެފްއޭއެމްގެ ނައިބު ރައީސް ކަމަށް ޑޮކް ހަމަޖައްސައިފި

06 ޖެނުއަރީ 2017
އެފްއޭއެމްގެ ނައިބު ރައީސް ކަމަށް ޑޮކް ހަމަޖައްސައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް