Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމިނިވަން މުއައްސަސާތައް

ސަރުކާރު ބަދަލުވާ ކޮންމެ ފަހަރަކު މިނިވަން މުއައްސަސާތަކުގައި ތިބޭ ފަރާތްތައް ބަދަލުވާން ނުޖެހޭ: އަސްލަމް

މިނިވަން މުއައްސަސާތަކުގައި ތިބޭ ފަރާތްތައް ބަދަލުވުމަކީ ސިޔަސީ ނުފޫޒު މުއައްސަސާތަކަށް ފޯރާފައި އޮންނަ މިންވަރު ދޭހަވެގެންދާ ކަމެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 30 ޖޫން 2020 | އަންގާރަ 03:01
އެމްޑީޕީގެ ބައްދަލުވުމެއްގެ ތެރޭގައި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވާހަކަ ދައްކަވަނީ

އެމްޑީޕީގެ ބައްދަލުވުމެއްގެ ތެރޭގައި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވާހަކަ ދައްކަވަނީ

މިނިވަން މުއައްސަސާތަކުގެ މަސައްކަތް ރަނގަޅަށް ދާނަމަ ސަރުކާރު ބަދަލުވާ ކޮންމެ ފަހަރަކު އެ މުއައްސަސާތައް ހިންގަން ތިބޭ ފަރާތްތައް ބަދަލުވާން ނުޖެހޭ ކަމަށް ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ފުލުހުންގެ މުއައްސަސާގެ މަސައްކަތްތަކާއި އެހެނިހެން މިނިވަން މުއައްސަސާތަކަށް އަލިއަޅުއްވާލައްވަމުން އަސްލަމް ވިދާޅުވީ ސަރުކާރު ބަދަލުވާއިރަށް މިނިވަން މުއައްސަސާތަކުގައި ތިބޭ ފަރާތްތައް ބަދަލުވުމަކީ އޭނާ ގަބޫލުކުރައްވާ ގޮތުގައި ސިޔާސީ ނުފޫޒު މުއައްސަސާތަކަށް ފޯރާފައި އޮތް މިންވަރު ދޭހަވެގެންދާ ކަމެއް ކަމަށެވެ.

އަދި ސިޔާސީ ނުފޫޒު ފޯރުވޭ ގޮތަށް ފުލުހުންގެ މުއައްސަސާގެ އިސް ސަފުތައް ބައްޓަން ކުރެވޭ ގޮތަށް ކުރީގެ ސަރުކާރުތަކުން މަސައްކަތް ކޮށްފައި އޮތްކަމުގައި ވާނަމަ ނުވަތަ އެމްއެންޑީއެފްގެ ތެރޭގައި ވެސް އަދި ކުންފުނިތަކުގައި ވެސް އެކަން އެގޮތަށް އޮތުން ގަބޫލު ނުކުރައްވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ކޮންމެ މުއައްސަސާއަކަށް ވެސް ގާނޫނީ ގޮތުން ހަވާލުވެފައި އޮންނަ މަސްއޫލިއްޔަތު ރަނގަޅަށް އަދާ ކުރެވޭނަމަ އަދި މިނިވަންކަމާއި މުސްތަގިއްލުކަން އޭގެ ޒާތުގައި ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުން މުހިންމު ކަމަށާއި، އެ މިނިވަންކަމުގެ ތެރެއަށް ރައްޔިތުންގެ މަޖިލިސް އަދި ސަރުކާރުން ވެސް ވަންނަން ނުޖެހޭ ކަމަށެވެ.

މީގެ އިތުރުން ފުލުހުންގެ މަސައްކަތުގެ ތެރެއަށް ވެސް ކޮންމެ ދުވަހަކު ރައްޔިތުންގެ މަޖިލީހުން ވަންނަން ނުޖެހޭ ކަމަށާއި، ކޮމިޝަނަރ ވިޔަސް އަދި ޑެޕިއުޓީ ކޮމިޝަނަރ އަށް ވިޔަސް ނުވަތަ ފުލުހުންނަށް ވެސް ވަކި ގޮތަކަށް އަމުރުކޮށްގެން ކަންކަން ކުރާ ކަމުގައި ވަނީނަމަ ގެންނަން ޖެހޭ ބަދަލުތަކެއް ވެސް އަންނާނެ ކަމަށެވެ.

މީގެ އިތުރުން ކަންކަން ރަނގަޅަށް ތަރުތީބުން ދާނަމަ ސަރުކާރު ބަދަލުވާ ކޮންމެ ފަހަރަކު ސިވިލް ސަރވިސްގައި ތިބޭ އެކި ފަރާތްތައް ބަދަލުވާން ނުޖެހޭ ކަމަށް އަސްލަމް ވިދާޅުވި ވާހަކަ ވަނީ ތަކުރާރު ކުރައްވާފައެވެ.

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

14 ޖެނުއަރީ 2017
މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
13 ޖެނުއަރީ 2017

މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ

13 ޖެނުއަރީ 2017
 މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު